ނީލަންކިޔުން
ތާރީހް: 09-10-2018
ނީލަންކިޔުން | |
މިކޯޓުގައި ބޭނުންކޮށްފައިހުރި ބައެއް ބައު ތަކެތި (ނީލަންކިޔާ މުދާ ބެއްލެވުމަށް) ނީލަންކިޔުން 19 އޮކްޓޯބަރު 2018 ވާ ހުކުރު ދުވަހުގެ 16:00 ގައި މިކޯޓުގައި އޮންނާނެއެވެ. ވީމާ، މިތަކެތި ނީލަމުން ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކަށް މީނީލަަމުގައި ބައިވެރިވުުމުގެ ދަޢުވަތު އަރުވަމެވެ. ނީލަމުންމުދާ ނަންގަވާ ފަރާތްތަކުން ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ ތަކެއްޗަށް ފައިސާ ދެއްކެވުމަށްފަހު ގެންދަންވާނެއެވެ.
|
މި ކޯޓުގައި ކުރިން ހުރި ލަކުޑި ދޮރުސެޓްގެ ދޮރާއި ދޮރުފަތްތައް އަދި ފެންލައިޓް ފަޅިތައް ނީލަންކިޔުމާބެހޭ
ތާރީހް: 15-01-2019
މިކޯޓްގައި ބޭނުންކޮށްފައިވާ ތިރީގައި މިދަންނަވާތަކެތި 24 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ނީލަންކިޔުން ފެލިދޫ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާނު ކުރީމެވެ.
# | ނީލަންކިޔާ މުދާ | ނީލަން ފަށާއަގު | މަދުވެގެން ފަހަރަކު އިތުރުކުރެވޭނޭ ވަރު |
1 | 1 ބޮޑުދޮރު ސެޓު (ލަކުޑި) | 100.00 ރުފިޔާ | 10.00 ރުފިޔާ |
2 | 2 ފަޅިބޮޑު ދޮރުފަތް (ލަކުޑި) | 150.00 ރުފިޔާ | 10.00 ރުފިޔާ |
3 | 6 ފަޅި ފެންލައިޓް ދޮރުފަތް | 150.00 ރުފިޔާ | 10.00 ރުފިޔާ |
ނީލަން ކިއުމަށް ހަމަޖެހިފައިވަނީ ނީލަމުގައި ބައިވެރިވުމަށް ޙާޟިރުވާ މަދުވެގެން 3 މީހުންގެ ޙާޟިރުގައެވެ. ނީލަމުން ތަކެތި ނަގާފަރާތްތަކުން ރަސްމީ 3 ދުވަހުގެ ތެރޭގައި ނީލަމުން ނެގި ތަކެއްޗަށް ފައިސާ ދެއްކުމަށް ފަހު ތަކެތި ގެންދަންވާނެއެވެ.
ހޮވައިގެން ފައިސާ
ތާރީހް: 19-02-2019
މަގުމަތިން ހޮވައިގެން ގެނެސްފައިވާ ވެރިފަރާތެއް ނޭންގޭ ފައިސާގެ މިންވަރެއް މިކޯޓްގެ ބެލުމުގެ ދަށުގައި އެބަ ހުއްޓެވެ.
މިފައިސާގެ ވެރިފަރާތެއްވާނަމަ 07 ދުވަހުގެ ތެރޭގައި މިކޯޓަށް ވަޑައިގެން ފައިސާއާއިބެހޭ މަޢުލޫމާތާއި، ފައިސާގެ އަދަދާއި ބެހޭ އެންމެހާ މަޢުލޫމާތު ޙިއްޞާ ކުރެއްވުމަށް ދަންނަވެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
09 ޖުމާދަލްއާޚިރާ 1440
14 ފެބުރުއަރީ 2019
ނީލަން
ތާރީހް: 17-03-2019
ތިރީގައި މިދަންނަވާ ތަކެއްޗަކީ ބާވެ ހަލާކުވެގެން ނީލަމުގައި ވިއްކުމަށް ހަމަޖެހިފައިވާ ތަކެއްޗެވެ. މިތަކެތި ނީލަމުގައި ވިއްކުމަށް ހަމަޖެހިފައިވަނީ 23 މާރޗް 2019 ވާ ހޮނިހިރު ދުވަހުގެ 14:15 ގައި މިކޯޓްގައެވެ.
# | ނީލަން ކިޔާ މުދާ | ނީލަން ނަމްބަރު | ނީލަން ފެށޭ އަގު | މަދުވެގެން ފަހަރަކު އިތުރުކުރެވޭނެ އަގު |
1 | 4 ލޯބެކް ޗެއަރ | ނަމްބަރު 1 | -/60ރ | -/10ރ |
2 | 1 ހައިބެކް ޗެއަރ | ނަމްބަރު 2 | -/30ރ | -/10ރ |
3 | 10 ޕްލާސްޓިކް ގޮޑި | ނަމްބަރު 3 | -/200ރ | -/50ރ |
4 | 10 ޕްލާސްޓިކް ގޮޑި | ނަމްބަރު 4 | -/200ރ | -/50ރ |
5 | 9 ޕްލާސްޓިކް ގޮޑި | ނަމްބަރު 5 | -/180ރ | -/50ރ |
6 | 1 އޮފީސް މޭޒް (ވަތްބަރި ލީ) | ނަމްބަރު 6 | -/250ރ | -/50ރ |
7 | 06 އެލްމިނިއަމް ކުޑަދޮރުގެ ދޮރުފަތް (ބިއްލޫރިއާއެކު) | ނަމްބަރު 7 | -/300ރ | -/50ރ |
8 | 06 އެލްމިނިއަމް ކުޑަދޮރުގެ ދޮރުފަތް (ބިއްލޫރިއާއެކު) | ނަމްބަރު 8 | -/300ރ | -/50ރ |
9 | 05 އެލްމިނިއަމް ކުޑަދޮރުގެ ދޮރުފަތް (ބިއްލޫރިއާއެކު) | ނަމްބަރު 9 | -/250ރ | -/50ރ |
10 | 05 އެލްމިނިއަމް ކުޑަދޮރުގެ ދޮރުފަތް (ބިއްލޫރިއާއެކު) | ނަމްބަރު 10 | -/250ރ | -/50ރ |
ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ނީލަމުގައި ބައިވެރިވުމަށް ޙާޟިރުވާ މަދުވެގެން 3 މީހުންގެ ޙާޟިރުގައެވެ. މިތަކެތި ނީލަމުގައި ވިއްކާނެ އަގު ކަނޑައެޅިފައި ވީނަމަވެސް އެ އަގުގައި ނީލަން ކުރިއަށް ނުދާނަމަ، އަގު ބަދަލުކޮށްގެން ނީލަން ކުރިއަށް ގެންދެވޭނެކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
10 ރަޖަބު 1440
17 މާރޗް 2019
ވަލީ ހަމަޖެއްސުމާއި ކައިވެނި ފޯމު ހުށައެޅުމާއި ބެހޭ
ތާރީހް: 20-03-2019
ނަންބަރު: F10C-A/2019/03
ވަލީ ހަމަޖެއްސުމާއި ކައިވެނި ފޯމު ހުށަހެޅުމާއި ބެހޭ.
ކައިވެނި ފޯމު ހުށަހަޅާ އިރު ވަލީވެރިޔާ ކާވެނި ފޯމުގައި ސޮއިކޮށްފައި ނުވާނަމަ ކައިވެނީގެ ފޯމް ހުށަހެޅުމުގެ ކުރިން ވަލީ ހަމަޖައްސަން އެދޭ ފޯމު ހުށަހެޅުމަށްފަހު ޖަވާބު ލިބުމުން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ ވަލީއަށް ކާވެނިކޮށްދިނުމަށް ބ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމަވާފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.
20 މާރިޗް 2019
ބ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކަށް ބަންދާއިމެދު ގޮތެއް ނިންމުމަށް މީހުން ޙާޟިރު ކުރުމާއި ބެހޭ
ތާރީހް: 21-03-2019
ނަންބަރު: F10C-A/2019/04
ބ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކަށް ބަންދާއިމެދު ގޮތެއް ނިންމުމަށް މީހުން ޙާޟިރު ކުރުމާއި ބެހޭ
ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ބ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކަށް މީހުން ޙާޟިކުރާ ވަގުތުތައް:
1. ރަސްމީ ދުވަހެއްގައި ނަމަ ހުށަހަޅާނީ ހެނދުނު 10:30 ން މެންދުރުފަހު 13:00 އަށް.
2. ސަރުކާރު ބަންދު ދުވަސްތަކުގައި ހުށަހަޅާނަމަ ހުށަހަޅާނީ އެދުވަހެއްގެ 14:30 ން 16:00 އަށް.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.
20 މާރިޗް 2019
އަންދާސީ ހިސާބު
ތާރީހް: 21-03-2019
ނަންބަރު:A/E8C/2019/03
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ؛
މިކޯޓްގެ އިމާރާތުގެ ފުރާޅުން ފެންފައިބާ ތަންތަންބަލާ އެތަންތަން މަރާމާތުކުރުމާއި، ކޯޓްގެ އިމާރާތުގެ ބޭރާއި އެތެރޭގައި ހަރުކޮށްފައިވާ ހޯލްޑަރތަކާއި ބޮކިތައް ނަގާ އެތަންތަނުގައި ލެޑް ޕެނަލް ލައިޓް ހަރުކުރުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތިން މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާން ކުރައްވައި ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކޯޓްގެ ނަމްބަރު 6580424 އަށް ގުޅުއްވުން އެދެމެވެ.
14 ރަޖަބު 1440
21 މާރޗް 2019
ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ބޭނުންވެއްޖެ
ތާރީހް: 31-03-2019
ނަންބަރު: F10C-A/2019/05
ތާރީޚް: 28 މާރިޗް 2019
މަޤާމު | އެޑްމިނިސްޓްރޭޓިވް އޮފިސަރ | ރޭންކް: ޖީ.އެސް 3 |
ޢަދަދު | 01 (އެކެއް) | |
މަސައްކަތްކުރަންޖެހޭ ތަން | ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓް | |
އަސާސީ މުސާރަ | -/4465 ރުފިޔާ | |
މިމަޤާމަށް ލިބޭ އެލަވަންސް |
| |
އަސާސީ ޝަރުޠު
|
| |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު
|
| |
ހުށަހަޅަންޖެހޭ ތަކެތި
|
| |
ސުންގަޑި
| 2019 އެޕްރީލް 09 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. | |
އިތުރު މަޢުލޫމާތު
|
| |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް |
| |
މަޤާމުތަކަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް |
|
ވަޒީފާގެ ފުރުސަތު
ތާރީހް: 01-04-2019
މިލަދުންމަޑުލުދެކުނުބުރީ ފޮއްދޫ މެޖިސްޓްރޭޓް ކޯޓް
ފޮއްދޫ،
ދިވެހިރާއްޖެ
D14MC/2019/01:އިއުލާން ނަންބަރު | ވަޒީފާގެ ފުރުޞަތު | |||
ތާރީޚް: 26 މާރިޗު 2019 | ||||
| ރޭންކް: ޖީ. އެސް 3 | ކޯޓު އޮފިސަރ (ދާއިމީ) | މަޤާމް | |
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 | 1 (އެކެއް) | އަދަދު | ||
މިލަދުންމަޑުލުދެކުނުބުރީ ފޮއްދޫ މެޖިސްޓްރޭޓް ކޯޓް | މަސައްކަތް ކުރަންޖެހޭ ތަން | |||
-/4465ރ (ހަތަރުހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ) | އަސާސީ މުސާރަ | |||
-/1500ރ (ފަނަރަސަތޭކަ ރުފިޔާ) | ސަރވިސް އެލަވަންސް | |||
އަސާސީ މުސާރައިގެ %20 | ޖުޑީޝަލް އެލަވަންސް | |||
-/2550ރ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) | ލިވިންގ އެލަވަންސް | |||
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. | އިތުރުގަޑީގެ ފައިސާ | |||
| އަސާސީ ޝަރުތު | |||
ޝަރީޢަތަށް މީހުން ޙާޞިރުކުރުމުގައި، ކޯޓުގެ މެޖިސްޓުރޭޓް ނުވަތަ ކޯޓާއި އޭރަކު ހަވާލުވެ ހުންނަ މެޖިސްޓުރޭޓަކު އަންގާގޮތެއްގެ މަތިން ހުށަހެޅިފައިވާ މައްސަލަތަކުގައި އިދާރީ ފިޔަވަޅު އަޅަމުންދިއުމާއި، ކޯޓް އަމުރާއި، ބަންދު އަމުރު އަންގަވާ ގޮތެއްގެމަތިން ތައްޔާރުކޮށް ބެލެހެއްޓުން ކޯޓް ރޫމާ ގުޅޭގޮތުން އިންތިޒާމްކުރަންޖެހޭ އެންމެހާކަންކަން އިންތިޒާމުކޮށް ޝަރީޢަތުގެ މަޖިލިސް ތައްޔާރުކުރުން ކޯޓާ ހަވާލުވެހުންނަ މެޖިސްޓުރޭޓަކު އަންގާގޮތެއްގެމަތިން ދަޢުވާފޯމް ޤަޟިއްޔާކުރުން ނުވަތަ މައްސަލަ ހުށަހެޅުމާއި، ޖަވާބު އަރުވަންޖެހޭ ފަރާތްތަކަށް ޖަވާބުއެރުވުމަށް އަންގަވާގޮތެއްގެ މަތިން ދަޢުވާފޯމްތަކުގެ ޖަވާބުފޮނުވުން މައްސަލަ ތަކުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް ތައްޔާރުކޮށް ކަމާގުޅޭ ފައިލަށް އެޅުމަށް ހަވާލުކުރަންޖެހޭ މުވައްޒަފާ ހަވާލުކުރުމާއި، މައްސަލަ ނިމޭތާ ގިނަވެގެން މަސްދުވަހުގެތެރޭގައި މައްސަލައިގެ ރިޕޯޓް ލިޔެފައިލް ހަވާލުކުރުން މަޙުޟަރުތައް ލިޔެބެލެހެއްޓުމާއި، ޤަޟީއްޔާތަކާގުޅީގެން ފައިލަށް އަޅަންޖެހޭ ހުރިހާ ލިޔުންތަކެއް ހަމަޔަށް އެޅިފައި ހުރިތޯބެލުމާއި، އެފަދަ ލިޔުންތައް ފައިލުތަކަށް މެޖިސްޓުރޭޓް އަންގާފައިވާ ތަރުތީބަކުން އެޅުން މައްސަލަތައް މެޖިސްޓުރޭޓް އަންގާވާގޮތެއްގެމަތިން ތާވަލުކުރުމާއި، ޤަޟިއްޔާތަކާގުޅިގެން އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީތަކަށް ޖަވާބުއެރުވުމަށް އެއަށް ޖަވާބުތައްޔާރުކުރުމަށް މެޖިސްޓުރޭޓް އަންގާގޮތެއްގެމަތިން ޖަވާބުތައްޔާރުކުރުމަށް އިދާރީ ކަންކަމާ ހަވާލުވެ ހުންނަ މުވައްޒަފާ ހަވާލުކޮށްގެން ޖަވާބުތައްޔާރުކުރުމާއި، އެސިޓީތަކަށް ޖަވާބުފޮނުވޭތޯބެލުން ކުރާ ޙުކުމްތަކާއި، އަދި އެނޫންވެސް ކޯޓުން އެކިފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް ހަވާލުވެ ހުންނަ މެޖިސްޓުރޭޓަކު އަންގަވާ ގޮތެއްގެ މަތިން އެކަމާހަވާލުވެ ހުންނަ މުވައްޒަފެއްމެދުވެރިކޮށް އެންގުން ޝަރީޢަތްތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ އެކިއެކި ލިޔުންތައް ތައްޔާރުކުރުން ކޯޓަށް ތަސްދީޤުކުރުމަށް ހުށަހެޅޭ ލިޔުންތަކާމެދު މެޖިސްޓުރޭޓް އަންގާގޮތެއްގެ މަތިން އިދާރީ ފިޔަވަޅުއެޅުން (ޝަރީޢަތާގުޅޭ އެންމެހައި ފޮތްތައްލިޔެ ބެލެހެއްޓުން. (މީގެތެރެއިން ވަރި ކައިވެނީގެ ރަޖިސްޓްރީއާއި، ވަރި ކާވެނީގެ ދަފްތަރު، ވަރި ފަސްޚް ތަފްރީޤު ސެޓްފިކެޓް ހަވާލުކުރާ އިސްތިސްނާވާނެއެވެ ކޯޓުގެ މެއިލް ކޮންމެ ދުވަހަކުވެސް ބަރާބަރަށް ޗެއްކުރަމުން ގެންދިއުމާއި، ޖަވާބުދޭންޖެހޭ ތަކެއްޗަށް އެކަމާގުޅޭ މުވައްޒަފަކާ ހަވާލުކޮށްގެން ޖަވާބުފޮނުވުމުގެ ކަންކަން ބެލެހެއްޓުން މުއްދަތުޖެހުމަށާއި، އެނޫންވެސް އަމުރެއްދިނުމަށް ނުރަސްމީ ގަޑީގައި ކޯޓް ހުޅުވަން ޖެހިއްޖެނަމަ އެކަމާގުޅޭ އެންމެހާ ކަންކަން އިންތިޒާމްކުރުން ކޯޓުގެ އިދާރީ މުވައްޒަފަކު ޗުއްޓީ ނަގައިފިނަމަ އެމުވައްޒަފަކާ ހަވާލުވެފައިވާ މަސައްކަތުގެ ތެރެއިން ވެރިޔަކު ހަވާލުކުރާ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި މިނޫންވެސް ކޯޓުގެ އިދާރީ މަސައްކަތްތަކުގެ ތެރެއިން މެޖިސްޓުރޭޓް ހަވާލުކުރާ މަސައްކަތް ކުރުމާއި، ކޯޓް ހުޅުވާލައްޕަން ޖެހިއްޖެނަމަ އެމަސައްކަތްވެސް ކުރުން | މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު | |||
| ހުށަހަޅަންޖެހޭ ތަކެތި | |||
2019 އެޕްރީލް 09 ވަނަ ދުވަހުގެ 13:30 ގެ ކުރިން ނ. ފޮއްދޫ މެޖިސްޓްރޭޓް ކޯޓަށް ވަޒީފާއަށް އެދޭ ފޯމާއިއެކު ހުށަހަޅަންވާނެއެވެ. އެޕްލިކޭޝަން ފޯމް ފެކްސް އިން އަދި މެއިލް އިން ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. | ސުންގަޑި | |||
| އިތުރު މަޢުލޫމާތު |
26 މާޜޗް 2019
ނ.ޅޮހީ މެޖިސްޓްރޭޓް ކޯޓު މިހާރު ހިންގަމުންދާ ޢިމާރާތް މަރާމާތުކޮށް ޖާގަ އިތުރުކުރުމުގެ މަސައްކަތް
ތާރީހް: 03-04-2019
ނ.ޅޮހީ މެޖިސްޓްރޭޓް ކޯޓު މިހާރު ހިންގަމުންދާ ޢިމާރާތް މަރާމާތުކޮށް ޖާގަ އިތުރުކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 އެޕްރީލް 11 ވަނަ ދުވަހުގެ 11:15 އަށް ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 އެޕްރީލް 18 ވަނަ ދުވަހު 11:15 އަށް، މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.
27 ރަޖަބު 1440
03 އޭޕްރިލް 2019
ހޮވައިގެން ގެނެވިފައިވާ ތަކެތި
ތާރީހް: 03-04-2019
ނަމްބަރ:F10C-A/2019/06
ހޮވައިގެން ގެނެވިފައިވާ.
28 މާރޗް 2019 ވަނަ ދުވަހު މިރަށު އެސް.ޓީ.އޯ ފިހާރަ ކުރިމަތިން ހޮވައިގެން ގެނެސްފައިވާ ފައިސާތަކެއް މިކޯޓްގައި އެބަހުއްޓެވެ.
ވީމާ، ފައިސާތަކުގެ ވެރިފަރާތެއް ހުރިނަމަ، މިކޯޓަށް ހުށަހަޅުއްވައިގެން މިލްކުވެރިކަން ސާބިތުކޮށްދިނުމަށްފަހު އެފައިސާތަކާއި ޙަވާލުވުމަށް އަންގާ އިޢުލާނު ކުރަމެވެ.
25 ރަޖަބް 1440
02 އޭޕްރީލް 2019
ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތައް-2019 ވަނަ އަހަރު
ތާރީހް: 04-04-2019
ނަންބަރު: F14C/2019/01
2019 ވަނަ އަހަރު އާއްމުކޮށް ކައިވެނިކޮށްނުދެވޭ ދުވަސްތައް:
2019 ވަނަ އަހަރު ކައިވެނިކޮށްދިނުމަށް ހަމަޖެހިފާއިވާ ގަޑިތައް:
ރަސްމީ ގަޑީގައި: މެންދުރުފަހު 13:00 އިން 14:00 އަށް.
ނުރަސްމީ ގަޑީގައި: ރޭގަނޑު 20:00 އިން 21:30 އަށް.
ހަވީރު 16:00 އިން 22:00 އަށް.
ވަކި މައުޛޫނަކު ލައްވައި ކައިވެނި ކުރުވަން ބޭނުންވާ ފަރާތަކަށް.
އަންދާސީ ހިސާބު
ތާރީހް: 04-04-2019
މިކޯޓްގެ ކޯޓްރޫމަގައި ޖަހާފައިވާ މުށިތައް ނަގާ މުށި ބަދަލުކޮށް ކާޕެޓް އެޅުމާއި، ސީލިންގް ނަގާ މިކޯޓުންދޭ ކުރެހުމަކާ އެއްގޮތަށް ސީލިންގް އަޅާ، ފާރުތަކުގެ ވަށައިގެން ލަކުޑި ބޯޑަރ އެޅުމާއި، ފާރުތަކުގައި ކުލަލުން
އަދި ލައިޓް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތިން މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން: 11 އޭޕްރީލް 2019 ދުވަހުގެ 13:30
އަންދާސީ ހިސާބު ހުށަހެޅުން: 18 އޭޕްރީލް 2019 ދުވަހުގެ 13:30
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާން ކުރައްވައި ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު
ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކޯޓްގެ ނަމްބަރު 6580424 އަށް ގުޅުއްވުން އެދެމެވެ.
27 ރަޖަބު 1440
03 އޭޕްރީލް 2019
އަންދާސީ ހިސާބު ބޭނުންވެއްޖެ
ތާރީހް: 20-05-2019
އިޢުލާން
ނަމްބަރ:F10C-A/2019/08
އަންދާސީހިސާބު ބޭނުންވެއްޖެ.
ބ.ހިތާދޫ މެޖިސްޓްރޭޓް ކޯޓުގެ ފާޚާނާއާއި ފެނުގެ ނިޒާމް، ބ.ހިތާދޫ ކައުންސިލް އިދާރާއާއި ވަކިކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: (13 މެއި 2019) F10C-A/2019/07 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮށްފައިވަނީ 01 (އެކެއް) ފަރާތުން ކަމަށްވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެވަޑައިގަންނަވާ ފަރާތްތަކުން 27 މެއި 2019 ވާ ހޯމަ ދުވަހުގެ 10:00އަށް ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ބ.ހިތާދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 ޖޫން 2019 ވާ ހޯމަ ދުވަހުގެ 10:00އަށް ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ބ.ހިތާދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
20 މެއި 2019
15 ރަމަޟާން 1440
އަންދާސީ ހިސާބު ބޭނުންވެއްޖެ
ތާރީހް: 10-06-2019
އިޢުލާން
ނަމްބަރ:F10C-A/2019/09
އަންދާސީހިސާބު ބޭނުންވެއްޖެ.
ބ.ހިތާދޫ މެޖިސްޓްރޭޓް ކޯޓުގެ ފާޚާނާއާއި ފެނުގެ ނިޒާމް، ބ.ހިތާދޫ ކައުންސިލް އިދާރާއާއި ވަކިކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:F10C-A/2019/08 ( މެއި 20 2019 ) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ 01 (އެކެއް) ފަރާތުން ކަމަށްވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެވަޑައިގަންނަވާ ފަރާތްތަކުން 17 ޖޫން 2019 ވާ ހޯމަ ދުވަހުގެ 10:00އަށް ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ބ.ހިތާދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 ޖޫން 2019 ވާ ހޯމަ ދުވަހުގެ 10:00އަށް ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ބ.ހިތާދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
10 ޖޫން 2019
07 ޝައްވާލް 1440
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް) މަގާމަށް މީހަކު ބޭނުންވެއްޖެއެވެ
ތާރީހް: 26-09-2019
މިލަދުންމަޑުލުދެކުނުބުރީ ދެކުނުބުރީ ކުޑަފަރީ މެޖިސްޓްރޭޓް ކޯޓް
ނ.ކުޑަފަރި،
ދިވެހިރާއްޖެ
އިއުލާން ނަންބަރު:D6C-A/2019/01 | ވަޒީފާގެ ފުރުޞަތު | |||
ތާރީޚް:25 ސެޕްޓެންބަރު 2019 | ||||
| ރޭންކް: ޖީ. އެސް 3 | އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް) | މަޤާމް | |
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 | 1 (އެކެއް) | އަދަދު | ||
މިލަދުންމަޑުލުދެކުނުބުރީ ކުޑަފަރީ މެޖިސްޓްރޭޓް ކޯޓް | މަސައްކަތް ކުރަންޖެހޭ ތަން | |||
-/4465ރ (ހަތަރުހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ) | އަސާސީ މުސާރަ | |||
-/1500ރ (ފަނަރަސަތޭކަ ރުފިޔާ) | ސަރވިސް އެލަވަންސް | |||
އަސާސީ މުސާރައިގެ %20 | ޖުޑީޝަލް އެލަވަންސް | |||
-/2550ރ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) | ލިވިންގ އެލަވަންސް | |||
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. | އިތުރުގަޑީގެ ފައިސާ | |||
| އަސާސީ ޝަރުތު | |||
| މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު | |||
| ހުށަހަޅަންޖެހޭ ތަކެތި | |||
2019 އޮކްޓޯބަރު 03 ވަނަ ދުވަހުގެ 12:00 ގެ ކުރިން ނ. ކުޑަފަރީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅަންވާނެއެވެ. އެޕްލިކޭޝަން ފޯމް ފެކްސް އިން އަދި މެއިލް އިން ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. | ސުންގަޑި | |||
| އިތުރު މަޢުލޫމާތު |
ވަޒީފާގެ ފުރުޞަތު
ތާރީހް: 10-10-2019
ވަޒީފާގެ ފުރުޞަތު | ނަންބަރު: F10C-A/2019/12 | |
ތާރީޚް: 07 އޮކްޓޯބަރ 2019 | ||
މަޤާމު | އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް) | ރޭންކް: ޖީ.އެސް 3 |
ޢަދަދު | 01 (އެކެއް) | |
މަސައްކަތްކުރަންޖެހޭ ތަން | ބ.ކެންދޫ މެޖިސްޓްރޭޓް ކޯޓް | |
އަސާސީ މުސާރަ | -/4465 ރުފިޔާ | |
މިމަޤާމަށް ލިބޭ އެލަވަންސް |
| |
އަސާސީ ޝަރުޠު
|
| |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު
|
| |
ހުށަހަޅަންޖެހޭ ތަކެތި
|
| |
ސުންގަޑި
| 13 އޮކްޓޯބަރ 2019 އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ބ.ކެންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. | |
އިތުރު މަޢުލޫމާތު
|
| |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް |
| |
މަޤާމުތަކަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް |
|
އަންދާސީ ހިސާބު ބޭނުންވެއްޖެ
ތާރީހް: 30-10-2019
އިޢުލާން
އަންދާސީހިސާބް ބޭނުންވެއްޖެ.
ނަމްބަރ:F10C-A/2019/13
ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ސްޓޯރ ރޫމް އަދި ދާއިރާ މެޖިސްޓްރޭޓް ހުންނަވާ އެޕާޓްމަންޓްގެ ސިޓިނގް ރޫމް އޭސީ ކުރުމަށްޓަކައި 02 (ދޭއް) އޭސީ ސަޕްލައި ކޮށްދިނުމުން، އަމިއްލަ ތަކެތީގައި 02 (ދޭއް) އޭސީ އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެވަޑައިގަންނަވާ ފަރާތްތަކުން 06 ނޮވެމްބަރ 2019 ވާ ބުދަ ދުވަހުގެ 10:00އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 ނޮވެމްބަރ 2019 ވާ ބުދަ ދުވަހުގެ 10:00އަށް މިކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
30 އޮކްޓޯބަރ 2019
ދަޢުލަތުން މިރަށު ސީސަންގެ މުޙައްމަދު ފަތުޙީގެ މައްޗަށް ދަޢުވާ ކުރެއްވި ޚިޔާނާތް ތެރިވުން ކުށުގެ ދަޢުވާ ސާބިތުވާ ކަމަށް ޙުކުމް ކުރައްވައިފި
ތާރީހް: 05-12-2019
ކޯޓް އޮފިސަރ
ތާރީހް: 10-02-2020
ވަޒީފާގެ ފުރުޞަޠު | ނަންބަރު: C15C-A/2020/03 | |
ތާރީޚް: 06 ފެބުރުވަރީ 2020 | ||
މަޤާމު | ކޯޓު އޮފިސަރ | ރޭންކް: ޖީ.އެސް.3 |
ޢަދަދު | 01 | ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 |
މަސައްކަތް ކުރަންޖެހޭ ތަން | ށ.ނަރުދޫ މެޖިސްޓްރޭޓް ކޯޓު | |
އަސާސީ މުސާރަ | -/4,465ރުފިޔާ | |
މި މަޤާމަށް ލިބޭ އެލަވަންސް | - ޖުޑީޝަލް އެލަވަންސް: -/893 ރުފިޔާ (މުސާރައިގެ %20) - ސަރވިސް އެލަވަންސް: -/1500 ރުފިޔާ - ލިވިންގ އެލަވަންސް: -/2550 ރުފިޔާ - ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. - ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ. | |
އަސާސީ ޝަރުޠު |
| |
އެހެނިހެން ޝަރުޠު |
| |
މަޤާމުގެ މަސްއޫލިއްޔަތު |
| |
ހުށަހަޅަންޖެހޭ ތަކެތި |
| |
ސުންގަޑި | 2020 ފެބުރުވަރީ 18 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ށ.ނަރުދޫ މެޖިސްޓްރޭޓް ކޯޓަކަށް ހުށަހެޅުއްވުން އެދެމެވެ. | |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް | ކޯޓު އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
| |
އިތުރު މަޢުލޫމާތު |
| |
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް |
|
ހޮވައިގެން ގެނެވޭ ފައިސާގެ ވެރިފަރާތެއް ހޯދުން
ތާރީހް: 10-02-2020
ހޮވައިގެން ގެނެވޭ ފައިސާގެ ވެރިފަރާތެއް ހޯދުން (އިޢުލާން ނަންބަރު: C8C-A/2020/1)
30 ޖަނަވަރީ 2020 ވަނަ ދުވަހު، ށ. ނަރުދޫ ވައިލެޓްމަގާއި، މުސްތަރީގޯޅި ދިމާވާ ކަންމަތިން، ހޮވައިގެން ގެނެސްފައިވާ ފައިސާތަކެއް މިކޯޓަށް ލިބިފައިވާތީ، މިފައިސާތަކުގެ ވެރިފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިފައިސާތަކުގެ ވެރިފަރާތެއް ވާނަމަ، މިކޯޓަށް ދުރުވެ އެކަން ސާބިތުކޮށްދެއްވުމަށްފަހު، މިފައިސާތަކާއި ޙަވާލުވެ ދެއްވުން އެދި ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
16 ޖުމާދަލް އާޚިރާ 1441
10 ފެބްރުއަރީ 2020
އަންދާސީ ހިސާބު ބޭނުންވެއްޖެ
ތާރީހް: 18-02-2020
ނަމްބަރ:F10C-A/2020/01
ބ.މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ މައިކަރަންޓް ކޭބަލް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެވަޑައިގަންނަވާ ފަރާތްތަކުން 24 ފެބުރުވަރީ 2020 ވާ ހޯމަ ދުވަހުގެ 10:00އަށް މިކޯޓަށް ނުވަތަ ބ.މާޅޮހު މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 މާރިޗް 2020 ވާ ހޯމަ ދުވަހުގެ 10:00އަށް މިކޯޓަށް ނުވަތަ ބ.މާޅޮހު މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
17 ފެބުރުވަރީ 2020
ތާރީހް: 15-03-2020
މިކޯޓުގެ ކޯޓް އޮފިސަރގެ މަޤާމަށް މުވައްޒަފަކު ބޭނުންވެގެން 04 ފެބުރުވަރީ 2020 ގައި ކުރެވުނު E8C-A/2020/1 ނަންބަރުގެ އިޢުލާނަށް އިސްލާހެއް ގެންނަންޖެހުމާއި ގުޅިގެން އެ އިޢުލާން ބާޠިލްކޮށްފީމެވެ. އަދި މިމަޤާމަށް މުވައްޒަފަކު ހޯދުމަށް އަލުން އިޢުލާނު ކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
-
ތާރީހް: 18-03-2020
ކޮވިޑް ރޯގާއާ ގުޅިގެން ސިއްޙީ ރައްކާތެރިކަމަށްޓަކައި ކޯޓްގެ މުވައްޒަފުންނާއި އަދި މިކޯޓަށް ޚިދުމަތް ހޯދުމަށް އަންނަފަރާތްތަކުގެ ރައްކާތެރިކަމުގެ ގޮތުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން 17 މާރޗް 2020 އިން ފެށިގެން މިވަގުތައް އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅު ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
1 | މިކޯޓަށް ހުށަހަޅަށްޖެހޭ މައްސަލަތަކާއި، ކާވެނީގެ ފޯމްތަކާއި އަދި އެހެނިހެން ލިޔުންތައް ކޯޓަށް ހުށަހަޅަން ޖެހެނީ މިކޯޓުގެ މެއިލްގެ ޒަރީއާއިންނެއެވެ. މިގޮތުން ލިޔުންތައް ހުށަހަޅާ ފޮނުވަންޖެހޭ މެއިލްއަކީ hulhumale@judiciary.gov.mv އެވެ. އަދި ސަރުކާރުގެ އޮފިސްތަކާއި، މިނިވަންމުވައްސަސާތަކާއި، ޝަރުޢީ ކޯޓުތަކުން މިކޯޓަށް ފޮނުވާ ލިޔުންތައް ފޮނުވަންވާނީ މެމްސް ޖުޑިޝަރީ އާއި ޖެމްސް މެދުވެރިކޮށެއެވެ. |
2 | މިކޯޓުން ފޮނުވަންޖެހޭ ޙާޟިރުވުމުގެ އަމުރުތައް ފޮނުވާނީ އެފަރާތުން ދީފައިވާ ވަޓްސްއަޕް ނަންބަރ ނުވަތަ ވައިބަރ ނުވަތަ އެފަރާތުން ދޭ މެއިލް އެޑްރެހަށެއެވެ. |
3 | މިކޯޓަށް ހުށަހަޅާ ފޯމްތަކާއި ގުޅިގެންނާއި ޚަރަދުގެ ގޮތުގައި މިކޯޓުން ބަލައިގަންނަ ފައިސާ އާއި އަދި ދަރީންގެ ޚަރަދާއި އެހެނިހެން ޚަރަދުގެ ފައިސާ ދޫކުރުން ހަމަޖެހިފައިވަނީ ހެނދު 8:30 އިން ފެށިގެން މެންދުރު 12:00އަށެއެވެ. |
4 | މިކޯޓުން ޝަރީޢަތާއި ގުޅިގެން ނެރޭ އަމުރުތަކާއި ނިންމުން އީމެއިލް މެދުވެރިކޮށް އެފަރާތްތަކަށް އެންގޭނެއެވެ. |
5 |
|
6 |
|
7 |
|
8 |
|
9 |
|
ކޯޓް ކައުންޓަރ:3350577 އިދާރީ:3350578 ފައިސާ: 3350583 ވަރިކާވެނި:3350584
23 ރަޖަބު 1441
18 މާރޗް 2020
ކޮވިޑް-19 އާ ގުޅިގެން ދަޢުލަތުގެ އިދާރާތައް ބަންދުކުރެއްވުމަށް ނިންމާފައިވާ މުއްދަތުގައި މިކޯޓުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގޮތް
ތާރީހް: 18-03-2020
ކޮވިޑް-19 އާ ގުޅިގެން ދަޢުލަތުގެ އިދާރާތައް ބަންދުކުރެއްވުމަށް ނިންމާފައިވާ މުއްދަތުގައި މިކޯޓުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގޮތް
މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ޚާއްޞަ ފިޔަވަޅުތަކުގެ ތެރެއިން ދަޢުލަތުގެ އިދާރާތައް ބަންދުކޮށްފައި ހުންނަ ދުވަސްވަރު މިކޯޓުން ޢާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން މިކޯޓުން ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން މިކޯޓަށް ހުށަހަޅަން ބޭނުންވާ ފޯމްތަކާއި، ސިޓީފަދަ އެންމެހާ ލިޔެކިޔުންތައް ތިރީގައި މިދަންނަވާ މެއިލަށް ފޮނުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މިކޯޓުން ފޯރުކޮށްދޭ އެއްވެސް ޚިދުމަތަކާއި ގުޅޭގޮތުން މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެއްޖެނަމަ ތިރީގައިވާ ހޮޓްލައިންތަކަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
23 ރަޖަބު 1441
18 މާރިޗް 2020
ކޮވިޑް-19 އާ ގުޅިގެން ދަޢުލަތުގެ އިދާރާތައް ބަންދުކުރެއްވުމަށް ނިންމާފައިވާ މުއްދަތުގައި މިކޯޓުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގޮތް
ތާރީހް: 18-03-2020
މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓު
މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ
ދިވެހިރާއްޖެ
ކޯވިޑް-19 ޕެންޑަމިކްއާ ގުޅިގެން 19 މާރިޗު 2020 އިން 26 މާރިޗު 2020 އަށް ސަރުކާރު ބަންދުކުރެއްވުމަށް ނިންމަވާފައިވާތީ އެމުއްދަތުގައި ކޮންމެހެން ކޯޓަށް ހުށަހަޅަންޖެހޭ ފޯމެއް ނުވަތަ މައްސަލައެއް (މީގެތެރޭގައި ގެވެށިއަނިޔާ އާއި ކުޑަކުދިންގެ ޙައްޤުތަކާބެހޭ އަމުރުތައް ހޯދުމުގެ މައްސަލަތައް) ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުމާއި، ކޮންމެހެން ގުޅުއްވަން ޖެހިއްޖެ ޙާލަތެއްގައި ގުޅުއްވޭނެ ފަރާތްތަކުގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.
އިދާރީ ކަންކަމުގައި:
ކޯޓް އެޑްމިނިސްޓްރޭޓަރ ޢަބްދުﷲ ރަޝީދު (ފޯން ނަންބަރު: 7747375)
ޝަރުޢީ ކަންކަމުގައި:
ލީގަލް އޮފިސަރ އާދަމް ސަލީމް (ފޯން ނަންބަރު: 9952950)
* ޝަރުޢީ އަދި އިދާރީ ކަންކަމުގައި ފޮނުވަންޖެހޭ ލިޔުންތައް ފޮނުއްވޭނެ އީމެއިލް: n.manadhoo@judiciary.gov.mv
***
ކޮވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި މިކޯޓުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގޮތް
ތާރީހް: 12-04-2020
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު
ފުވައްމުލައް
ދިވެހިރާއްޖެ
________________________________________________________________________
ކޮވިޑް -19 އާއި ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި މިކޯޓުގެ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާގޮތް:
ކޮވިޑް-19 ފެތުރުން ކުޑަކުރުމަށް ސަރުކާރު ބަންދުކޮށްފައިވާ މުއްދަތުގައި މިކޯޓުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް ތިރީގައި އެވަނީއެވެ.
ކޯޓުން ޚިދުމަތް ލިބޭ ދުވަސްތަކާއި ގަޑިތައް:
ހަފްތާއަކު ހޯމަ ، އަންގާރަ އަދި ބުރާސްފަތި
ހުޅުވިފައި ހުންނަ ގަޑިތައް: ހެނދުނު 9:00 އިން މެންދުރު 12:00 އަށް ،
މިކޯޓަށް ފޮނުވަންޖެހޭ ލިޔުންތަކާއި ސިޓީތައް ތިރީގައިވާ އީމެލްއަށް ފޮނުވުމުން ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރުމައުލޫމާތު ބޭނުންފުޅުވާނަމަ ތިރީގައިވާ މުވައްޒަފުންނާއި ސީދާ ގުޅޭނެ ކަމުގައިވެސް ދަންނަވަމެވެ.
ޝަރުޢީ ކަންކަމުގައި:
ލީގަލް އޮފިސަރ ، އަލްއުސްތާޛާ އައިޝަތު މުހައްމަދު (ފޯން: 6862677)
އިދާރީ ކަންކަމުގައި:
އެޑްމިން އޮފިސަރ ، ފާތިމަތު ސުނީނާ (ފޯން: 6862667)
އަދި އިދާރީ ކަންކަމުގައި ފޮނުވަންޖެހޭ ލިޔުންތައް ތިރީގައިމިވާ އީމެއިލް އަށް ފޮނުވޭނެއެވެ.
gn.fuvahmulah@judiciary.gov.mv
ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތައް ނުހުޅުވާ މުއްދަތުގައި ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގޮތް
ތާރީހް: 12-04-2020
އިޢުލާނު
ނަންބަރު: D12C-A/2020/1
ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތައް ނުހުޅުވާ މުއްދަތަކީ، ދިވެހިރާއްޖޭގެ ރަސްމީ ބަންދު ދުވަސްތަކެއްކަމަށް ނުވާތީ، މިދުވަސްތަކުގައި ޝަރުޢީ ދާއިރާގެ ޚިދުމަތް ދެވޭނެގޮތަށް މިކޯޓުގެ މަސައްކަތްތައް ތަރުތީބުކޮށް ކޮންމެ ހަފްތާއެއްގެވެސް ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން 12:00 އަށް މިކޯޓު ހުޅުވާފައި ހުންނާނެ ވާހަކަ އާއްމުކޮށް އަންގާ އިޢުލާންކުރަމެވެ. އަދި ކޯޓަށް ފޮނުވަންޖެހޭ މުޙިއްމު ލިޔުންތަކާއި ސިޓީތައް އަދި ފޯމުތައް މިކޯޓުގެ މެއިލް އެޑްރެސް n.manadhoo@judiciary.gov.mv އަށް ފޮނުއްވުމަށް ދަންނަވަމެވެ. ކޯޓް ނުހުޅުވާ ދުވަސްތަކުގައި ކޮންމެހެން ގުޅުއްވަން ޖެހިއްޖެ ޙާލަތެއްގައި ގުޅުއްވޭނެ ފަރާތްތަކުގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.
އިދާރީ ކަންކަމުގައި:
ކޯޓް އެޑްމިނިސްޓްރޭޓަރ ޢަބްދުﷲ ރަޝީދު (ފޯން ނަންބަރު: 7747375)
ޝަރުޢީ ކަންކަމުގައި:
ލީގަލް އޮފިސަރ އާދަމް ސަލީމް (ފޯން ނަންބަރު: 9952950)
20 ޝައްވާލް 1441
13 އެޕްރީލް 2020
ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތައް ނުހުޅުވާ މުއްދަތުގެ ތެރޭގައި މިކޯޓުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގޮތް.
ތާރީހް: 13-04-2020
މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) ފެތުރުން ކުޑަކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތައް ނުހުޅުވާ މުއްދަތަކީ ދިވެހިރާއްޖޭގެ ރަސްމީ ބަންދު ދުވަސްތަކެއް ކަމަށްނުވާތީ މިދުވަސް ތަކުގައިވެސް ޚިދުމަތް ދިނުމަށްޓަކައި މިކޯޓުގެ މަސައްކަތްތައް ތަރުތީބުކޮށް ކޮންމެ ހަފްތާއެއްގެވެސް ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން މެންދުރު 12:00 އަށް މިކޯޓު ހުޅުވިފައި ހުންނާނެއެވެ.
މިދުވަސްތަކުގައި ކޯޓުންދޭ ޚިދުމަތްތައް؛
އަދި، މަތީގައިވާ މައްސަލަތަކުގެ އިތުރުން، ޤާނޫނުތަކާއި ޤަވާއިދުތަކުގައި ވަކި މުއްދަތެއްގެ ތެރޭގައި ކޯޓަށް ހުށަހަޅަންޖެހޭ ކަމަށް ބުނާ މައްސަލަތަކާއި، މައްސަލައެއް ލަސްވެގެން ކޯޓުގެ ސަމާލުކަމަށް ގެނެވޭ މައްސަލަތަކާއި، މީހުންގެ މުދަލާއި ފަރުދީ ރައްކާތެރިކަމާއި ގުޅުންހުރި މައްސަލަތަކާއި، މިނޫންވެސް އަވަސް ނިޔާގެ ތަބީޢަތުގެ މައްސަލައެއްކަމަށް މެޖިސްޓްރޭޓަށް ފާހަގަކުރެވޭ މައްސަލަތައް ކުރިއަށް ގެންދެވޭނެއެވެ.
މީގެ އިތުރުން އީމެއިލް މެދުވެރިކޮށް ލިޔެކިޔުންތައް ހުށަހެޅޭނެ އިންތިޒާމް ހަމަޖެހިފައިވާކަމާއި، ކޯޓަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ. އަދި އޮންލައިންކޮށް ފައިސާ ދެއްކުމަށް ދަތިވާނަމަ އެފައިސާ ސީދާ ކޯޓަށް ދެއްކުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވެއެވެ.
އަދި ދަންނަވަމެވެ. މިކޯޓުން ފޯރުކޮށްދޭ އެއްވެސް ޚިދުމަތަކާއި ގުޅޭގޮތުން މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެއްޖެނަމަ އަދި ކޯޓް ނުހުޅުވާ ދުވަހެއްގައިވެސް ކޯޓުގެ ޚިދުމަތް ބޭނުންވާނަމަ، ތިރީގައިވާ ހޮޓްލައިންތަކަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގައި މަދަނީ އަދި ޢާއިލީ ޝަރީޢަތްތަކާއި ކައިވެންޏާއި ވަރީގެ މައްސަލަތައް އޯޑިއޯ/ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިއުމުގެ އުޞޫލު
ތާރީހް: 19-05-2020
މާލެއަތޮޅު ގުރައިދޫ މެޖިސްޓްރޭޓް ކޯޓު ކ.ގުރައިދޫ ދިވެހިރާއްޖެ |
`
ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގައި މަދަނީ އަދި ޢާއިލީ ޝަރީޢަތްތަކާއި ކައިވެންޏާއި ވަރީގެ މައްސަލަތައް އޯޑިއޯ/ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިއުމުގެ އުޞޫލު
ތަޢާރަފާއި ނަން | 1. | (ހ) | މިއުޞޫލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 156 ވަނަ މާއްދާގެ ދަށުން ކޯޓަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން، ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތައް ނުހުޅުވާ މުއްދަތުގެ ތެރޭގައި ކޯޓުގެ މަސައްކަތްތަކުގެ ތެރެއިން މަދަނީ އަދި ޢާއިލީ ޝަރީޢަތްތަކާއި ކައިވެންޏާއި ވަރީގެ މައްސަލަތައް އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށް ގެންދިއުމަށްޓަކައި ހަދާފައިވާ އުޞޫލެކެވެ | ||||
| (ށ) | މި އުޞޫލަށް ކިޔާނީ، ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގައި މަދަނީ އަދި ޢާއިލީ ޝަރީޢަތްތަކާއި ކައިވެންޏާއި ވަރީގެ މައްސަލަތައް އޯޑިއޯ/ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިއުމުގެ އުޞޫލު" މިހެންނެވެ. | |||||
| |||||||
މަޤްޞަދު | 2. | މި އުޞޫލުގެ މަޤްޞަދަކީ، ކޮވިޑް-19އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ނުހުޅުވާ މުއްދަތުގެ ތެރޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ޚިދުމަތް މެދު ނުކެނޑޭކަން ކަށަވަރު ކުރުމާއި އަދި އަދުލު އިންޞާފު ޤާއިމު ކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މުވައްޒަފުންނަށާއި ޚިދުމަތް ހޯދާ ފަރާތްތަކަށް ވީހާވެސް ރައްކާތެރި އަދި ޚަރަދު ކުޑަ ގޮތްތަކެއް ތަޢާރުފު ކުރުމެވެ. | |||||
| |||||||
އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ | 3. | (ހ) | އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ އަކީ، އަޑު ނުވަތަ އަޑާއި މަންޒަރު ލިބޭގޮތަށް ގުޅާ ލެވިފައިވާ ވިއުގައެއް މެދުވެރިކޮށް ދެ ކޯޓެއްގެ ދެމެދުގައި، ނުވަތަ ކޯޓާއި ކޯޓުން ޤަބޫލުކުރާ ތަނަކާއި ނުވަތަ ފަރާތްތަކަކާއި ދެމެދުގައި ކުރެވޭ މުވާޞަލާތެވެ. | ||||
| |||||||
އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ޝަރީޢަތުގެ މަޖިލިސް ކުރިއަށް ގެންދެވޭނެ ޙާލަތްތައް | 4. | (ހ) | އަންނަނިވި ޙާލަތްތަކުގައި، ދަޢުވާ ކުރާފަރާތާއި ދަޢުވާ ލިބޭ ފަރާތުގެ ޙައްޤުތަކަށް އުނިކަމެއް ނާންނާނެ ފަދައިން، އަވަސް ކަމާއެކު ޢަދުލު އިންޞާފު ޤާއިމުކޮށްދިނުމުގެ ގޮތުން، ޝަރީޢަތުގެ މަޖިލިސްތައް އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދެވިދާނެއެވެ. | ||||
1. | ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މީހުން ބޭރަށް ނުކުތުން މަނާކުރެވިފައިވާ ހާލަތެއް ކަމާގުޅޭ ދައުލަތުގެ އިދާރާއަކުން ރަށުގައި އިޢުލާނުކޮށްފައިވުން. | ||||||
| 2. | ދަތުރުފަތުރު ކުރުން މަނާވުމުގެ ސަބަބުން، މައްސަލައިގެ ޚަޞްމަކަށް ޝަރީޢަތް އޮތް ކޯޓު ހުރި ރަށަށް ހާޟިރުވެވެން ނެތުން. | |||||
| 3. | ރަށުގެ އެލަރޓް ލެވެލް އޮތް ޙާލަތަށް ބަލާއިރު، މައްސަލައިގެ ޚަޞްމުންނާއި ހެކީން އަދި އެހެނިހެން ފަރާތްތައް ކޯޓަށް ޙާޟިރުކޮށްގެން ޝަރީޢަތް ކުރުމަކީ ރައްކާތެރިކަމެއް ކަމަށް ފަނޑިޔާރަށް ނުފެނުން. | |||||
| 4. | ދަތުރުފަތުރު ކުރުން މަނާވުމުގެ ސަބަބުން ނުވަތަ އެނޫންވެސް މަޤުބޫލު ޢުޛުރަކާހުރެ މައްސަލައިގެ ހެއްކެއް ޙާޟިރު ކުރުމަށް ދަތިވުން. | |||||
| (ށ) | ދަތުރުފަތުރު ކުރުން މަނާވުމުގެ ސަބަބުން ނުވަތަ ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިފައިވާކަމަށް ފެންނަތީ ފަނޑިޔާރު ހުރި ރަށް ނޫން އެހެން ރަށެއްގެ ކޯޓެއްގައި އޮތް މައްސަލައެއް ބެލުމަށް އެރަށަކަށް ފަނޑިޔާރު ދިއުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް މައްސަލަ ބަލާ ފަނޑިޔާރަށް ޤަބޫލު ކުރެވޭނަމަ ނުވަތަ ފަނޑިޔާރު ޙަވާލުވެ ހުރި އެހެން ކޯޓެއްގައި އޮތް މައްސަލައެއްގެ ޝަރީޢަތް ފަނޑިޔާރު ޢައްޔަންކުރައްވާފައިވާ ކޯޓުގައި ހުރެގެން، އޯޑިއޯ/ވީޑިއީ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށް ގެންދެވިދާނެއެވެ. މިގޮތަށް މައްސަލަ ބަލާއިރު، އެމައްސަލަ ކުރިއަށް ގެންދެވޭނީ މައްސަލަ ހުށަހެޅިފައިވާ ކޯޓުގެ ޝަރީޢަތުގެ މަޖިލީހެއްގެ ގޮތުގައެވެ. | |||||
| |||||||
ކުރިއަށް ގެންދާނެ މައްސަލަތައް | 5. | ކައިވެނިކޮށް ދިނުމުގެ އިތުރުން މަދަނީ އަދި އާޢިލީ މައްސަލަތަކުގެ ތެރެއިން ގެވެށިއަނިޔާއާއި، ވަރި ސާބިތުކުރުމުގެ މައްސަލަތަކާއި، ދަރީންގެ ޚަރަދާއި، ވަގުތީ އަމުރާއި ގުޅޭ މައްސަތަކާއި އަދި މިނޫންވެސް އަވަސް ތަބީޢަތުގެ މައްސަލަތައް މިއުޞޫލުގެ ދަށުން ކުރިއަށް ގެންދެވިދާނެއެވެ. | |||||
| |||||||
އެއް މަޖިލީހެއްގައި ތިބިކަން އިފްތިރާޟް ކުރުން | 6. | (ހ) | ޝަރީޢަތުގެ މަޖިލިސް ކުރިއަށް ގެންދާއިރު، ޝަރީޢަތް ހިންގާ ކޯޓުގެ ޝަރީޢަތުގެ މާލަމާއި، ގުޅިފައިވާ އެހެން ތަންތަނުގައި ތިބޭ މީހުންގެ، އިވުމުގެ ތެރެއިން ނުވަތަ އިވުމާއި ފެނުމުގެ ތެރެއިން ޝަރީޢަތުގެ މާލަމާއި އެހެން ތަންތަނުގައި ހިނގާ ކަންކަން ދާކަމުގައި ވަނީނަމަ، ޝަރީޢަތް ހިންގާ ކޯޓުގެ ޝަރީޢަތުގެ މާލަމާއި ގުޅިފައިވާ އެންމެން އެތިބީ އެއް ޙާޟިރުގައެވެ. އަދި ގުޅިފައިވާ ތަންތަނުގައި ތިބި އެންމެން އެތިބީ މައްސަލަ ހުށަހެޅިފައިވާ ކޯޓުގައި ޝަރީޢަތް ހިންގަން އިންނަ ފަނޑިޔާރުގެ ކުރިމަތީގައެވެ. | ||||
| (ށ) | މިމާއްދާގެ (ހ) ގައިވާ ފަދައިން، ޝަރީޢަތް ހިންގާ މާލަމާއި އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅާލެވޭ ތަންތަނުގައި ތިބި އެންމެންނަކީ އެއް ޙާޟިރުގައި ތިބި ބައެއްކަމަށް ބަލަންޖެހޭތީ، ޝަރީޢަތް ހިންގުމުގެ ހުރިހާ ޢާންމު އުޞޫލުތަކެއް އެތަންތަނުގައި ތިބޭ މީހުންގެ މައްޗަށްވެސް ހިނގާނެއެވެ. އަދި އެއިން ފަރާތަކުން ކޯޓުގެ ޙުރުމަތް ކެނޑޭފަދަ އެއްވެސް ޢަމަލެއް ކޮށްފިނަމަ، އެފަރާތަކާ މެދު ވަގުތުން ފިޔަވަޅު އެޅުމުގެ އިޚްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ. | |||||
| |||||||
އަޑުއެހުމަށް ހާޟިރުވާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތް ކުރުން | 7. | (ހ) | އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅާލެވިފައިވާ ކޯޓަކަށް ނުވަތަ ކޯޓުން ޤަބޫލުކުރާ ތަނެއްގައި ހުރެ ކޯޓާ ގުޅާލައިގެން ހިންގާ ޝަރީޢަތުގެ މަޖިލީހެއްގައި ހާޟިރުވެތިބޭ އެންމެހާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި އަންނަނިވި ކަންކަން ކޯޓުން ކަށަވަރު ކުރަންވާނެއެވެ. | ||||
| 1. | ޙާޟިރުކުރެވެނީ ކޯޓަކަށް ކަމުގައިވާނަމަ، އެ މަޖިލީހުގައި ޙާޟިރުވެއިން ފަރާތަކީ ކާކުކަން އެ މަޖިލީހުގައި އިންނަ ކޯޓުގެ މުވައްޒަފު މެދުވެރިކޮށް ކަށަވަރު ކުރުން. | |||||
| 2. | ޝަރިޢަތުގެ މަޖިލީހުގައި ބައިވެރިވަނީ ކޯޓަކަށް ޙާޟިރު ނުވެ ކަމަށްވާނަމަ، ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން އެއީ ކޮންބައެއްކަން ކަށަވަރުކޮށް އެކަން ރިކޯޑުކުރުން. | |||||
| 3. | ޝަރީޢަތުގެ އަޑުއެހުން ފެށުމުގެ ކުރިން މައްސަލާގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ކޮންފަރެންސްގެ އަޑު، ނުވަތަ އަޑާއި މަންޒަރު ސާފުކޮށް ލިބޭކަން ކަށަވަރު ކުރުން. | |||||
| 4. | މައްސަލައާ ގުޅިގެން ޙާޟިރުކުރެވޭ ފަރާތެއްގެ މައްޗަށް އެއްވެސް ފަރާތެއްގެ ބާރެއް ނުފޫޒެއްނެތި މިނިވަންކަމާއެކު ވާހަކަ ދެއްކުމުގެ ފުރުޞަތު ތަނަވަސްކޮށް ދެވިފައިވާކަން ކަށަވަރު ކުރުން. | |||||
| 5. | އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތް ހިންގާއިރު، މައްސަލައިގެ ޚަޞްމުންނާއި ވަކީލުން ބައިވެރިވާކަމަށްވެފައި، ޚަޞްމުންނާއި ވަކީލުން ޝަރީޢަތުގެ މަޖިލީހުގައި ބައިވެރިވަނީ ދެ ތަނެއްގައި ތިބެގެން ކަމަށްވާނަމަ، އެ ދެފަރާތުގެ މެދުގައި މަޝްވަރާ ކުރުމުގެ ފުރުޞަތު ލިބިފައިވާކަން ޝަރީޢަތުގެ އަޑުއެހުން ފެށުމުގެ ކުރިން ކަށަވަރުކުރުމާއި ޝަރީޢަތުގެ މެދުތެރެއިންވެސް އެފަދަ ފުރުޞަތަކަށް އެދިއްޖެނަމަ އެފުރުޞަތު ދެވިދާނެކަން އެންގުން. | |||||
| 6. | ޝަރީޢަތް އަޑުއެހުމަށް ޙާޟިރުވާން ބޭނުންވާ ފަރާތްތަކުން ޝަރީޢަތުގެ މަޖިލިސް ބޭއްވުމުގެ 1 ގަޑިއިރު ކުރިން ކޯޓަށް އެކަން އެންގުމުން، ކޯޓުން އެފުރުޞަތު ފަހިކޮށް ދިނުން. | |||||
| |||||||
ޝަރީޢަތާ ގުޅުން ހުރި އެހެނިހެން ކަންކަން | 8. | (ހ) | އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބާއްވާ ޝަރީޢަތަށް ޙާޟިރު ވުމުގެ އަމުރު، އެ މަޖިލީސް އަޑު އަހަން ވަންނަ މީހުން ފިޔަވައި އެ މަޖިލީހުގައ ބައިވެރިވާންޖެހޭ ހުރިހާ ފަރާތްތަކަށް ފޮނުވަން ވާނެއެވެ. އެއަމުރުގައި ޝަރީޢަތުގެ މަޖިލީހުގައި ބައިވެރިވާންޖެހޭ ގޮތް ލިޔެފައި އޮންނަންވާނެއެވެ. މިއަމުރުގެ ނަމޫނާ ޖަދުވަލު 3 އަދި 4 ގައި އެވަނީއެވެ. | ||||
| (ށ) | ބިސްމީގެ ބަރަކާތުން ޝަރީޢަތުގެ މަޖިލިސް ފެށުމަށްފަހު، އެއީ ކޮން ބާވަތެއްގެ ޝަރީޢަތުގެ މަޖިލީހެއްކަމާއި އަދި އެ މަޖިލީހުގައި އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅިފައިވަނީ ކޮންތަންތަނެއްގައި ތިބި ކޮންބައެއްކަން ފަނޑިޔާރު އިޢުލާނު ކުރަންވާނެއެވެ. | |||||
| (ނ) | ޝަރީޢަތުގެ މަޖިލީހުގައި ބައިވެރިވާ ފަރާތްތަކުން އަންނަނިވި ގޮތަށް ޢަމަލު ކުރުމަކީ މަނާކަމެކެވެ. | |||||
| 1. | ޝަރީޢަތް ހިނގަމުން ދަނިކޮށް، މައްސަލަ ބަލާ ފަނޑިޔާރުގެ ހުއްދަނެތި ޝަރީޢަތް ދޫކޮށް ދިއުން. | |||||
| 2. | ޝަރީޢަތް ހިނގަމުންދަނިކޮށް، މައްސަލަ ބަލާ ފަނޑިޔާރުގެ ހުއްދަ ނެތި އިތުރު އެއްވެސް މީހަކު ޝަރީޢަތުގެ މާލަމަށް ނުވަތަ އޭނާ ޙާޟިރުވެ އިންތަނަށް ވެއްދުން. | |||||
| 3. | މައްސަލަ ބަލާ ފަނޑިޔާރުގެ ހުއްދަނެތި އެއްވެސް ވާހަކައެއް ޝަރީޢަތުގެ މަޖިލީހުގައި ދެއްކުން. | |||||
| 4. | މައްސަލަ ބަލާ ފަނޑިޔާރުގެ ހުއްދަނެތި ޝަރީޢަތުގެ މާލަމަށް އެއްވެސް އެއްޗެއް ވެއްދުމާއި މިނޫންވެސް ޝަރީޢަތް ހިންގުމަށް ދަތިވާ ނުވަތަ އުނދަގޫ ވެދާނެ ފަދަ ކަންކަން ކުރުން. | |||||
| 5. | ޝަރީޢަތުގެ މަޖިލީހުގެ އަޑު ނުވަތަ މަންޒަރު ރިކޯޑުކޮށް ފޮޓޯނެގުން. | |||||
| (ރ) | މިމާއްދާގެ (ނ) ގައިވާ ފަދަ ކަމެއް އެއްވެސް މީހަކު ކޮށްފިނަމަ، އެ މީހަކާމެދު ކޯޓުގެ ޙުރުމަތް ކެނޑުމާއިގުޅިގެން އެޅިދާނެ ފިޔަވަޅު އެޅުމުގެ އިތުރުން، އެމީހަކާއެކު އިތުރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ނުގެންދިއުމަށް ނިންމުމުގެ އިޚްތިޔާރު މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެން ވެއެވެ. | |||||
| (ބ) | އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅާލެވޭ ތަންތަނުގައި މައްސަލަ ބައްލަވާ ފަނޑިޔާރު ހުއްދަދޭ ފަރާތްތަކެއް ފިޔަވައި އިތުރު ފަރާތެއް ހާޟިރުވެ ހުރެގެން ނުވާނެއެވެ. | |||||
| (ޅ) | ޝަރީޢަތް ކުރިއަށް ދަނިކޮށް، އަޑު ނުވަތަ އަޑާއި މަންޒަރު ނުސާފު ވުމުގެ ސަބަބުން މެދު ކަނޑާލަން ޖެހިއްޖެ ހިނދެއްގައި މެދުކަނޑާލި ހިސާބާހަމައަށް ރިކޯޑު ކުރެވިފައިވާނަމަ، ޝަރީޢަތް ކުރިއަށް ގެންދަންވާނީ މެދުކަނޑާލި ހިސާބުންނެވެ. ނަމަވެސް، ރިކޯޑު ކުރެވިފައި ނުވާނަމަ، ޝަރީޢަތް އަލުން ފަށައިގެން ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެން ވެއެވެ. | |||||
| |||||||
ހެކިން ޙާޟިރުކުރުމާއި މަޙްޟަރު ބަޔާންތައް ނެގުން | 9. | (ހ) | މި އުޞޫލުގެ ދަށުން ބާއްވާ ޝަރީޢަތުގެ އަޑުއެހުންތަކުގައި އަޑުއެހުން ރެކޯޑް ކުރާނީ ޝަރީޢަތް ހިންގާ ކޯޓުންނެވެ. އަދި އަޑުއެހުމުގައި ނަގާ ބަޔާންތައް ޓައިޕް ކުރާނީވެސް ޝަރީޢަތް ހިންގާ ކޯޓުންނެވެ. | ||||
| (ށ) | މިމާއްދާގެ (ހ) ގައި ބުނެފައިވާ ބަޔާންތަކުގެ ތެރެއިން ހެކީންގެ ބަޔާން ފިޔަވައި އެހެން ބަޔާންތައް، ރިކޯޑިން އަޑުއަހައިގެން އަކުރުން އަކުރަށް ލިޔުމަށްފަހު، އެއީ، ރެކޯޑިންގ އާ އެއްގޮތަށް އަކުރުން އަކުރަށް ލިޔުނު ލިޔުމެއް ކަމަށް ލިޔެ، ބަޔާން ލިޔުނު މުވައްޒަފު ސޮއިކޮށް އިނގިލީގެ ނިޝާން ޖަހަންވާނެއެވެ. | |||||
| (ނ) | ހެކީންގެ ބަޔާންތަކުގައި ހެކީން ލައްވައި ސޮއި ކުރުމަށްޓަކައި އީމެއިލް ނުވަތަ ކޯޓުން ކަނޑަޅާ އެހެން ވަޞީލަތެއް މެދުވެރިކޮށް، ހެކިވެރިޔާއަށް ފޮނުވަންވާނެއެވެ. އަދި އޭނާ ސޮއިކުރި ބަޔާން ކޯޓުގެ އީމޭލަށް ނުވަތަ ކޯޓުން އަންގާ ގޮތެއްގެ މަތީން ކޯޓަށް ފޮނުވަންވާނެއެވެ. | |||||
| (ރ) | މި އުޞޫލުގެ ދަށުން ހިންގޭ ޝަރީޢަތުގެ މަޖިލިސް ތަކަކީ ޚާއްޞަ ޙާލަތެއްގައި ޚާއްޞަ ގޮތެއްގެ މަތީން ހިންގޭ ޝަރީޢަތްތަކެއް ކަމަށްވާތީ، މިފަދަ ޝަރީޢަތްތަކާއި ގުޅިގެން ހިންގޭ (އީމެއިލް، ވައިބަރ ފަދަ) އެންމެހާ މުޢާމަލާތައް، އަދި އެންމެހާ ބަޔާންތަކާއި އެ ބަޔާންތަކުގައި ސޮއިކުރުމަށްފަހު ކޯޓަށް ފޮނުވަން ބޭނުންކުރި (ސިޓީ އުރަތަކާއި އީމެއިލްގެ ކޮޕީ ފަދަ) ވަޞީލަތްތައް ވަކީން ފައިލްކޮށް ރައްކާކުރަންވާނެއެވެ | |||||
| (ބ) | މިއުޞޫލުގެ ދަށުން ބާއްވާ ޝަރީޢަތުގެ މަޖިލިސްތަކާއި ކައިވެނީގެ މަޖިލިސްތައް، އެމަޖިލީހެއް ބާއްވާ މީޑިއަމަކުން ރިކޯޑުކޮށް ރައްކާކުރަންވާނެއެވެ. | |||||
| (ޅ) | މިއުޞޫލުގެ ދަށުން ހިންގޭ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވޭ ހެއްކެއްގެ ސިއްރުކަން ކަށަވަރު ކުރަންޖެހޭނަމަ، އެކަމަށް ކޯޓުން ސަމާލުކަން ދޭންވާނެއެވެ | |||||
| |||||||
ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކައިވެނިކޮށް ދިނުން | 10. | (ހ) | އަންނަނިވި ޙާލަތްތަކުން ކުރެ ޙާލަތެއް މެދުވެރި ވެފައިވުމުގެ ސަބަބުން ކޯޓަށް ޙާޟިރުކޮށްގެން ކައިވެނި ކޮށްދެވެން ނެތްކަމަށް ކޯޓާ ޙަވާލުވެހުރި ފަނޑިޔާރަށް ޤަބޫލު ކުރެވޭނަމަ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކައިވެނިކޮށްދެވިދާނެއެވެ. | ||||
| 1. | ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މީހުން ބޭރަށް ނުކުތުން މަނާކުރެވިފައިވާ ހާލަތެއް ކަމާގުޅޭ އިދާރާއިން ރަށުގައި އިޢުލާނުކޮށްފައިވުން. | |||||
| 2. | ދަތުރުފަތުރު ކުރުން މަނާވުމުގެ ސަބަބުން، ކައިވެނިކުރަން ހުށަހަޅާފައިވާ ފަރާތުންކުރެ ފަރާތަކަށް، ހުށަހަޅާފައިވާ މުއްދަތަށް ރަށަށް ހާޟިރުވެވެން ނެތުން. | |||||
| 3. | ރަށުގެ އެލަރޓް ލެވެލް އޮތް ޙާލަތަށް ބަލާއިރު ކައިވެނިގެ މަޖިލީހުގައި ބައިވެރިވާންޖެހޭ ފަރާތްތައް ކޯޓަށް ޙާޟިރުކޮށްގެން ކައިވެނިކޮށްދިނުމަކީ ރައްކާތެރިކަމެއްކަމަށް ފަނޑިޔާރަށް ނުފެނުން. | |||||
| 4. | ބުނެވިދިޔަ ޙާލަތުގެ ސަބަބުން ކައިވެނި ކުރުމަށް ހުށަހަޅާ ދެފަރާތުންމެ، ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކައިވެނިކޮށް ދިނުމަށް އެދުން. | |||||
| 5. | ކައިވެނިކޮށް ދިނުމަށް ހުށަހަޅާ ރަށުގައި ފަނޑިޔާރަކު، ޝަރުޢީ މައުޛޫނަކު ނެތި އަދި އެރަށަށް ފަނޑިޔާރަކަށް ދަތުރު ކުރެވެން ނެތުން. | |||||
| (ށ) | ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮށްދޭ ކައިވެނިތަކުގެ ދަފްތަރެއް ވަކިން ބަލަހައްޓަންވާނެއެވެ. އަދި މި ކައިވެނި ތަކާ ގުޅިގެން ކޮށްފައިވާ މުޢާމަލާތްތައް ކޮށްފައިވަނީ މީސްމީޑިއާއިންނަމަ، ފޯނުގެ ސްކްރީން ޝޮޓް އަދި އީމެއިލުންނަމަ، އީމެއިލްގެ ޕްރިންޓް ފައިލްކުރަންވާނެއެވެ. | |||||
| (ނ) | ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮށްދޭ ކައިވެނީގެ މަޖިލީހުގައި ބައިވެރިވާން ވާނީ ކޯޓުން ހުއްދަ ދޭ ފަރާތްތަކުން އެކަންޏެއެވެ. އަދި މިފަރާތްތައް ތިބީ ކޯޓެއްގައި ނޫން ކަމުގައި ވިޔަސް އެފަރާތްތަކުގެ ޢަމަލުތައް ބަހައްޓަންވާނީ ކޯޓުގެ ޙުރުމަތް ނުގެއްލޭ ފަދަ ގޮތަކަށެވެ. | |||||
| |||||||
ކައިވެނިކޮށް ދިނުމުގެ ކުރިން ކަށަވަރު ކުރަންޖެހޭ ކަންކަން | 11. | (ހ) | ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖިލިސް ބޭއްވުމުގެ ކުރިން، ކައިވެނި ވާ ދެފަރާތާއި ވަލީވެރިޔާ އަދި ދެހެކީން، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖިލިސް ކުރިއަށް ގެންދިއުމާގުޅޭ އިޤްރާރުގައި ސޮއިކޮށް ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން ކޯޓަށް ފޮނުވަންވާނެއެވެ. މި އިޤްރާރުގެ ނަމޫނާ ޖަދުވަލު 02 ގައި އެވަނީއެވެ. | ||||
| (ށ) | ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކޮށްދިނުމަށް ނިންމައިފިނަމަ، އެކަން، ކައިވެނިވާ ދެފަރާތަށާއި ވަލީވެރިޔާއަށާއި އަދި ކައިވެނީގެ ދެހެކީންނަށް ގުޅައި އަންގަންވާނެއެވެ. އަދި ކައިވެނީގެ މަޖިލިސް ކުރިއަށް ދާނެ ގޮތާއި އެފަރާތްތަކުން ޢަމަލު ކުރަންޖެހޭނެ ގޮތް ކިޔައިދޭންވާނެއެވެ. އަދި މިކަންކަން އެކުލެވޭ ލިޔުމެން ކައިވެނިވާ ދެ ފަރާތުން އެދޭ ވަޞީލަތެއް މެދުވެރިކޮށް އެދެފަރާތަށް ފޯރުކޮށްދޭން ވާނެއެވެ. | |||||
| (ނ) | ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދިނުމުގެ ކުރިން، ކައިވެނިވުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ މަޢޫލޫމާތު ސާފުކުރުމަށްޓަކައި ވީޑިއޯ ކޮންފަރެންސް ބައްދަލުވުމެއް ބާއްވަންވާނެއެވެ. އަދި މިބައްދަލުވުމުގައި ކައިވެންޏަށް ހޭލުންތެރި ކުރުމާގުޅޭ ގޮތުން ކޯޓުން ކުރިއަށް ގެންދާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދެވިދާނެއެވެ. | |||||
| |||||||
ކައިވެނީގެ މަޖިލިސް ކުރިއަށް ގެންދިއުން | 12. | ކައިވެނީގެ މަޖިލިސް ކުރިއަށް ގެންދަންވަނީ އަންނަނިވި ގޮތުގެ މަތީންނެވެ. | |||||
(ހ) | ކައިވެނީގެ މަޖިލިސް ބޭއްވުމަށް ކަނޑައެޅިފައިވާ ވަގުތުގެ 20 މިނެޓު ކުރިން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށް ދިނުމަށް ކޯޓުން ކަނޑައަޅާފައިވާ ޕްލެޓްފޯމަށް ޝަރުޢީ މައުޛޫނާއި ކައިވެންޏާއި ގުޅޭ އެންމެހައި ފަރާތްތައް ޙާޟިރުވާން ވާނެއެވެ. | ||||||
| (ށ) | ކައިވެނީގެ މަޖިލީހަށް ކޮންމެހެން ޙާޟިރުވާންޖެހޭ ފަރާތްތައް ޙާޟިރުވެ ތިބިކަން ކައިވެނިކޮށްދޭ ޝަރުޢީ މައުޛޫނު ކަށަވަރު ކުރަންވާނެއެވެ. އަދި ޙާޟިރުވެތިބިކަން ލިޔެކިޔުމުން ކަށަވަރުކޮށް މަޙްޟަރު ކުރުމަށްޓަކައި ކޯޓުން އެފަރާތްތަކަށް ފޮނުވާ ކައިވެނީގެ ޙާޟިރީގައި ސޮއިކުރުމަށްފަހު، ކޯޓުން ކަނޑައަޅާ ވަޞީލަތެއް މެދުވެރިކޮށް ކޯޓަށް އެވަގުތު ފޮނުވަންވާނެއެވެ. | |||||
| (ނ) | ކައިވެނީގެ މަޖިލީހަށް ޙާޟިރުވާންޖެހޭ އެންމެހައި ފަރާތްތަކަށް އަޑާއި މަންޒަރު ސާފުކޮށް ލިބެމުންދާކަން މައުޛޫނު ކަށަވަރު ކުރަންވާނެއެވެ. | |||||
| (ރ) | ކައިވެނީގެ މަޖިލީހުގެ ވަގުތު ޖެހުމުން، ޢާއްމު އުޞޫލުން ކައިވެނީގެ މަޖްލިސް ފަށައި، އެކައިވެންޏާ ބެހޭ މަޢުލޫމާތު އިއްވައި ވަލީއާ ޙަވާލުވާންޖެހޭނަމަ ވަލީއާ ޙަވާލުވާންވާނެއެވެ. | |||||
| (ބ) | ޝަރުޢީ މައުޛޫނު، ކައިވެނީގެ ޚުޠުބާ ކިޔައި، ކައިވެނި އަޤުދުކޮށް ދިނުމުން ކައިވެނިވާ ފިރިހެނާ އަނބި ބަލައިގަނެ ބުނާ ޢިބާރާތް އަޑު އަހައި އަދި އެއަޑު އިވުނުތޯ ކައިވެނީގެ ހެކީންނާ ސުވާލުކޮށް ކަށަވަރު ކުރަންވާނއެވެ. | |||||
| (ޅ) | ޝަރުޢީ މައުޛޫނު، ކައިވެނިވާ ދެފަރާތަށް ހެޔޮ ދުޢާކުރުމަށްފަހު ކައިވެނީގެ މަޖިލިސް ނިންމާލުމުގެ ކުރިން އެމަޖިލީހުގައި ހިނގައިދިޔަ ކަންކަން އެމަޖިލީހުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ސާފުވިކަން ކަށަވަރު ކުރަންވާނެއެވެ. | |||||
| |||||||
ކައިވެންޏާ ގުޅިގެން ކުރަންޖެހޭ މުޢާމަލާތްތައް | 13. | (ހ) | ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮށްދޭ ކައިވެނިތަކާ ގުޅިގެން މުޢާމަލާތް ކުރަންޖެހޭ ފަރާތްތަކާއި މުޢާމަލާތު ކުރާނީ އެފަރާތްތަކުން ކޯޓަށް ދީފައިވާ މޯބައިލް ނަންބަރަށާއި އަދި އެނަންބަރުތަކުގައި ރަޖިސްޓްރީކޮށްފައިވާ މީސްމީޑިއާ ނުވަތަ ދީފައިވާ އީމެއިލް މެދުވެރިކޮށެވެ. | ||||
| (ށ) | މިގޮތަށް ކޮށްދޭ ކައިވެނިވާ ފަރާތްތަކަށް ދޭ ސެޓިފިކެޓްގެ ބަދަލުގައި ކައިވެންޏާގުޅޭ އަސާސީ މަޢުލޫމާތު ހިމެނޭ ވަގުތީ ލިޔުމެއް، ކައިވެނީގެ ދެފަރާތުގެ އީމެއިލްއަށް ނުވަތަ މީސް މީޑިއާއަށް ފޮނުވަންވާނެއެވެ. މި ލިޔުމުގެ ނަމޫނާ ޖަދުވަލު 01 ގައި އެވަނީއެވެ. | |||||
| (ނ) | ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން ކައިވެނީގެ އަޞްލު ސެޓްފިކެޓް ކައިވެނިވީ ދެފަރާތަށް ދޫކޮށް، ކައިވެނީގެ މައި ދަފުތަރުގައި އެކައިވެނި ހިމެނެމުން، ކުރިން ދޫކުރި ވަގުތީ ލިއުން ބާޠިލުވާނެއެވެ. | |||||
| |||||||
އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސިން އިޚްތިޔާރު ކުރުންމާއި ބޭނުން ކުރާނެ ސޮފްޓްވެއަރ | 14. | (ހ) | މިއުޞޫލުގެ ދަށުން ބާއްވާ ކޮންމެ އަޑު އެހުމެއްވެސް، ކުރިއަށް ގެންދިއުމަށް އިސްކަން ދޭންވާނީ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށެވެ. ނަމަވެސް، ބަޔާން ނެގުން ފަދަ ކަންކަން ކުރުމަށާއި އަދި ވީޑިއޯ ކޮންފަރެންސިންގ ޤާއިމު ކުރެވެން ނެތްނަމަ، އޯޑިއޯ ކޮންފަރެންސް ބޭނުންކުރުން މިއުޞޫލު ހުރަހެއް ނާޅައެވެ. | ||||
| (ށ) | މިއުޞޫލުގެ ދަށުން ޝަރީޢަތްތަކާއި ކައިވެނީގެ މަޖިލިސް އަދި އެހެނިހެން ކަންކަން ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންކުރާނީ "ލައިފްސައިޒް" ނުވަތަ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާ ސޮފްޓްވެއަރ އެކެވެ. | |||||
| (ނ) | ހަމައެކަނި އޯޑިއޯ މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ގެންދާނަމަ ނުވަތަ ބަޔާން ނަގާނަމަ، ކޯޓުގެ ފޯނުން ކޮންފަރެންސް ކޮށްގެން ކުރިއަށް ގެންދެވިދާނެއެވެ. | |||||
| |||||||
ކަށަވަރު ކުރަންޖެހޭ ކަންކަން | 15. | މިއުޞޫލުގައި ކަށަވަރު ކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަންކަން ޚާޞިލު ކުރުމަށްޓަކައި އަންނަނިވި ގޮތްތައް އިޚްތިޔާރު ކުރެވިދާނެއެވެ. | |||||
| (ހ) | ޝަރީޢަތުގެ މަޖިލީހުގައި ވީޑިއޯ މެދުވެރިކޮށް ބައިވެރިވާ ފަރާތް ބައިވެރިވަނީ ކޯޓަކަށް ޙާޟިރުވެގެން ކަމަށްވާނަމަ، އޭނާ ޙާޟިރުވާ ކޯޓަށް އޭނާގެ މަޢުލޫމާތު ފޮނުވައި، އެމަޢުލޫމާތާއި ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވާ މީހާ ގެންނަ ފޮޓޯ ޖެހި ރަސްމީ ލިޔުމުގައިވާ މަޢުލޫމާތު ކޯޓުގެ މުވައްޒަފަކު މެދުވެރިކޮށް އަޅައިބަލައި ޙާޟިރީގައި ސޮއި ކުރުން. | |||||
| (ށ) | ޝަރީޢަތުގެ މަޖިލީހުގައި ވީޑިއޯ މެދުވެރިކޮށް ބައިވެރިވާ ފަރާތް ބައިވެރިވަނީ ކޯޓަށް ޙާޟިރު ނުވެ ކަމަށްވާނަމަ، ޝަރީޢަތުގެ މަޖިލިސް ފެށުމުގެ ކުރިން، އޭނާއާބެހޭ ގޮތުން ކޯޓަށް ލިބިފައިވާ އަސާސީ މަޢުލޫމާތު (ފުރިހަމަ ނަން، ޢާއްމު ނަން، ދިރިއުޅޭ އެޑްރެސް، އުފަން ތާރީޚު، ދރއ. ނަންބަރު) އޭނާ ގާތު އެހުމުން ދޭ ޖަވާބާއި ކޯޓަށް ލިބިފައިވާ މަޢުލޫމާތާއި އަޅައިބެލުން އަދި މިގޮތުން ކުރާ ސުވާލާއި، ސުވާލު ރައްދުވާ ފަރާތުން ދޭ ޖަވާބު މަޙްޟަރު ކުރުން. | |||||
| (ނ) | ޝަރީޢަތުގެ މަޖިލީހުގައި އޯޑިއޯ މެދުވެރިކޮށް ބައިވެރިވާ ފަރާތް ބައިވެރިވަނީ ކޯޓަކަށް ޙާޟިރުވެގެން ކަމަށްވާނަމަ، އޭނާ ޙާޟިރުވާ ކޯޓަށް އޭނާގެ މަޢުލޫމާތު ފޮނުވައި، އެމަޢުލޫމާތާއި ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވާ މީހާ ގެންނަ ފޮޓޯ ޖެހި ރަސްމީ ލިޔުމުގައިވާ މަޢުލޫމާތު ކޯޓުގެ މުވައްޒަފަކު މެދުވެރިކޮށް އަޅައިބަލައި ޙާޟިރީގައި ސޮއި ކުރުން. | |||||
| (ރ) | ޝަރީޢަތުގެ މަޖިލީހުގައި އޯޑިއޯ މެދުވެރިކޮށް ބައިވެރިވާ ފަރާތް ބައިވެރިވަނީ، ކޯޓަށް ޙާޟިރު ނުވެ ކަމަށްވާނަމަ، ޝަރީޢަތުގެ މަޖިލިސް ފެށުމުގެ ކުރިން، އޭނާއާބެހޭ ގޮތުން ކޯޓަށް ލިބިފައިވާ އަސާސީ މަޢުލޫމާތު (ފުރިހަމަ ނަން، ޢާއްމު ނަން، ދިރިއުޅޭ އެޑްރެސް، އުފަން ތާރީޚު، ދރއ. ނަންބަރު) އޭނާ ގާތު އެހުމުން ދޭ ޖަވާބާއި ކޯޓަށް ލިބިފައިވަ މަޢުލޫމާތާއި އަޅައިބެލުން އަދި މިގޮތުން ކުރާ ސުވާލާއި، ސުވާލު ރައްދުވާ ފަރާތުން ދޭ ޖަވާބު މަޙްޟަރު ކުރުން. | |||||
| (ބ) | މައްސަލައިގެ އެންމެހާ ޚަޞްމުންނަށާއި ވަކީލުންނަށް ޝަރީޢަތުގެ އަޑާއި މަންޒަރު ނުވަތަ އަޑު ލިބޭކަން ކަށަވަރު ކުރުމަށްޓަކައި ޝަރީޢަތުގެ އަޑުއެހުން ފެށުމުގެ ކުރިން އެންމެހާ ފަރާތްތަކާއި ސުވާލުކޮށް، އަޑު ނުވަތަ މަންޒަރާއި އަޑު ސާފުކޮށް ލިބޭކަމަށް ބުނާނަމަ އެކަން މަޙްޟަރު ކުރުން | |||||
| (ޅ) | ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފަރާތަކީ އެއްވެސް ފަރާތެއްގެ މަޖުބޫރީ އެއްނެތި ވާހަކަ ދައްކާ ފަރާތެއްކަން ކަށަވަރު ކުރުމަށްޓަކައި، އެފަރާތެއް ވާހަކަ ދައްކަން ފެށުމުގެ ކުރިން، އެއްވެސް މަޖުބޫރީ އެއް އޮތް ތޯ ސުވާލު ކުރުމަށްފަހު ދޭ ޖަވާބު މަޙްޟަރު ކުރުން އަދި ޝަރީޢަތުގައި ވާހަކަ ދައްކާ ފަރާތެއް އެވަގުތު ހުރި ތަނުގެ ސަބަބުން ހިނގަމުން ދާ މައްސަލާގައި މިނިވަންކޮށް ވާހަކަ ދެއްކެން ނެތްކަމަށް ކޯޓަށް ފާހަގަވާނަމަ އެކަން ރިކޯޑް ކޮށް އަޑު އެހުން ހުއްޓާލުން. މިސާލަކަށް: ގެވެށި އަނިޔާގެ މައްސަލާއެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބައިވެރިވަނީ، އަނިޔާދިން ކަމަށް ތުހުމަތުކުރެވޭ ފަރާތުގެ ހިޔާވަހިކަމުގެ ދަށުގައި ހުރެގެން ކަމަށް ވާނަމަ އަޑުއެހުން ކުރިއަށް ނުގެންދިއުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެން ވެއެވެ. | |||||
| (ކ) | މައްސަލައިގެ ޚަޞްމަކާއި އޭނާގެ ވަކީލު، އަޑުއެހުމުގައި ބައިވެރިވަނީ، ދެތަނެއްގައި ތިބެގެން ކަމަށްވުމުގެ ފުރުޞަތު އޮތުމާއެކު، އެދެފަރާތަށް ބައްދަލު ކުރުމުގެ ފުރުޞަތު ލިބިފައިވާކަން ކަށަވަރު ކުރުމަށްޓަކައި، އެފުރުޞަތު ލިބުނުތޯ ޙަޞްމާއި ސުވާލު ކުރުމާއި، ނުލިބޭކަމަށް ވާނަމަ، އަޑު އެހުން ފެށުމުގެ ކުރިން، މުވައްކިލަށާއި ވަކީލު ވަކީން ބައްދަލު ކުރުމަށްޓަކައި ފަނޑިޔާރަށް ފެންނަ ވަގުތެއް ދިނުމާއި، އަދި އަޑުއެހުން ކުރިއަށް ދަނިކޮށްވެސް ވަކިން ބައްދަލުވުމަށް އެދެވިދާނެކަން އަޑުއެހުން ފެށުމުގެ ކުރިން އެނގުން. | |||||
| (އ) | ކައިވެނީގެ މަޖިލީހުގެ ޙާޟީރީ ކަށަވަރު ކުރުމަށްޓަކައި، ހާޟިރީގައި ސޮއިކޮށް ފޮނުވުމުގެ އިތުރުން، ކައިވެނިވާ ދެމީހުންނާއި، ވަލީވެރިޔާއާއި ދެހެކީންކުރެ ކޮންމެ މީހަކުވެސް ކައިވެނީގެ މަޖިލިސް ފެށުމުގެ ކުރިން، އެމީހެއްގެ ފުރިހަމަ ނަމާއި، ޢާއްމު ނަމާއި، ދރއ. ކާޑު ނަންބަރާއި، އުފަންތާރީޚާއި ދާއިމީ އެޑްރެސް ބުނުމަށް އެންގުން. | |||||
| (ވ) | ކައިވެނީގެ މަޖިލީހުގެ ބައިވެރީންނަށް މަންޒަރާއި އަޑު ރަނގަޅަށް ލިބޭތޯ ސުވާލު ކުރުން. | |||||
| (މ) | ކައިވެނި ކޮށްދިނުމާއެކު، ކައިވެނިވާ ފިރިހެނާ އަނބި ބަލައިގަނެ ބުނާ ޢިބާރާތް ދެހެކީންނާއި ވަލީވެރިޔާއަށް އަޑުއިވުނު ތޯ ސުވާލު ކުރުން. | |||||
| |||||||
މިއުޞޫލުގައި ބުނެފައިނުވާ ކަމެއް ދިމާވުން | 15. | މިއޫޞުލުގައި ނެތްކަމެއް ދިމާވެއްޖެނަމަ އެކަމާމެދު ޢަމަލު ކުރާނެ ގޮތް ކަނޑައަޅާނީ ކޯޓު ހިންގުމާ ޙަވާލުވެހުރި ފަނޑިޔާރެވެ. | |||||
| |||||||
ޢަމަލުކުރުން | 16. | މިއުޞޫލަށް ޢަމަލުކުރާނީ، މިއުޞޫލު ޢާއްމުކުރާ ދުވަހުން ފެށިގެން، މިއުޞޫލަށް ޢަމަލުކުރުން ނިމުމަކަށް ގެނެވިއްޖެކަމަށް ކޯޓުން ޢާއްމުކުރާ ދުވަހާ ހަމައަށެވެ. | |||||
މާލެއަތޮޅު ގުރައިދޫ މެޖިސްޓްރޭޓް ކޯޓު ކ.ގުރައިދޫ ދިވެހިރާއްޖެ |
ޖަދުވަލު 1 – ކައިވެނީގެ ވަގުތީ ލިޔުން |
`
ކާވެނީގެ ވަގުތީ ލިޔުން
ލިޔުން ނަންބަރު:
ފިރިމީހާ އަނބިމީހާ
ފުރިހަމަ ނަން (އާއްމުނަމާއިއެކު): ފުރިހަމަ ނަން (އާއްމުނަމާއިއެކު):
ދާއިމީ އެޑްރެސް: ދާއިމީ އެޑްރެސް:
އައިޑީ ކާޑު ނަންބަރު: އައިޑީ ކާޑު ނަންބަރު:
އުފަން ތާރީޚް: އުފަން ތާރީޚް:
ހެކިން ވަލީވެރިޔާ
ފުރިހަމަ ނަން: ފުރިހަމަ ނަން:
ދާއިމީ އެޑްރެސް: ދާއިމީ އެޑްރެސް:
އައިޑީ ކާޑު ނަންބަރު: އައިޑީ ކާޑު ނަންބަރު:
ފުރިހަމަ ނަން: ވަލީވެރިޔާގެ ޙައިޘިއްޔަތު:
ދާއިމީ އެޑްރެސް:
އައިޑީ ކާޑު ނަންބަރު:
މިދެމީހުންގެ ކާވެނީގެ ވަނަ: ކާވެނިކޮށްދިން ތާރީޚް: ހ.
ކާވެނީގެ ރަން: މ.
ކާވެނި ކުރިތަން: ކާވެނި ކުރި ވަގުތު:
(ސޮއި)
ނަން
މަޤާމް
މާލެއަތޮޅު ގުރައިދޫ މެޖިސްޓްރޭޓް ކޯޓު ކ.ގުރައިދޫ ދިވެހިރާއްޖެ |
ޖަދުވަލު 2 –ވީޑިއޯ ކޮންފަރެންސްކޮށް ކައިވެނި ކުރުމުގެ އިޤްރާރު |
`
ވީޑިއޯ ކޮންފަރެންސްކޮށް ކައިވެނި ކުރުމުގެ އިޤްރާރު
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖްލިސް ބޭއްވުމަށް ކޯޓުންދޭ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށާއި،
ކައިވެނީގެ މަޖްލީހުގައި، ޢާއްމު އަދަބުތަކާ ޚިލާފު އެއްވެސް ކަމެއް ނުކުރުމަށާއި، ކައިވެނިވާ ފަރާތްތަކާއި އެކު އެމަޖްލީހަށް
ޙާޟިރުވާ އެހެން ފަރާތެއްގެ ކިބައިން ވެސް އެފަދަ ކަމަކަށް ފުރުސަތު ނުދިނުމަށާއި، ކުރިމަތިވެފައިވާ ޚާއްޞަ ޙާލަތު
ފިލައިދިއުމުން، މިކައިވެންޏާއި ގުޅިގެން ކޯޓުން އަންގާ އެއްގުންތައް ފުރިހަމަ ކުރުމަށްޓަކައި ކޯޓަށް ޙާޟިރުވުމަށާއި،
ސޮއިކުރަންޖެހޭ ލިޔެކިޔުންތަކުގައި ސޮއިކުރުމަށާއި، ފޮޓޯއާއި ރެވެނިއު ސްޓޭމްޕް ހުށަހެޅުމަށާއި، ކައިވެނީގެ ސެޓްފިކެޓާއި
ހަވާލުވުމަށާއި، މި ކައިވެންޏާއި ގުޅޭ އެނޫން ވެސް ކަންކަމުގައި ކޯޓުން އަންގާ ގޮތެއްގެ މަތިން ޢަމަލުކޮށް ކޯޓަށް ފުރިހަމަ
އެއްބާރުލުން ދޭންހުރިކަމުގައި އަހުރެން އިޤުރާރުވަމެވެ.
ތާރީޚް:_________________________
ކައިވެނިވާ ފިރިހެނާ: ކައިވެނިވާ އަންހެނާ:
ސޮއި: ސޮއި:
ނަން: ނަން:
އައ.ޑީ ކާޑު ނަންބަރު: އައ.ޑީ ކާޑު ނަންބަރު:
އިނގިލީގެ ނިޝާން: އިނގިލީގެ ނިޝާން:
ވަލީވެރިޔާ:
ސޮއި:
ނަން: އައި.ޑީ ކާޑު ނަންބަރު:
އިނގިލީގެ ނިޝާން:
ހެކިވެރިޔާ 1: ހެކިވެރިޔާ 2:
ސޮއި: ސޮއި:
ނަން: ނަން:
އައ.ޑީ ކާޑު ނަންބަރު: އައ.ޑީ ކާޑު ނަންބަރު:
އިނގިލީގެ ނިޝާން: އިނގިލީގެ ނިޝާން:
ޖަދުވަލު 3 – އޯޑިއޯ ކޮންފަރެންސް އަމުރު |
`
މާލެއަތޮޅު ގުރައިދޫ މެޖިސްޓްރޭޓް ކޯޓު ކ.ގުރައިދޫ ދިވެހިރާއްޖެ |
ނަންބަރު:
އޯޑިއޯ ކޮންފަރެންސް އަމުރު
ކޮންފަރެންސްގައި ބައިވެރިވާންޖެހޭ މީހާގެ:
ފުރިހަމަ ނަން (ޢާންމުކޮށް ކިޔާ ނަމާއެކު):
ދާއިމީ އެޑްރެސް (އަތޮޅާ ރަށާއެކު):
މިހާރުއުޅޭ އެޑްރެސް (އަތޮޅާ ރަށާއެކު):
ކޮންފަރެންސްގައި ބައިވެރިވާންޖެހޭ ބޭނުން: ..... ހުށަހަޅާފައިވާ މައްސަލައިގައި އަޑުއެހުމަށް ބޭއްވޭ ކޮންފަރެންސްގައި ބައިވެރިވުމަށް
ޤަޟިއްޔާ ނަންބަރު: 000/Cv-C/0000
ހުށަހެޅުނު ތާރީޚް:
ކޮންފަރެންސް ކުރުމަށް ބޭނުންކުރާ ވަޞީލަތް:
މަތީގައިވާ ބޭނުމަށް: 00 ..... 2020 ދުވަހުގެ 00:00 އަށް އޯޑިއޯ ކޮންފަރެންސް ގައި ބައިވެރިވުމަށް އަންގަމެވެ.
* މިއަމުރާގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ، ނަންބަރު …… ފޯނަށް ގުޅުއްވުން އެދެމެވެ.
15 ޝަޢުބާން 1441
08 އޭޕްރީލް 2020
މެޖިސްޓްރޭޓް
ޙަވާލުވި މީހާގެ: ޙަވާލުކުރި މީހާގެ:
ސޮއި: ........................... ސޮއި: ...........................
ނަން: ........................... ނަން: ...........................
ޙާޟިރުވާންޖެހޭ މީހާއާހުރި ގާތްކަން: ....................
ގަޑި: ...........................
ތާރީޚް: ...........................
ޖަދުވަލު 4 – ވީޑިއޯ ކޮންފަރެންސް އަމުރު |
`
މާލެއަތޮޅު ގުރައިދޫ މެޖިސްޓްރޭޓް ކޯޓު ކ.ގުރައިދޫ ދިވެހިރާއްޖެ |
ނަންބަރު:
ވީޑިއޯ ކޮންފަރެންސް އަމުރު
ކޮންފަރެންސްގައި ބައިވެރިވާންޖެހޭ މީހާގެ:
ފުރިހަމަ ނަން (ޢާންމުކޮށް ކިޔާ ނަމާއެކު):
ދާއިމީ އެޑްރެސް (އަތޮޅާ ރަށާއެކު):
މިހާރުއުޅޭ އެޑްރެސް (އަތޮޅާ ރަށާއެކު):
ކޮންފަރެންސްގައި ބައިވެރިވާންޖެހޭ ބޭނުން: ..... ހުށަހަޅާފައިވާ މައްސަލައިގައި އަޑުއެހުމަށް ބޭއްވޭ ކޮންފަރެންސްގައި ބައިވެރިވުމަށެވެ.
ޤަޟިއްޔާ ނަންބަރު: 000/Cv-C/0000
މައްސަލަ ހުށަހެޅުނު ތާރީޚް:
ކޮންފަރެންސް ކުރުމަށް ބޭނުންކުރާ ވަޞީލަތް:
މަތީގައިވާ ބޭނުމަށް: 00 ..... 2020 ދުވަހުގެ 00:00 އަށް ވީޑިއޯ ކޮންފަރެންސް ގައި ބައިވެރިވުމަށް އަންގަމެވެ.
* މިއަމުރާގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ، ނަންބަރު …… ފޯނަށް ގުޅުއްވުން އެދެމެވެ.
15 ޝަޢުބާން 1441
08 އޭޕްރީލް 2020
މެޖިސްޓްރޭޓް
ޙަވާލުވި މީހާގެ: ޙަވާލުކުރި މީހާގެ:
ސޮއި: ........................... ސޮއި: ...........................
ނަން: ........................... ނަން: ...........................
ޙާޟިރުވާންޖެހޭ މީހާއާހުރި ގާތްކަން: ....................
ގަޑި: ...........................
ތާރީޚް: ...........................
މިއުޞޫލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ 156ވަނަ މާއްދާގެ ދަށުން ކޯޓަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން،ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތައް ނުހުޅުވާ މުއްދަތުގެ ތެރޭގައިކޯޓުގެ މަސައްކަތްތަކުގެ ތެރެއިން މަދަނީ އަދި ޢާއިލީ ޝަރީޢަތްތަކާއި ކައިވެންޏާއި ވަރީގެ މައްސަލަތައް އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށް ގެންދިއުމަށްޓަކައި ހަދާފައިވާއުޞޫލެކެވެ
ތާރީހް: 19-05-2020
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓް
ދިއްދޫ
ދިވެހިރާއްޖެ
ނަންބަރ: A110MC/2020/01
ހއ.އަތޮޅުގެ މެޖިސްޓްރޭޓްކޯޓްތަކުގައި މަދަނީ އަދި ޢާއިލީ ޝަރީޢަތްތަކާއި ކައިވެންޏާއި ވަރީގެ މައްސަލަތައް އޯޑިއޯ/ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިއުމުގެ އުޞޫލު
ތަޢާރަފާއި ނަން | 1. | (ހ) | މިއުޞޫލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ 156ވަނަ މާއްދާގެ ދަށުން ކޯޓަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން،ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތައް ނުހުޅުވާ މުއްދަތުގެ ތެރޭގައިކޯޓުގެ މަސައްކަތްތަކުގެ ތެރެއިން މަދަނީ އަދި ޢާއިލީ ޝަރީޢަތްތަކާއި ކައިވެންޏާއި ވަރީގެ މައްސަލަތައް އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށް ގެންދިއުމަށްޓަކައި ހަދާފައިވާއުޞޫލެކެވެ | ||||
| (ށ) | މި އުޞޫލަށް ކިޔާނީ، ހއ.އަތޮޅުގެ މެޖިސްޓްރޭޓް ކޯޓްތަކުގައި މަދަނީ އަދި ޢާއިލީ ޝަރީޢަތްތަކާއި ކައިވެންޏާއި ވަރީގެ މައްސަލަތައް އޯޑިއޯ/ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިއުމުގެ އުޞޫލު" މިހެންނެވެ. | |||||
| |||||||
މަޤްޞަދު | 2. | މި އުޞޫލުގެ މަޤްޞަދަކީ، ކޮވިޑް-19އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ނުހުޅުވާ މުއްދަތުގެ ތެރޭގައިޢަދުލު އިންޞާފު ޤާއިމުކުރުމުގެ ޚިދުމަތް މެދު ނުކެނޑޭކަން ކަށަވަރު ކުރުމާއި އަދި އަދުލު އިންޞާފު ޤާއިމު ކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މުވައްޒަފުންނަށާއި ޚިދުމަތް ހޯދާ ފަރާތްތަކަށް ވީހާވެސް ރައްކާތެރި އަދި ޚަރަދު ކުޑަ ގޮތްތަކެއް ތަޢާރުފު ކުރުމެވެ. | |||||
| |||||||
އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ | 3. | (ހ) | އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ އަކީ، އަޑު ނުވަތަ އަޑާއި މަންޒަރު ލިބޭގޮތަށް ގުޅާ ލެވިފައިވާ ވިއުގައެއް މެދުވެރިކޮށް ދެ ކޯޓެއްގެ ދެމެދުގައި، ނުވަތަ ކޯޓާއި ކޯޓުން ޤަބޫލުކުރާ ތަނަކާއި ނުވަތަ ފަރާތްތަކަކާއި ދެމެދުގައި ކުރެވޭ މުވާޞަލާތެވެ. | ||||
| |||||||
އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ޝަރީޢަތުގެ މަޖިލިސް ކުރިއަށް ގެންދެވޭނެ ޙާލަތްތައް | 4. | (ހ) | އަންނަނިވި ޙާލަތްތަކުގައި، ދަޢުވާ ކުރާފަރާތާއި ދަޢުވާ ލިބޭ ފަރާތުގެ ޙައްޤުތަކަށް އުނިކަމެއް ނާންނާނެ ފަދައިން، އަވަސް ކަމާއެކު ޢަދުލު އިންޞާފު ޤާއިމުކޮށްދިނުމުގެ ގޮތުން، ޝަރީޢަތުގެ މަޖިލިސްތައް އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދެވިދާނެއެވެ. | ||||
1. | ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މީހުން ބޭރަށް ނުކުތުން މަނާކުރެވިފައިވާ ހާލަތެއް ކަމާގުޅޭ ދައުލަތުގެ އިދާރާއަކުން ރަށުގައި އިޢުލާނުކޮށްފައިވުން. | ||||||
| 2. | ދަތުރުފަތުރު ކުރުން މަނާވުމުގެ ސަބަބުން، މައްސަލައިގެ ޚަޞްމަކަށް ޝަރީޢަތް އޮތް ކޯޓު ހުރި ރަށަށް ހާޟިރުވެވެން ނެތުން. | |||||
| 3. | ރަށުގެ އެލަރޓް ލެވެލް އޮތް ޙާލަތަށް ބަލާއިރު، މައްސަލައިގެ ޚަޞްމުންނާއި ހެކީން އަދި އެހެނިހެން ފަރާތްތައް ކޯޓަށް ޙާޟިރުކޮށްގެން ޝަރީޢަތް ކުރުމަކީ ރައްކާތެރިކަމެއް ކަމަށް ފަނޑިޔާރަށް ނުފެނުން. | |||||
| 4. | ދަތުރުފަތުރު ކުރުން މަނާވުމުގެ ސަބަބުން ނުވަތަ އެނޫންވެސް މަޤުބޫލު ޢުޛުރަކާހުރެ މައްސަލައިގެ ހެއްކެއް ޙާޟިރު ކުރުމަށް ދަތިވުން. | |||||
(ށ) | ދަތުރުފަތުރު ކުރުން މަނާވުމުގެ ސަބަބުން ނުވަތަ ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިފައިވާކަމަށް ފެންނަތީ ފަނޑިޔާރު ހުރި ރަށް ނޫން އެހެން ރަށެއްގެ ކޯޓެއްގައި އޮތް މައްސަލައެއް ބެލުމަށް އެރަށަކަށް ފަނޑިޔާރު ދިއުމަކީ ރައްކާތެރިކަމެއް ނޫންކަމަށް މައްސަލަ ބަލާ ފަނޑިޔާރަށް ޤަބޫލު ކުރެވޭނަމަ، އޭނާ ޙަވާލުވެ ހުރި އެހެން ކޯޓެއްގައި އޮތް މައްސަލައެއްގެ ޝަރީޢަތް އޭނާގެ ވަޒީފާ އޮތް ކޯޓުގައި ހުރެގެން، އޯޑިއޯ/ވީޑިއީ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށް ގެންދެވިދާނެއެވެ. މިގޮތަށް މައްސަލަ ބަލާއިރު، އެމައްސަލަ ކުރިއަށް ގެންދެވޭނީ މައްސަލަ ހުށަހެޅިފައިވާ ކޯޓުގެ ޝަރީޢަތުގެ މަޖިލީހެއްގެ ގޮތުގައެވެ. | ||||||
| |||||||
ކުރިއަށް ގެންދާނެ މައްސަލަތައް | 5. | ކައިވެނިކޮށް ދިނުމުގެ އިތުރުން މަދަނީ އަދި އާޢިލީ މައްސަލަތަކުގެ ތެރެއިން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާގުޅޭ މައްސަލަތަކާއި، ގެވެށިއަނިޔާއާއި، ވަރި ސާބިތުކުރުމުގެ މައްސަލަތަކާއި، ދަރީންގެ ޚަރަދާއި، ވަގުތީ އަމުރާއި ގުޅޭ މައްސަތަކާއި އަދި މިނޫންވެސް އަވަސް ތަބީޢަތުގެ މައްސަލަތައް މިއުޞޫލުގެ ދަށުން ކުރިއަށް ގެންދެވިދާނެއެވެ. | |||||
| |||||||
އެއް މަޖިލީހެއްގައި ތިބިކަން އިފްތިރާޟް ކުރުން | 6. | (ހ) | ޝަރީޢަތުގެ މަޖިލިސް ކުރިއަށް ގެންދާއިރު، ޝަރީޢަތް ހިންގާ ކޯޓުގެ ޝަރީޢަތުގެ މާލަމާއި، ގުޅިފައިވާ އެހެން ތަންތަނުގައި ތިބޭ މީހުންގެ، އިވުމުގެ ތެރެއިން ނުވަތަ އިވުމާއި ފެނުމުގެ ތެރެއިން ޝަރީޢަތުގެ މާލަމާއި އެހެން ތަންތަނުގައި ހިނގާ ކަންކަން ދާކަމުގައި ވަނީނަމަ، ޝަރީޢަތް ހިންގާ ކޯޓުގެ ޝަރީޢަތުގެ މާލަމާއި ގުޅިފައިވާ އެންމެން އެތިބީ އެއް ޙާޟިރުގައެވެ. އަދި ގުޅިފައިވާ ތަންތަނުގައި ތިބި އެންމެން އެތިބީ މައްސަލަ ހުށަހެޅިފައިވާ ކޯޓުގައި ޝަރީޢަތް ހިންގަން އިންނަ ފަނޑިޔާރުގެ ކުރިމަތީގައެވެ. | ||||
| (ށ) | މިމާއްދާގެ (ހ) ގައިވާ ފަދައިން، ޝަރީޢަތް ހިންގާ މާލަމާއި އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅާލެވޭ ތަންތަނުގައި ތިބި އެންމެންނަކީ އެއް ޙާޟިރުގައި ތިބި ބައެއްކަމަށް ބަލަންޖެހޭތީ، ޝަރީޢަތް ހިންގުމުގެ ހުރިހާ ޢާންމު އުޞޫލުތަކެއް އެތަންތަނުގައި ތިބޭ މީހުންގެ މައްޗަށްވެސް ހިނގާނެއެވެ. އަދި އެއިން ފަރާތަކުން ކޯޓުގެ ޙުރުމަތް ކެނޑޭފަދަ އެއްވެސް ޢަމަލެއް ކޮށްފިނަމަ، އެފަރާތަކާ މެދު ވަގުތުން ފިޔަވަޅު އެޅުމުގެ އިޚްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ. | |||||
| |||||||
އަޑުއެހުމަށް ހާޟިރުވާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތް ކުރުން | 7. | (ހ) | އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅާލެވިފައިވާ ކޯޓަކަށް ނުވަތަ ކޯޓުން ޤަބޫލުކުރާ ތަނެއްގައި ހުރެ ކޯޓާ ގުޅާލައިގެން ހިންގާ ޝަރީޢަތުގެ މަޖިލީހެއްގައި ހާޟިރުވެތިބޭ އެންމެހާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި އަންނަނިވި ކަންކަން ކޯޓުން ކަށަވަރު ކުރަންވާނެއެވެ. | ||||
| 1. | ޙާޟިރުކުރެވެނީ ކޯޓަކަށް ކަމުގައިވާނަމަ، އެ މަޖިލީހުގައި ޙާޟިރުވެއިން ފަރާތަކީ ކާކުކަން އެ މަޖިލީހުގައި އިންނަ ކޯޓުގެ މުވައްޒަފު މެދުވެރިކޮށް ކަށަވަރު ކުރުން. | |||||
| 2. | ޝަރިޢަތުގެ މަޖިލީހުގައި ބައިވެރިވަނީ ކޯޓަކަށް ޙާޟިރު ނުވެ ކަމަށްވާނަމަ، ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން އެއީ ކޮންބައެއްކަން ކަށަވަރުކޮށް އެކަން ރިކޯޑުކުރުން. | |||||
| 3. | ޝަރީޢަތުގެ އަޑުއެހުން ފެށުމުގެ ކުރިން މައްސަލާގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ކޮންފަރެންސްގެ އަޑު، ނުވަތަ އަޑާއި މަންޒަރު ސާފުކޮށް ލިބޭކަން ކަށަވަރު ކުރުން. | |||||
| 4. | މައްސަލައާ ގުޅިގެން ޙާޟިރުކުރެވޭ ފަރާތެއްގެ މައްޗަށް އެއްވެސް ފަރާތެއްގެ ބާރެއް ނުފޫޒެއްނެތި މިނިވަންކަމާއެކު ވާހަކަ ދެއްކުމުގެ ފުރުޞަތު ތަނަވަސްކޮށް ދެވިފައިވާކަން ކަށަވަރު ކުރުން. | |||||
| 5. | އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތް ހިންގާއިރު، މައްސަލައިގެ ޚަޞްމުންނާއި ވަކީލުން ބައިވެރިވާކަމަށްވެފައި، ޚަޞްމުންނާއި ވަކީލުން ޝަރީޢަތުގެ މަޖިލީހުގައި ބައިވެރިވަނީ ދެ ތަނެއްގައި ތިބެގެން ކަމަށްވާނަމަ، އެ ދެފަރާތުގެ މެދުގައި މަޝްވަރާ ކުރުމުގެ ފުރުޞަތު ލިބިފައިވާކަން ޝަރީޢަތުގެ އަޑުއެހުން ފެށުމުގެ ކުރިން ކަށަވަރުކުރުމާއި ޝަރީޢަތުގެ މެދުތެރެއިންވެސް އެފަދަ ފުރުޞަތަކަށް އެދިއްޖެނަމަ އެފުރުޞަތު ދެވިދާނެކަން އެންގުން. | |||||
| 6. | ޝަރީޢަތް އަޑުއެހުމަށް ޙާޟިރުވާން ބޭނުންވާ ފަރާތްތަކުން ޝަރީޢަތުގެ މަޖިލިސް ބޭއްވުމުގެ 1 ގަޑިއިރު ކުރިން ކޯޓަށް އެކަން އެންގުމުން، ކޯޓުން އެފުރުޞަތު ފަހިކޮށް ދިނުން. | |||||
| |||||||
ޝަރީޢަތާ ގުޅުން ހުރި އެހެނިހެން ކަންކަން | 8. | (ހ) | އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބާއްވާ ޝަރީޢަތަށް ޙާޟިރު ވުމުގެ އަމުރު، އެ މަޖިލީސް އަޑު އަހަން ވަންނަ މީހުން ފިޔަވައި އެ މަޖިލީހުގައ ބައިވެރިވާންޖެހޭ ހުރިހާ ފަރާތްތަކަށް ފޮނުވަން ވާނެއެވެ. އެއަމުރުގައި ޝަރީޢަތުގެ މަޖިލީހުގައި ބައިވެރިވާންޖެހޭ ގޮތް ލިޔެފައި އޮންނަންވާނެއެވެ. މިއަމުރުގެ ނަމޫނާ ޖަދުވަލު 3 އަދި 4 ގައި އެވަނީއެވެ. | ||||
| (ށ) | ބިސްމީގެ ބަރަކާތުން ޝަރީޢަތުގެ މަޖިލިސް ފެށުމަށްފަހު، އެއީ ކޮން ބާވަތެއްގެ ޝަރީޢަތުގެ މަޖިލީހެއްކަމާއި އަދި އެ މަޖިލީހުގައި އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅިފައިވަނީ ކޮންތަންތަނެއްގައި ތިބި ކޮންބައެއްކަން ފަނޑިޔާރު އިޢުލާނު ކުރަންވާނެއެވެ. | |||||
| (ނ) | ޝަރީޢަތުގެ މަޖިލީހުގައި ބައިވެރިވާ ފަރާތްތަކުން އަންނަނިވި ގޮތަށް ޢަމަލު ކުރުމަކީ މަނާކަމެކެވެ. | |||||
| 1. | ޝަރީޢަތް ހިނގަމުން ދަނިކޮށް، މައްސަލަ ބަލާ ފަނޑިޔާރުގެ ހުއްދަނެތި ޝަރީޢަތް ދޫކޮށް ދިއުން. | |||||
| 2. | ޝަރީޢަތް ހިނގަމުންދަނިކޮށް، މައްސަލަ ބަލާ ފަނޑިޔާރުގެ ހުއްދަ ނެތި އިތުރު އެއްވެސް މީހަކު ޝަރީޢަތުގެ މާލަމަށް ނުވަތަ އޭނާ ޙާޟިރުވެ އިންތަނަށް ވެއްދުން. | |||||
| 3. | މައްސަލަ ބަލާ ފަނޑިޔާރުގެ ހުއްދަނެތި އެއްވެސް ވާހަކައެއް ޝަރީޢަތުގެ މަޖިލީހުގައި ދެއްކުން. | |||||
| 4. | މައްސަލަ ބަލާ ފަނޑިޔާރުގެ ހުއްދަނެތި ޝަރީޢަތުގެ މާލަމަށް އެއްވެސް އެއްޗެއް ވެއްދުމާއި މިނޫންވެސް ޝަރީޢަތް ހިންގުމަށް ދަތިވާ ނުވަތަ އުނދަގޫ ވެދާނެ ފަދަ ކަންކަން ކުރުން. | |||||
| 5. | ޝަރީޢަތުގެ މަޖިލީހުގެ އަޑު ނުވަތަ މަންޒަރު ރިކޯޑުކޮށް ފޮޓޯނެގުން. | |||||
| (ރ) | މިމާއްދާގެ (ނ) ގައިވާ ފަދަ ކަމެއް އެއްވެސް މީހަކު ކޮށްފިނަމަ، އެ މީހަކާމެދު ކޯޓުގެ ޙުރުމަތް ކެނޑުމާއިގުޅިގެން އެޅިދާނެ ފިޔަވަޅު އެޅުމުގެ އިތުރުން، އެމީހަކާއެކު އިތުރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ނުގެންދިއުމަށް ނިންމުމުގެ އިޚްތިޔާރު މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެން ވެއެވެ. | |||||
(ބ) | އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅާލެވޭ ތަންތަނުގައި މައްސަލަ ބައްލަވާ ފަނޑިޔާރު ހުއްދަދޭ ފަރާތްތަކެއް ފިޔަވައި އިތުރު ފަރާތެއް ހާޟިރުވެ ހުރެގެން ނުވާނެއެވެ. | ||||||
| (ޅ) | ޝަރީޢަތް ކުރިއަށް ދަނިކޮށް، އަޑު ނުވަތަ އަޑާއި މަންޒަރު ނުސާފު ވުމުގެ ސަބަބުން މެދު ކަނޑާލަން ޖެހިއްޖެ ހިނދެއްގައި މެދުކަނޑާލި ހިސާބާހަމައަށް ރިކޯޑު ކުރެވިފައިވާނަމަ، ޝަރީޢަތް ކުރިއަށް ގެންދަންވާނީ މެދުކަނޑާލި ހިސާބުންނެވެ. ނަމަވެސް، ރިކޯޑު ކުރެވިފައި ނުވާނަމަ، ޝަރީޢަތް އަލުން ފަށައިގެން ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެން ވެއެވެ. | |||||
| |||||||
ހެކިން ޙާޟިރުކުރުމާއި މަޙްޟަރު ބަޔާންތައް ނެގުން | 9. | (ހ) | މި އުޞޫލުގެ ދަށުން ބާއްވާ ޝަރީޢަތުގެ އަޑުއެހުންތަކުގައި އަޑުއެހުން ރެކޯޑް ކުރާނީ ޝަރީޢަތް ހިންގާ ކޯޓުންނެވެ. އަދި އަޑުއެހުމުގައި ނަގާ ބަޔާންތައް ޓައިޕް ކުރާނީވެސް ޝަރީޢަތް ހިންގާ ކޯޓުންނެވެ. | ||||
| (ށ) | މިމާއްދާގެ (ހ) ގައި ބުނެފައިވާ ބަޔާންތަކުގެ ތެރެއިން ހެކީންގެ ބަޔާން ފިޔަވައި އެހެން ބަޔާންތައް، ރިކޯޑިން އަޑުއަހައިގެން އަކުރުން އަކުރަށް ލިޔުމަށްފަހު، އެއީ، ރެކޯޑިންގ އާ އެއްގޮތަށް އަކުރުން އަކުރަށް ލިޔުނު ލިޔުމެއްކަމަށް ލިޔެ، ބަޔާން ލިޔުނު މުވައްޒަފު ސޮއިކޮށް އިނގިލީގެ ނިޝާން ޖަހަންވާނެއެވެ. | |||||
| (ނ) | ހެކީންގެ ބަޔާންތަކުގައި ހެކީންލައްވައި ސޮއި ކުރުމަށްޓަކައި އީމެއިލް ނުވަތަ ކޯޓުން ކަނޑަޅާ އެހެން ވަޞީލަތެއް މެދުވެރިކޮށް، ހެކިވެރިޔާއަށް ފޮނުވަންވާނެއެވެ. އަދި އޭނާ ސޮއިކުރި ބަޔާން ކޯޓުގެ އީމޭލަށް ނުވަތަ ކޯޓުން އަންގާ ގޮތެއްގެ މަތީން ކޯޓަށް ފޮނުވަންވާނެއެވެ. | |||||
| (ރ) | މި އުޞޫލުގެ ދަށުން ހިންގޭ ޝަރީޢަތުގެ މަޖިލިސް ތަކަކީ ޚާއްޞަ ޙާލަތެއްގައި ޚާއްޞަ ގޮތެއްގެ މަތީން ހިންގޭ ޝަރީޢަތްތަކެއް ކަމަށްވާތީ، މިފަދަ ޝަރީޢަތްތަކާއި ގުޅިގެން ހިންގޭ (އީމެއިލް، ވައިބަރ ފަދަ) އެންމެހާ މުޢާމަލާތައް، އަދި އެންމެހާ ބަޔާންތަކާއި އެ ބަޔާންތަކުގައި ސޮއިކުރުމަށްފަހު ކޯޓަށް ފޮނުވަން ބޭނުންކުރި (ސިޓީ އުރަތަކާއި އީމެއިލްގެ ކޮޕީ ފަދަ) ވަޞީލަތްތައް ވަކީން ފައިލްކޮށް ރައްކާކުރަންވާނެއެވެ | |||||
(ބ) | މިއުޞޫލުގެ ދަށުން ބާއްވާ ޝަރީޢަތުގެ މަޖިލިސްތަކާއި ކައިވެނީގެ މަޖިލިސްތައް، އެމަޖިލީހެއް ބާއްވާ މީޑިއަމަކުން ރިކޯޑުކޮށް ރައްކާކުރަންވާނެއެވެ. | ||||||
| (ޅ) | މިއުޞޫލުގެ ދަށުން ހިންގޭ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވޭ ހެއްކެއްގެ ސިއްރުކަން ކަށަވަރު ކުރަންޖެހޭނަމަ، އެކަމަށް ކޯޓުން ސަމާލުކަން ދޭންވާނެއެވެ | |||||
| |||||||
ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކައިވެނިކޮށް ދިނުން | 10. | (ހ) | އަންނަނިވި ޙާލަތްތަކުން ކުރެ ޙާލަތެއް މެދުވެރި ވެފައިވުމުގެ ސަބަބުން ކޯޓަށް ޙާޟިރުކޮށްގެން ކައިވެނި ކޮށްދެވެން ނެތްކަމަށް ކޯޓާ ޙަވާލުވެހުރި ފަނޑިޔާރަށް ޤަބޫލު ކުރެވޭނަމަ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކައިވެނިކޮށްދެވިދާނެއެވެ. | ||||
| 1. | ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މީހުން ބޭރަށް ނުކުތުން މަނާކުރެވިފައިވާ ހާލަތެއް ކަމާގުޅޭ އިދާރާއިން ރަށުގައި އިޢުލާނުކޮށްފައިވުން. | |||||
| 2. | ދަތުރުފަތުރު ކުރުން މަނާވުމުގެ ސަބަބުން، ކައިވެނިކުރަން ހުށަހަޅާފައިވާ ފަރާތުންކުރެ ފަރާތަކަށް، ހުށަހަޅާފައިވާ މުއްދަތަށް ރަށަށް ހާޟިރުވެވެން ނެތުން. | |||||
| 3. | ރަށުގެ އެލަރޓް ލެވެލް އޮތް ޙާލަތަށް ބަލާއިރުކައިވެނިގެ މަޖިލީހުގައި ބައިވެރިވާންޖެހޭ ފަރާތްތައް ކޯޓަށް ޙާޟިރުކޮށްގެން ކައިވެނިކޮށްދިނުމަކީ ރައްކާތެރިކަމެއްކަމަށް ފަނޑިޔާރަށް ނުފެނުން. | |||||
| 4. | ބުނެވިދިޔަ ޙާލަތުގެ ސަބަބުން ކައިވެނި ކުރުމަށް ހުށަހަޅާ ދެފަރާތުންމެ، ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކައިވެނިކޮށް ދިނުމަށް އެދުން. | |||||
| 5. | ކައިވެނިކޮށް ދިނުމަށް ހުށަހަޅާ ރަށުގައި ފަނޑިޔާރަކު، ޝަރުޢީ މައުޛޫނަކުނެތި އަދި އެރަށަށް ފަނޑިޔާރަކަށް ދަތުރު ކުރެވެން ނެތުން. | |||||
| (ށ) | ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮށްދޭ ކައިވެނިތަކުގެ ދަފްތަރެއް ވަކިން ބަލަހައްޓަންވާނެއެވެ. އަދި މި ކައިވެނިތަކާ ގުޅިގެން ކޮށްފައިވާ މުޢާމަލާތްތައް ކޮށްފައިވަނީ މީސްމީޑިއާއިންނަމަ، ފޯނުގެ ސްކްރީން ޝޮޓް އަދި އީމެއިލުންނަމަ، އީމެއިލްގެ ޕްރިންޓް ފައިލްކުރަންވާނެއެވެ. | |||||
(ނ) | ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮށްދޭ ކައިވެނީގެ މަޖިލީހުގައި ބައިވެރިވާން ވާނީ ކޯޓުން ހުއްދަ ދޭ ފަރާތްތަކުން އެކަންޏެއެވެ. އަދި މިފަރާތްތައް ތިބީ ކޯޓެއްގައި ނޫން ކަމުގައި ވިޔަސް އެފަރާތްތަކުގެ ޢަމަލުތައް ބަހައްޓަންވާނީ ކޯޓުގެ ޙުރުމަތް ނުގެއްލޭ ފަދަ ގޮތަކަށެވެ. | ||||||
| |||||||
ކައިވެނިކޮށް ދިނުމުގެ ކުރިން ކަށަވަރު ކުރަންޖެހޭ ކަންކަން | 11. | (ހ) | ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖިލިސް ބޭއްވުމުގެ ކުރިން، ކައިވެނިވާ ދެފަރާތާއި ވަލީވެރިޔާ އަދި ދެހެކީން، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖިލިސް ކުރިއަށް ގެންދިއުމާގުޅޭ އިޤްރާރުގައި ސޮއިކޮށް ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން ކޯޓަށް ފޮނުވަންވާނެއެވެ.މި އިޤްރާރުގެ ނަމޫނާ ޖަދުވަލު 02 ގައި އެވަނީއެވެ. | ||||
| (ށ) | ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކޮށްދިނުމަށް ނިންމައިފިނަމަ، އެކަން، ކައިވެނިވާ ދެފަރާތަށާއި ވަލީވެރިޔާއަށާއި އަދި ކައިވެނީގެ ދެހެކީންނަށްގުޅައި އަންގަންވާނެއެވެ. އަދި ކައިވެނީގެ މަޖިލިސް ކުރިއަށް ދާނެ ގޮތާއި އެފަރާތްތަކުން ޢަމަލު ކުރަންޖެހޭނެ ގޮތް ކިޔައިދޭންވާނެއެވެ. އަދި މިކަންކަން އެކުލެވޭ ލިޔުމެން ކައިވެނިވާ ދެ ފަރާތުން އެދޭ ވަޞީލަތެއް މެދުވެރިކޮށް އެދެފަރާތަށް ފޯރުކޮށްދޭން ވާނެއެވެ. | |||||
| (ނ) | ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދިނުމުގެ ކުރިން، ކައިވެނިވުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ މަޢޫލޫމާތު ސާފުކުރުމަށްޓަކައި ވީޑިއޯ ކޮންފަރެންސް ބައްދަލުވުމެއް ބާއްވަންވާނެއެވެ. އަދި މިބައްދަލުވުމުގައި ކައިވެންޏަށް ހޭލުންތެރި ކުރުމާގުޅޭ ގޮތުން ކޯޓުން ކުރިއަށް ގެންދާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދެވިދާނެއެވެ. | |||||
| |||||||
ކައިވެނީގެ މަޖިލިސް ކުރިއަށް ގެންދިއުން | 12. | ކައިވެނީގެ މަޖިލިސް ކުރިއަށް ގެންދަންވަނީ އަންނަނިވި ގޮތުގެ މަތީންނެވެ. | |||||
(ހ) | ކައިވެނީގެ މަޖިލިސް ބޭއްވުމަށް ކަނޑައެޅިފައިވާ ވަގުތުގެ 20 މިނެޓު ކުރިން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށް ދިނުމަށް ކޯޓުން ކަނޑައަޅާފައިވާ ޕްލެޓްފޯމަށް ޝަރުޢީ މައުޛޫނާއި ކައިވެންޏާއި ގުޅޭ އެންމެހައި ފަރާތްތައް ޙާޟިރުވާން ވާނެއެވެ. | ||||||
(ށ) | ކައިވެނީގެ މަޖިލީހަށް ކޮންމެހެން ޙާޟިރުވާންޖެހޭ ފަރާތްތައް ޙާޟިރުވެ ތިބިކަން ކައިވެނިކޮށްދޭ ޝަރުޢީ މައުޛޫނު ކަށަވަރު ކުރަންވާނެއެވެ. އަދި ޙާޟިރުވެތިބިކަން ލިޔެކިޔުމުން ކަށަވަރުކޮށް މަޙްޟަރު ކުރުމަށްޓަކައި ކޯޓުން އެފަރާތްތަކަށް ފޮނުވާ ކައިވެނީގެ ޙާޟިރީގައި ސޮއިކުރުމަށްފަހު، ކޯޓުން ކަނޑައަޅާ ވަޞީލަތެއް މެދުވެރިކޮށް ކޯޓަށް އެވަގުތު ފޮނުވަންވާނެއެވެ. | ||||||
| (ނ) | ކައިވެނީގެ މަޖިލީހަށް ޙާޟިރުވާންޖެހޭ އެންމެހައި ފަރާތްތަކަށް އަޑާއި މަންޒަރު ސާފުކޮށް ލިބެމުންދާކަން މައުޛޫނު ކަށަވަރު ކުރަންވާނެއެވެ. | |||||
| (ރ) | ކައިވެނީގެ މަޖިލީހުގެ ވަގުތު ޖެހުމުން، ޢާއްމު އުޞޫލުން ކައިވެނީގެ މަޖްލިސް ފަށައި، އެކައިވެންޏާ ބެހޭ މަޢުލޫމާތު އިއްވައި ވަލީއާ ޙަވާލުވާންޖެހޭނަމަ ވަލީއާ ޙަވާލުވާންވާނެއެވެ. | |||||
| (ބ) | ޝަރުޢީ މައުޛޫނު، ކައިވެނީގެ ޚުޠުބާ ކިޔައި، ކައިވެނި އަޤުދުކޮށް ދިނުމުން ކައިވެނިވާ ފިރިހެނާ އަނބި ބަލައިގަނެ ބުނާ ޢިބާރާތް އަޑު އަހައި އަދި އެއަޑު އިވުނުތޯ ކައިވެނީގެ ހެކީންނާ ސުވާލުކޮށް ކަށަވަރު ކުރަންވާނެއެވެ. | |||||
| (ޅ) | ޝަރުޢީ މައުޛޫނު، ކައިވެނިވާ ދެފަރާތަށް ހެޔޮ ދުޢާކުރުމަށްފަހު ކައިވެނީގެ މަޖިލިސް ނިންމާލުމުގެ ކުރިން އެމަޖިލީހުގައި ހިނގައިދިޔަ ކަންކަން އެމަޖިލީހުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ސާފުވިކަން ކަށަވަރު ކުރަންވާނެއެވެ. | |||||
| |||||||
ކައިވެންޏާ ގުޅިގެން ކުރަންޖެހޭ މުޢާމަލާތްތައް | 13. | (ހ) | ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮށްދޭ ކައިވެނިތަކާގުޅިގެން މުޢާމަލާތް ކުރަންޖެހޭ ފަރާތްތަކާއި މުޢާމަލާތުކުރާނީ އެފަރާތްތަކުން ކޯޓަށް ދީފައިވާ މޯބައިލް ނަންބަރަށާއި އަދި އެނަންބަރުތަކުގައި ރަޖިސްޓްރީކޮށްފައިވާ މީސްމީޑިއާ ނުވަތަ ދީފައިވާ އީމެއިލް މެދުވެރިކޮށެވެ. | ||||
(ށ) | މިގޮތަށް ކޮށްދޭ ކައިވެނިވާ ފަރާތްތަކަށް ދޭ ސެޓިފިކެޓްގެ ބަދަލުގައި ކައިވެންޏާގުޅޭ އަސާސީ މަޢުލޫމާތު ހިމެނޭ ވަގުތީ ލިޔުމެއް، ކައިވެނީގެ ދެފަރާތުގެ އީމެއިލްއަށް ނުވަތަ މީސް މީޑިއާއަށް ފޮނުވަންވާނެއެވެ. މި ލިޔުމުގެ ނަމޫނާ ޖަދުވަލު 01 ގައި އެވަނީއެވެ. | ||||||
| (ނ) | ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން ކައިވެނީގެ އަޞްލު ސެޓްފިކެޓް ކައިވެނިވީ ދެފަރާތަށް ދޫކޮށް، ކައިވެނީގެ މައި ދަފުތަރުގައި އެކައިވެނި ހިމެނެމުން، ކުރިން ދޫކުރި ވަގުތީ ލިއުން ބާޠިލުވާނެއެވެ. | |||||
| |||||||
އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސިން އިޚްތިޔާރު ކުރުންމާއި ބޭނުން ކުރާނެ ސޮފްޓްވެއަރ | 14. | (ހ) | މިއުޞޫލުގެ ދަށުން ބާއްވާ ކޮންމެ އަޑު އެހުމެއްވެސް، ކުރިއަށް ގެންދިއުމަށް އިސްކަން ދޭންވާނީ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށެވެ. ނަމަވެސް، ބަޔާން ނެގުން ފަދަ ކަންކަން ކުރުމަށާއި އަދި ވީޑިއޯ ކޮންފަރެންސިންގ ޤާއިމު ކުރެވެން ނެތްނަމަ، އޯޑިއޯ ކޮންފަރެންސް ބޭނުންކުރުން މިއުޞޫލު ހުރަހެއް ނާޅައެވެ. | ||||
| (ށ) | މިއުޞޫލުގެ ދަށުން ޝަރީޢަތްތަކާއި ކައިވެނީގެ މަޖިލިސް އަދި އެހެނިހެން ކަންކަން ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންކުރާނީ "ލައިފްސައިޒް" ނުވަތަ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާ ސޮފްޓްވެއަރ އެކެވެ. | |||||
| (ނ) | ހަމައެކަނި އޯޑިއޯ މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ގެންދާނަމަ ނުވަތަ ބަޔާން ނަގާނަމަ، ކޯޓުގެ ފޯނުން ކޮންފަރެންސް ކޮށްގެން ކުރިއަށް ގެންދެވިދާނެއެވެ. | |||||
| |||||||
ކަށަވަރު ކުރަންޖެހޭ ކަންކަން | 15. | މިއުޞޫލުގައި ކަށަވަރު ކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަންކަން ޚާޞިލު ކުރުމަށްޓަކައި އަންނަނިވި ގޮތްތައް އިޚްތިޔާރު ކުރެވިދާނެއެވެ. | |||||
| (ހ) | ޝަރީޢަތުގެ މަޖިލީހުގައި ވީޑިއޯ މެދުވެރިކޮށް ބައިވެރިވާ ފަރާތް ބައިވެރިވަނީ ކޯޓަކަށް ޙާޟިރުވެގެން ކަމަށްވާނަމަ، އޭނާ ޙާޟިރުވާ ކޯޓަށް އޭނާގެ މަޢުލޫމާތު ފޮނުވައި، އެމަޢުލޫމާތާއި ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވާ މީހާ ގެންނަ ފޮޓޯ ޖެހި ރަސްމީ ލިޔުމުގައިވާ މަޢުލޫމާތު ކޯޓުގެ މުވައްޒަފަކު މެދުވެރިކޮށް އަޅައިބަލައި ޙާޟިރީގައި ސޮއި ކުރުން. | |||||
(ށ) | ޝަރީޢަތުގެ މަޖިލީހުގައި ވީޑިއޯ މެދުވެރިކޮށް ބައިވެރިވާ ފަރާތް ބައިވެރިވަނީ ކޯޓަށް ޙާޟިރު ނުވެ ކަމަށްވާނަމަ، ޝަރީޢަތުގެ މަޖިލިސް ފެށުމުގެ ކުރިން، އޭނާއާބެހޭ ގޮތުން ކޯޓަށް ލިބިފައިވާ އަސާސީ މަޢުލޫމާތު (ފުރިހަމަ ނަން، ޢާއްމު ނަން، ދިރިއުޅޭ އެޑްރެސް، އުފަން ތާރީޚު، ދރއ. ނަންބަރު) އޭނާ ގާތު އެހުމުން ދޭ ޖަވާބާއި ކޯޓަށް ލިބިފައިވާ މަޢުލޫމާތާއި އަޅައިބެލުން އަދި މިގޮތުން ކުރާ ސުވާލާއި، ސުވާލު ރައްދުވާ ފަރާތުން ދޭ ޖަވާބު މަޙްޟަރު ކުރުން. | ||||||
| (ނ) | ޝަރީޢަތުގެ މަޖިލީހުގައި އޯޑިއޯ މެދުވެރިކޮށް ބައިވެރިވާ ފަރާތް ބައިވެރިވަނީ ކޯޓަކަށް ޙާޟިރުވެގެން ކަމަށްވާނަމަ، އޭނާ ޙާޟިރުވާ ކޯޓަށް އޭނާގެ މަޢުލޫމާތު ފޮނުވައި، އެމަޢުލޫމާތާއި ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވާ މީހާ ގެންނަ ފޮޓޯ ޖެހި ރަސްމީ ލިޔުމުގައިވާ މަޢުލޫމާތު ކޯޓުގެ މުވައްޒަފަކު މެދުވެރިކޮށް އަޅައިބަލައި ޙާޟިރީގައި ސޮއި ކުރުން. | |||||
| (ރ) | ޝަރީޢަތުގެ މަޖިލީހުގައި އޯޑިއޯ މެދުވެރިކޮށް ބައިވެރިވާ ފަރާތް ބައިވެރިވަނީ، ކޯޓަށް ޙާޟިރު ނުވެ ކަމަށްވާނަމަ، ޝަރީޢަތުގެ މަޖިލިސް ފެށުމުގެ ކުރިން، އޭނާއާބެހޭ ގޮތުން ކޯޓަށް ލިބިފައިވާ އަސާސީ މަޢުލޫމާތު (ފުރިހަމަ ނަން، ޢާއްމު ނަން، ދިރިއުޅޭ އެޑްރެސް، އުފަން ތާރީޚު، ދރއ. ނަންބަރު) އޭނާ ގާތު އެހުމުން ދޭ ޖަވާބާއި ކޯޓަށް ލިބިފައިވަ މަޢުލޫމާތާއި އަޅައިބެލުން އަދި މިގޮތުން ކުރާ ސުވާލާއި، ސުވާލު ރައްދުވާ ފަރާތުން ދޭ ޖަވާބު މަޙްޟަރު ކުރުން. | |||||
| (ބ) | މައްސަލައިގެ އެންމެހާ ޚަޞްމުންނަށާއި ވަކީލުންނަށް ޝަރީޢަތުގެ އަޑާއި މަންޒަރު ނުވަތަ އަޑު ލިބޭކަން ކަށަވަރު ކުރުމަށްޓަކައި ޝަރީޢަތުގެ އަޑުއެހުން ފެށުމުގެ ކުރިންއެންމެހާ ފަރާތްތަކާއި ސުވާލުކޮށް،އަޑު ނުވަތަ މަންޒަރާއި އަޑު ސާފުކޮށް ލިބޭކަމަށް ބުނާނަމަ އެކަން މަޙްޟަރު ކުރުން | |||||
| (ޅ) | ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފަރާތަކީ އެއްވެސް ފަރާތެއްގެ މަޖުބޫރީ އެއްނެތި ވާހަކަ ދައްކާ ފަރާތެއްކަން ކަށަވަރު ކުރުމަށްޓަކައި، އެފަރާތެއް ވާހަކަ ދައްކަން ފެށުމުގެ ކުރިން، އެއްވެސް މަޖުބޫރީ އެއް އޮތް ތޯ ސުވާލު ކުރުމަށްފަހު ދޭ ޖަވާބު މަޙްޟަރު ކުރުން އަދި ޝަރީޢަތުގައި ވާހަކަ ދައްކާ ފަރާތެއް އެވަގުތު ހުރި ތަނުގެ ސަބަބުން ހިނގަމުން ދާ މައްސަލާގައި މިނިވަންކޮށް ވާހަކަ ދެއްކެން ނެތްކަމަށް ކޯޓަށް ފާހަގަވާނަމަ އެކަން ރިކޯޑް ކޮށް އަޑު އެހުން ހުއްޓާލުން. މިސާލަކަށް: ގެވެށި އަނިޔާގެ މައްސަލާއެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބައިވެރިވަނީ، އަނިޔާދިން ކަމަށް ތުހުމަތުކުރެވޭ ފަރާތުގެ ހިޔާވަހިކަމުގެ ދަށުގައި ހުރެގެން ކަމަށް ވާނަމަ އަޑުއެހުން ކުރިއަށް ނުގެންދިއުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެން ވެއެވެ. | |||||
(ކ) | މައްސަލައިގެ ޚަޞްމަކާއި އޭނާގެ ވަކީލު، އަޑުއެހުމުގައި ބައިވެރިވަނީ، ދެތަނެއްގައި ތިބެގެން ކަމަށްވުމުގެ ފުރުޞަތު އޮތުމާއެކު، އެދެފަރާތަށް ބައްދަލު ކުރުމުގެ ފުރުޞަތު ލިބިފައިވާކަން ކަށަވަރު ކުރުމަށްޓަކައި، އެފުރުޞަތު ލިބުނުތޯ ޙަޞްމާއި ސުވާލު ކުރުމާއި، ނުލިބޭކަމަށް ވާނަމަ، އަޑު އެހުން ފެށުމުގެ ކުރިން، މުވައްކިލަށާއި ވަކީލު ވަކީން ބައްދަލު ކުރުމަށްޓަކައި ފަނޑިޔާރަށް ފެންނަ ވަގުތެއް ދިނުމާއި، އަދި އަޑުއެހުން ކުރިއަށް ދަނިކޮށްވެސް ވަކިން ބައްދަލުވުމަށް އެދެވިދާނެކަން އަޑުއެހުން ފެށުމުގެ ކުރިން އެނގުން. | ||||||
| (އ) | ކައިވެނީގެ މަޖިލީހުގެ ޙާޟީރީ ކަށަވަރު ކުރުމަށްޓަކައި، ހާޟިރީގައި ސޮއިކޮށް ފޮނުވުމުގެ އިތުރުން، ކައިވެނިވާ ދެމީހުންނާއި، ވަލީވެރިޔާއާއި ދެހެކީންކުރެ ކޮންމެ މީހަކުވެސް ކައިވެނީގެ މަޖިލިސް ފެށުމުގެ ކުރިން، އެމީހެއްގެ ފުރިހަމަ ނަމާއި، ޢާއްމު ނަމާއި، ދރއ. ކާޑު ނަންބަރާއި، އުފަންތާރީޚާއި ދާއިމީ އެޑްރެސް ބުނުމަށް އެންގުން. | |||||
| (ވ) | ކައިވެނީގެ މަޖިލީހުގެ ބައިވެރީންނަށް މަންޒަރާއި އަޑު ރަނގަޅަށް ލިބޭތޯ ސުވާލު ކުރުން. | |||||
| (މ) | ކައިވެނި ކޮށްދިނުމާއެކު، ކައިވެނިވާ ފިރިހެނާ އަނބި ބަލައިގަނެ ބުނާ ޢިބާރާތް ދެހެކީންނާއި ވަލީވެރިޔާއަށް އަޑުއިވުނު ތޯ ސުވާލު ކުރުން. | |||||
| |||||||
މިއުޞޫލުގައި ބުނެފައިނުވާ ކަމެއް ދިމާވުން | 15. | މިއޫޞުލުގައި ނެތްކަމެއް ދިމާވެއްޖެނަމަ އެކަމާމެދު ޢަމަލު ކުރާނެ ގޮތް ކަނޑައަޅާނީ ކޯޓު ހިންގުމާ ޙަވާލުވެހުރި ފަނޑިޔާރެވެ. | |||||
| |||||||
ޢަމަލުކުރުން | 16. | މިއުޞޫލަށް ޢަމަލުކުރާނީ، މިއުޞޫލު ޢާއްމުކުރާ ދުވަހުން ފެށިގެން، މިއުޞޫލަށް ޢަމަލުކުރުން ނިމުމަކަށް ގެނެވިއްޖެކަމަށް ކޯޓުން ޢާއްމުކުރާ ދުވަހާ ހަމައަށެވެ. | |||||
ކޮވިޑް 19 އާއި ގުޅިގެން ޝަރީޢަތާއި، ކައިވެނި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ކުރިޔަށްގެންދާ ގޮތުގެ އުސޫލު
ތާރީހް: 20-05-2020
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް
ހުޅުމާލެ، ދިވެހިރާއްޖެ
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ޢާއިލީ ޝަރީޢަތްތަކާއި ކައިވެންޏާއި ވަރީގެ މައްސަލަތައް އޯޑިއޯ/ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިއުމުގެ އުޞޫލު
ތަޢާރަފާއި ނަން | 1. | (ހ)
| މިއުޞޫލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ 156ވަނަ މާއްދާގެ ދަށުން ކޯޓަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން، ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތައް ނުހުޅުވާ މުއްދަތުގެ ތެރޭގައި މިކޯޓުގެ މަސައްކަތްތަކުގެ ތެރެއިން ޢާއިލީ ޝަރީޢަތްތަކާއި ކައިވެންޏާއި ވަރީގެ މައްސަލަތައް އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށް ގެންދިއުމަށްޓަކައި ހަދާފައިވާ އުޞޫލެކެވެ | ||||
|
| (ށ) | މި އުޞޫލަށް ކިޔާނީ، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ޢާއިލީ ޝަރީޢަތްތަކާއި ކައިވެންޏާއި ވަރީގެ މައްސަލަތައް އޯޑިއޯ/ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިއުމުގެ އުޞޫލު" މިހެންނެވެ. | ||||
|
|
|
| ||||
މަޤްޞަދު | 2. | މި އުޞޫލުގެ މަޤްޞަދަކީ، ކޮވިޑް-19އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ނުހުޅުވާ މުއްދަތުގެ ތެރޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ޚިދުމަތް މެދު ނުކެނޑޭކަން ކަށަވަރު ކުރުމާއި އަދި އަދުލު އިންޞާފު ޤާއިމު ކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މުވައްޒަފުންނަށާއި ޚިދުމަތް ހޯދާ ފަރާތްތަކަށް ވީހާވެސް ރައްކާތެރި އަދި ޚަރަދު ކުޑަ ގޮތްތަކެއް ތަޢާރުފު ކުރުމެވެ. | |||||
|
|
|
| ||||
އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ | 3. | (ހ) | އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ އަކީ، އަޑު ނުވަތަ އަޑާއި މަންޒަރު ލިބޭގޮތަށް ގުޅާ ލެވިފައިވާ ވިއުގައެއް މެދުވެރިކޮށް ދެ ކޯޓެއްގެ ދެމެދުގައި، ނުވަތަ ކޯޓާއި ކޯޓުން ޤަބޫލުކުރާ ތަނަކާއި ނުވަތަ ފަރާތްތަކަކާއި ދެމެދުގައި ކުރެވޭ މުވާޞަލާތެވެ. | ||||
|
|
| |||||
އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ޝަރީޢަތުގެ މަޖިލިސް ކުރިއަށް ގެންދެވޭނެ ޙާލަތްތައް | 4. | (ހ) | އަންނަނިވި ޙާލަތްތަކުގައި، ދަޢުވާ ކުރާފަރާތާއި ދަޢުވާ ލިބޭ ފަރާތުގެ ޙައްޤުތަކަށް އުނިކަމެއް ނާންނާނެ ފަދައިން، އަވަސް ކަމާއެކު ޢަދުލު އިންޞާފު ޤާއިމުކޮށްދިނުމުގެ ގޮތުން، ޝަރީޢަތުގެ މަޖިލިސްތައް އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދެވިދާނެއެވެ. | ||||
| 1. | ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މީހުން ބޭރަށް ނުކުތުން މަނާކުރެވިފައިވާ ހާލަތެއް ކަމާގުޅޭ ދައުލަތުގެ އިދާރާއަކުން ރަށުގައި އިޢުލާނުކޮށްފައިވުން. | |||||
|
|
| 2. | ދަތުރުފަތުރު ކުރުން މަނާވުމުގެ ސަބަބުން، މައްސަލައިގެ ޚަޞްމަކަށް ޝަރީޢަތް އޮތް ކޯޓު ހުރި ރަށަށް ހާޟިރުވެވެން ނެތުން. | |||
|
|
| 3. | ރަށުގެ އެލަރޓް ލެވެލް އޮތް ޙާލަތަށް ބަލާއިރު، މައްސަލައިގެ ޚަޞްމުންނާއި ހެކީން އަދި އެހެނިހެން ފަރާތްތައް ކޯޓަށް ޙާޟިރުކޮށްގެން ޝަރީޢަތް ކުރުމަކީ ރައްކާތެރިކަމެއް ކަމަށް ފަނޑިޔާރަށް ނުފެނުން. | |||
|
|
| 4. | ދަތުރުފަތުރު ކުރުން މަނާވުމުގެ ސަބަބުން ނުވަތަ އެނޫންވެސް މަޤުބޫލު ޢުޛުރަކާހުރެ މައްސަލައިގެ ހެއްކެއް ޙާޟިރު ކުރުމަށް ދަތިވުން. | |||
|
| (ށ) | ދަތުރުފަތުރު ކުރުން މަނާވުމުގެ ސަބަބުން ނުވަތަ ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިފައިވާކަމަށް ފެންނަތީ ފަނޑިޔާރު ހުރި ރަށް ނޫން އެހެން ރަށެއްގެ ކޯޓެއްގައި އޮތް މައްސަލައެއް ބެލުމަށް އެރަށަކަށް ފަނޑިޔާރު ދިއުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް މައްސަލަ ބަލާ ފަނޑިޔާރަށް ޤަބޫލު ކުރެވޭނަމަ، އޭނާ ޙަވާލުވެ ހުރި އެހެން ކޯޓެއްގައި އޮތް މައްސަލައެއްގެ ޝަރީޢަތް އޭނާގެ ވަޒީފާ އޮތް ކޯޓުގައި ހުރެގެން، އޯޑިއޯ/ވީޑިއީ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށް ގެންދެވިދާނެއެވެ. މިގޮތަށް މައްސަލަ ބަލާއިރު، އެމައްސަލަ ކުރިއަށް ގެންދެވޭނީ މައްސަލަ ހުށަހެޅިފައިވާ ކޯޓުގެ ޝަރީޢަތުގެ މަޖިލީހެއްގެ ގޮތުގައެވެ. | ||||
|
|
| |||||
ކުރިއަށް ގެންދާނެ މައްސަލަތައް | 5. |
| ކައިވެނިކޮށް ދިނުމުގެ އިތުރުން އާޢިލީ މައްސަލަތަކުގެ ތެރެއިން 2019/19 (ކުޑަކުދީންގެ ހައްޤުތައް ރައްކާތެރި ކުރުމުގެ) ޤާނޫނުން މި އުސޫލުގެ ދަށުން ހިންގެންހުރި ކުޑަކުދިންނަށް މައްސަލަތަކާއި، ގެވެށިއަނިޔާ އާއި، ވަރިސާބިތުކުރުމުގެ މައްސަލަތަކާއި، ދަރީންގެ ޚަރަދާއި، ވަގުތީ އަމުރާއި ގުޅޭ މައްސަތަކާއި އަދި މިނޫންވެސް އަވަސް ތަބީޢަތުގެ މައްސަލަތައް މިއުޞޫލުގެ ދަށުން ކުރިއަށް ގެންދެވިދާނެއެވެ. | ||||
|
|
|
| ||||
އެއް މަޖިލީހެއްގައި ތިބިކަން އިފްތިރާޟް ކުރުން | 6. | (ހ) | ޝަރީޢަތުގެ މަޖިލިސް ކުރިއަށް ގެންދާއިރު، ޝަރީޢަތް ހިންގާ ކޯޓުގެ ޝަރީޢަތުގެ މާލަމާއި، ގުޅިފައިވާ އެހެން ތަންތަނުގައި ތިބޭ މީހުންގެ، އިވުމުގެ ތެރެއިން ނުވަތަ އިވުމާއި ފެނުމުގެ ތެރެއިން ޝަރީޢަތުގެ މާލަމާއި އެހެން ތަންތަނުގައި ހިނގާ ކަންކަން ދާކަމުގައި ވަނީނަމަ، ޝަރީޢަތް ހިންގާ ކޯޓުގެ ޝަރީޢަތުގެ މާލަމާއި ގުޅިފައިވާ އެންމެން އެތިބީ އެއް ޙާޟިރުގައެވެ. އަދި ގުޅިފައިވާ ތަންތަނުގައި ތިބި އެންމެން އެތިބީ މައްސަލަ ހުށަހެޅިފައިވާ ކޯޓުގައި ޝަރީޢަތް ހިންގަން އިންނަ ފަނޑިޔާރުގެ ކުރިމަތީގައެވެ. | ||||
|
| (ށ) | މިމާއްދާގެ (ހ) ގައިވާ ފަދައިން، ޝަރީޢަތް ހިންގާ މާލަމާއި އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅާލެވޭ ތަންތަނުގައި ތިބި އެންމެންނަކީ އެއް ޙާޟިރުގައި ތިބި ބައެއްކަމަށް ބަލަންޖެހޭތީ، ޝަރީޢަތް ހިންގުމުގެ ހުރިހާ ޢާންމު އުޞޫލުތަކެއް އެތަންތަނުގައި ތިބޭ މީހުންގެ މައްޗަށްވެސް ހިނގާނެއެވެ. އަދި އެއިން ފަރާތަކުން ކޯޓުގެ ޙުރުމަތް ކެނޑޭފަދަ އެއްވެސް ޢަމަލެއް ކޮށްފިނަމަ، އެފަރާތަކާ މެދު ވަގުތުން ފިޔަވަޅު އެޅުމުގެ އިޚްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ. | ||||
|
|
|
| ||||
އަޑުއެހުމަށް ހާޟިރުވާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތް ކުރުން | 7. | (ހ) | އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅާލެވިފައިވާ ކޯޓަކަށް ނުވަތަ ކޯޓުން ޤަބޫލުކުރާ ތަނެއްގައި ހުރެ ކޯޓާ ގުޅާލައިގެން ހިންގާ ޝަރީޢަތުގެ މަޖިލީހެއްގައި ހާޟިރުވެތިބޭ އެންމެހާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި އަންނަނިވި ކަންކަން ކޯޓުން ކަށަވަރު ކުރަންވާނެއެވެ. | ||||
|
|
| 1. | ޙާޟިރުކުރެވެނީ ކޯޓަކަށް ކަމުގައިވާނަމަ، އެ މަޖިލީހުގައި ޙާޟިރުވެއިން ފަރާތަކީ ކާކުކަން އެ މަޖިލީހުގައި އިންނަ ކޯޓުގެ މުވައްޒަފު މެދުވެރިކޮށް ކަށަވަރު ކުރުން. | |||
|
|
| 2. | ޝަރިޢަތުގެ މަޖިލީހުގައި ބައިވެރިވަނީ ކޯޓަކަށް ޙާޟިރު ނުވެ ކަމަށްވާނަމަ، ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން އެއީ ކޮންބައެއްކަން ކަށަވަރުކޮށް އެކަން ރިކޯޑުކުރުން. | |||
|
|
| 3. | ޝަރީޢަތުގެ އަޑުއެހުން ފެށުމުގެ ކުރިން މައްސަލާގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ކޮންފަރެންސްގެ އަޑު، ނުވަތަ އަޑާއި މަންޒަރު ސާފުކޮށް ލިބޭކަން ކަށަވަރު ކުރުން. | |||
|
|
| 4. | މައްސަލައާ ގުޅިގެން ޙާޟިރުކުރެވޭ ފަރާތެއްގެ މައްޗަށް އެއްވެސް ފަރާތެއްގެ ބާރެއް ނުފޫޒެއްނެތި މިނިވަންކަމާއެކު ވާހަކަ ދެއްކުމުގެ ފުރުޞަތު ތަނަވަސްކޮށް ދެވިފައިވާކަން ކަށަވަރު ކުރުން. | |||
|
|
| 5. | އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތް ހިންގާއިރު، މައްސަލައިގެ ޚަޞްމުންނާއި ވަކީލުން ބައިވެރިވާކަމަށްވެފައި، ޚަޞްމުންނާއި ވަކީލުން ޝަރީޢަތުގެ މަޖިލީހުގައި ބައިވެރިވަނީ ދެ ތަނެއްގައި ތިބެގެން ކަމަށްވާނަމަ، އެ ދެފަރާތުގެ މެދުގައި މަޝްވަރާ ކުރުމުގެ ފުރުޞަތު ލިބިފައިވާކަން ޝަރީޢަތުގެ އަޑުއެހުން ފެށުމުގެ ކުރިން ކަށަވަރުކުރުމާއި ޝަރީޢަތުގެ މެދުތެރެއިންވެސް އެފަދަ ފުރުޞަތަކަށް އެދިއްޖެނަމަ އެފުރުޞަތު ދެވިދާނެކަން އެންގުން. | |||
|
|
| 6. | ޝަރީޢަތް އަޑުއެހުމަށް ޙާޟިރުވާން ބޭނުންވާ ފަރާތްތަކުން ޝަރީޢަތުގެ މަޖިލިސް ބޭއްވުމުގެ 1 ގަޑިއިރު ކުރިން ކޯޓަށް އެކަން އެންގުމުން، ކޯޓުން އެފުރުޞަތު ފަހިކޮށް ދިނުން. | |||
|
|
|
| ||||
ޝަރީޢަތާ ގުޅުން ހުރި އެހެނިހެން ކަންކަން | 8. | (ހ) | އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބާއްވާ ޝަރީޢަތަށް ޙާޟިރު ވުމުގެ އަމުރު، އެ މަޖިލީސް އަޑު އަހަން ވަންނަ މީހުން ފިޔަވައި އެ މަޖިލީހުގައ ބައިވެރިވާންޖެހޭ ހުރިހާ ފަރާތްތަކަށް ފޮނުވަން ވާނެއެވެ. އެއަމުރުގައި ޝަރީޢަތުގެ މަޖިލީހުގައި ބައިވެރިވާންޖެހޭ ގޮތް ލިޔެފައި އޮންނަންވާނެއެވެ. މިއަމުރުގެ ނަމޫނާ ޖަދުވަލު 3 އަދި 4 ގައި އެވަނީއެވެ. | ||||
|
| (ށ) | ބިސްމީގެ ބަރަކާތުން ޝަރީޢަތުގެ މަޖިލިސް ފެށުމަށްފަހު، އެއީ ކޮން ބާވަތެއްގެ ޝަރީޢަތުގެ މަޖިލީހެއްކަމާއި އަދި އެ މަޖިލީހުގައި އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅިފައިވަނީ ކޮންތަންތަނެއްގައި ތިބި ކޮންބައެއްކަން ފަނޑިޔާރު އިޢުލާނު ކުރަންވާނެއެވެ. | ||||
|
| (ނ) | ޝަރީޢަތުގެ މަޖިލީހުގައި ބައިވެރިވާ ފަރާތްތަކުން އަންނަނިވި ގޮތަށް ޢަމަލު ކުރުމަކީ މަނާކަމެކެވެ. | ||||
|
|
| 1. | ޝަރީޢަތް ހިނގަމުން ދަނިކޮށް، މައްސަލަ ބަލާ ފަނޑިޔާރުގެ ހުއްދަނެތި ޝަރީޢަތް ދޫކޮށް ދިއުން. | |||
|
|
| 2. | ޝަރީޢަތް ހިނގަމުންދަނިކޮށް، މައްސަލަ ބަލާ ފަނޑިޔާރުގެ ހުއްދަ ނެތި އިތުރު އެއްވެސް މީހަކު ޝަރީޢަތުގެ މާލަމަށް ނުވަތަ އޭނާ ޙާޟިރުވެ އިންތަނަށް ވެއްދުން. | |||
|
|
| 3. | މައްސަލަ ބަލާ ފަނޑިޔާރުގެ ހުއްދަނެތި އެއްވެސް ވާހަކައެއް ޝަރީޢަތުގެ މަޖިލީހުގައި ދެއްކުން. | |||
|
|
| 4. | މައްސަލަ ބަލާ ފަނޑިޔާރުގެ ހުއްދަނެތި ޝަރީޢަތުގެ މާލަމަށް އެއްވެސް އެއްޗެއް ވެއްދުމާއި މިނޫންވެސް ޝަރީޢަތް ހިންގުމަށް ދަތިވާ ނުވަތަ އުނދަގޫ ވެދާނެ ފަދަ ކަންކަން ކުރުން. | |||
|
|
| 5. | ޝަރީޢަތުގެ މަޖިލީހުގެ އަޑު ނުވަތަ މަންޒަރު ރިކޯޑުކޮށް ފޮޓޯނެގުން. | |||
|
| (ރ) | މިމާއްދާގެ (ނ) ގައިވާ ފަދަ ކަމެއް އެއްވެސް މީހަކު ކޮށްފިނަމަ، އެ މީހަކާމެދު ކޯޓުގެ ޙުރުމަތް ކެނޑުމާއިގުޅިގެން އެޅިދާނެ ފިޔަވަޅު އެޅުމުގެ އިތުރުން، އެމީހަކާއެކު އިތުރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ނުގެންދިއުމަށް ނިންމުމުގެ އިޚްތިޔާރު މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެން ވެއެވެ. | ||||
|
| (ބ) | އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅާލެވޭ ތަންތަނުގައި މައްސަލަ ބައްލަވާ ފަނޑިޔާރު ހުއްދަދޭ ފަރާތްތަކެއް ފިޔަވައި އިތުރު ފަރާތެއް ހާޟިރުވެ ހުރެގެން ނުވާނެއެވެ. | ||||
|
| (ޅ) | ޝަރީޢަތް ކުރިއަށް ދަނިކޮށް، އަޑު ނުވަތަ އަޑާއި މަންޒަރު ނުސާފު ވުމުގެ ސަބަބުން މެދު ކަނޑާލަން ޖެހިއްޖެ ހިނދެއްގައި މެދުކަނޑާލި ހިސާބާހަމައަށް ރިކޯޑު ކުރެވިފައިވާނަމަ، ޝަރީޢަތް ކުރިއަށް ގެންދަންވާނީ މެދުކަނޑާލި ހިސާބުންނެވެ. ނަމަވެސް، ރިކޯޑު ކުރެވިފައި ނުވާނަމަ، ޝަރީޢަތް އަލުން ފަށައިގެން ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެން ވެއެވެ. | ||||
|
|
|
| ||||
ހެކިން ޙާޟިރުކުރުމާއި މަޙްޟަރު ބަޔާންތައް ނެގުން | 9. | (ހ) | މި އުޞޫލުގެ ދަށުން ބާއްވާ ޝަރީޢަތުގެ އަޑުއެހުންތަކުގައި އަޑުއެހުން ރެކޯޑް ކުރާނީ ޝަރީޢަތް ހިންގާ ކޯޓުންނެވެ. އަދި އަޑުއެހުމުގައި ނަގާ ބަޔާންތައް ޓައިޕް ކުރާނީވެސް ޝަރީޢަތް ހިންގާ ކޯޓުންނެވެ. | ||||
|
| (ށ) | މިމާއްދާގެ (ހ) ގައި ބުނެފައިވާ ބަޔާންތަކުގެ ތެރެއިން ހެކީންގެ ބަޔާން ފިޔަވައި އެހެން ބަޔާންތައް، ރިކޯޑިން އަޑުއަހައިގެން އަކުރުން އަކުރަށް ލިޔުމަށްފަހު، އެއީ، ރެކޯޑިންގ އާ އެއްގޮތަށް އަކުރުން އަކުރަށް ލިޔުނު ލިޔުމެއް ކަމަށް ލިޔެ، ބަޔާން ލިޔުނު މުވައްޒަފު ސޮއިކޮށް އިނގިލީގެ ނިޝާން ޖަހަންވާނެއެވެ. | ||||
|
| (ނ) | ހެކީންގެ ބަޔާންތަކުގައި ހެކީން ލައްވައި ސޮއި ކުރުމަށްޓަކައި އީމެއިލް ނުވަތަ ކޯޓުން ކަނޑަޅާ އެހެން ވަޞީލަތެއް މެދުވެރިކޮށް، ހެކިވެރިޔާއަށް ފޮނުވަންވާނެއެވެ. އަދި އޭނާ ސޮއިކުރި ބަޔާން ކޯޓުގެ އީމޭލަށް ނުވަތަ ކޯޓުން އަންގާ ގޮތެއްގެ މަތީން ކޯޓަށް ފޮނުވަންވާނެއެވެ. | ||||
|
| (ރ) | މި އުޞޫލުގެ ދަށުން ހިންގޭ ޝަރީޢަތުގެ މަޖިލިސް ތަކަކީ ޚާއްޞަ ޙާލަތެއްގައި ޚާއްޞަ ގޮތެއްގެ މަތީން ހިންގޭ ޝަރީޢަތްތަކެއް ކަމަށްވާތީ، މިފަދަ ޝަރީޢަތްތަކާއި ގުޅިގެން ހިންގޭ (އީމެއިލް، ވައިބަރ ފަދަ) އެންމެހާ މުޢާމަލާތައް، އަދި އެންމެހާ ބަޔާންތަކާއި އެ ބަޔާންތަކުގައި ސޮއިކުރުމަށްފަހު ކޯޓަށް ފޮނުވަން ބޭނުންކުރި (ސިޓީ އުރަތަކާއި އީމެއިލްގެ ކޮޕީ ފަދަ) ވަޞީލަތްތައް ވަކީން ފައިލްކޮށް ރައްކާކުރަންވާނެއެވެ | ||||
|
| (ބ) | މިއުޞޫލުގެ ދަށުން ބާއްވާ ޝަރީޢަތުގެ މަޖިލިސްތަކާއި ކައިވެނީގެ މަޖިލިސްތައް، އެމަޖިލީހެއް ބާއްވާ މީޑިއަމަކުން ރިކޯޑުކޮށް ރައްކާކުރަންވާނެއެވެ. | ||||
|
| (ޅ) | މިއުޞޫލުގެ ދަށުން ހިންގޭ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވޭ ހެއްކެއްގެ ސިއްރުކަން ކަށަވަރު ކުރަންޖެހޭނަމަ، އެކަމަށް ކޯޓުން ސަމާލުކަން ދޭންވާނެއެވެ | ||||
|
|
|
| ||||
ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކައިވެނިކޮށް ދިނުން | 10. | (ހ) | އަންނަނިވި ޙާލަތްތަކުން ކުރެ ޙާލަތެއް މެދުވެރި ވެފައިވުމުގެ ސަބަބުން ކޯޓަށް ޙާޟިރުކޮށްގެން ކައިވެނި ކޮށްދެވެން ނެތްކަމަށް ކޯޓާ ޙަވާލުވެހުރި ފަނޑިޔާރަށް ޤަބޫލު ކުރެވޭނަމަ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކައިވެނިކޮށްދެވިދާނެއެވެ. | ||||
|
|
| 1. | ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މީހުން ބޭރަށް ނުކުތުން މަނާކުރެވިފައިވާ ހާލަތެއް ކަމާގުޅޭ އިދާރާއިން ރަށުގައި އިޢުލާނުކޮށްފައިވުން. | |||
|
|
| 2. | ދަތުރުފަތުރު ކުރުން މަނާވުމުގެ ސަބަބުން، ކައިވެނިކުރަން ހުށަހަޅާފައިވާ ފަރާތުންކުރެ ފަރާތަކަށް، ހުށަހަޅާފައިވާ މުއްދަތަށް ރަށަށް ހާޟިރުވެވެން ނެތުން. | |||
|
|
| 3. | ރަށުގެ އެލަރޓް ލެވެލް އޮތް ޙާލަތަށް ބަލާއިރު ކައިވެނިގެ މަޖިލީހުގައި ބައިވެރިވާންޖެހޭ ފަރާތްތައް ކޯޓަށް ޙާޟިރުކޮށްގެން ކައިވެނިކޮށްދިނުމަކީ ރައްކާތެރިކަމެއްކަމަށް ފަނޑިޔާރަށް ނުފެނުން. | |||
|
|
| 4. | ބުނެވިދިޔަ ޙާލަތުގެ ސަބަބުން ކައިވެނި ކުރުމަށް ހުށަހަޅާ ދެފަރާތުންމެ، ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކައިވެނިކޮށް ދިނުމަށް އެދުން. | |||
|
|
| 5. | ކައިވެނިކޮށް ދިނުމަށް ހުށަހަޅާ ރަށުގައި ފަނޑިޔާރަކު، ޝަރުޢީ މައުޛޫނަކު ނެތި އަދި އެރަށަށް ފަނޑިޔާރަކަށް ދަތުރު ކުރެވެން ނެތުން. | |||
|
| (ށ) | ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮށްދޭ ކައިވެނިތަކުގެ ދަފްތަރެއް ވަކިން ބަލަހައްޓަންވާނެއެވެ. އަދި މި ކައިވެނި ތަކާ ގުޅިގެން ކޮށްފައިވާ މުޢާމަލާތްތައް ކޮށްފައިވަނީ މީސްމީޑިއާއިންނަމަ، ފޯނުގެ ސްކްރީން ޝޮޓް އަދި އީމެއިލުންނަމަ، އީމެއިލްގެ ޕްރިންޓް ފައިލްކުރަންވާނެއެވެ. | ||||
|
| (ނ) | ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮށްދޭ ކައިވެނީގެ މަޖިލީހުގައި ބައިވެރިވާން ވާނީ ކޯޓުން ހުއްދަ ދޭ ފަރާތްތަކުން އެކަންޏެއެވެ. އަދި މިފަރާތްތައް ތިބީ ކޯޓެއްގައި ނޫން ކަމުގައި ވިޔަސް އެފަރާތްތަކުގެ ޢަމަލުތައް ބަހައްޓަންވާނީ ކޯޓުގެ ޙުރުމަތް ނުގެއްލޭ ފަދަ ގޮތަކަށެވެ. | ||||
|
|
|
| ||||
ކައިވެނިކޮށް ދިނުމުގެ ކުރިން ކަށަވަރު ކުރަންޖެހޭ ކަންކަން | 11. | (ހ) | ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖިލިސް ބޭއްވުމުގެ ކުރިން، ކައިވެނި ވާ ދެފަރާތާއި ވަލީވެރިޔާ އަދި ދެހެކީން، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖިލިސް ކުރިއަށް ގެންދިއުމާގުޅޭ އިޤްރާރުގައި ސޮއިކޮށް ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން ކޯޓަށް ފޮނުވަންވާނެއެވެ. މި އިޤްރާރުގެ ނަމޫނާ ޖަދުވަލު 02 ގައި އެވަނީއެވެ. | ||||
|
| (ށ) | ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކޮށްދިނުމަށް ނިންމައިފިނަމަ، އެކަން، ކައިވެނިވާ ދެފަރާތަށާއި ވަލީވެރިޔާއަށާއި އަދި ކައިވެނީގެ ދެހެކީންނަށް ގުޅައި އަންގަންވާނެއެވެ. އަދި ކައިވެނީގެ މަޖިލިސް ކުރިއަށް ދާނެ ގޮތާއި އެފަރާތްތަކުން ޢަމަލު ކުރަންޖެހޭނެ ގޮތް ކިޔައިދޭންވާނެއެވެ. އަދި މިކަންކަން އެކުލެވޭ ލިޔުމެން ކައިވެނިވާ ދެ ފަރާތުން އެދޭ ވަޞީލަތެއް މެދުވެރިކޮށް އެދެފަރާތަށް ފޯރުކޮށްދޭން ވާނެއެވެ. | ||||
|
| (ނ) | ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދިނުމުގެ ކުރިން، ކައިވެނިވުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ މަޢޫލޫމާތު ސާފުކުރުމަށްޓަކައި ވީޑިއޯ ކޮންފަރެންސް ބައްދަލުވުމެއް ބާއްވަންވާނެއެވެ. އަދި މިބައްދަލުވުމުގައި ކައިވެންޏަށް ހޭލުންތެރި ކުރުމާގުޅޭ ގޮތުން ކޯޓުން ކުރިއަށް ގެންދާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދެވިދާނެއެވެ. | ||||
|
|
|
| ||||
ކައިވެނީގެ މަޖިލިސް ކުރިއަށް ގެންދިއުން | 12. | ކައިވެނީގެ މަޖިލިސް ކުރިއަށް ގެންދަންވަނީ އަންނަނިވި ގޮތުގެ މަތީންނެވެ. | |||||
| (ހ) | ކައިވެނީގެ މަޖިލިސް ބޭއްވުމަށް ކަނޑައެޅިފައިވާ ވަގުތުގެ 20 މިނެޓު ކުރިން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށް ދިނުމަށް ކޯޓުން ކަނޑައަޅާފައިވާ ޕްލެޓްފޯމަށް ޝަރުޢީ މަޢުޒޫންނާއި، ކައިވެންޏާއި ގުޅޭ އެންމެހައި ފަރާތްތައް ޙާޟިރުވާން ވާނެއެވެ. | |||||
|
| (ށ) | ކައިވެނީގެ މަޖިލީހަށް ކޮންމެހެން ޙާޟިރުވާންޖެހޭ ފަރާތްތައް ޙާޟިރުވެ ތިބިކަން ކައިވެނިކޮށްދޭ ޝަރުޢީ މައުޛޫނު ކަށަވަރު ކުރަންވާނެއެވެ. އަދި ޙާޟިރުވެތިބިކަން ލިޔެކިޔުމުން ކަށަވަރުކޮށް މަޙްޟަރު ކުރުމަށްޓަކައި ކޯޓުން އެފަރާތްތަކަށް ފޮނުވާ ކައިވެނީގެ ޙާޟިރީގައި ސޮއިކުރުމަށްފަހު، ކޯޓުން ކަނޑައަޅާ ވަޞީލަތެއް މެދުވެރިކޮށް ކޯޓަށް އެވަގުތު ފޮނުވަންވާނެއެވެ. | ||||
|
| (ނ) | ކައިވެނީގެ މަޖިލީހަށް ޙާޟިރުވާންޖެހޭ އެންމެހައި ފަރާތްތަކަށް އަޑާއި މަންޒަރު ސާފުކޮށް ލިބެމުންދާކަން މައުޛޫނު ކަށަވަރު ކުރަންވާނެއެވެ. | ||||
|
| (ރ) | ކައިވެނީގެ މަޖިލީހުގެ ވަގުތު ޖެހުމުން، ޢާއްމު އުޞޫލުން ކައިވެނީގެ މަޖްލިސް ފަށައި، އެކައިވެންޏާ ބެހޭ މަޢުލޫމާތު އިއްވައި ވަލީއާ ޙަވާލުވާންޖެހޭނަމަ ވަލީއާ ޙަވާލުވާންވާނެއެވެ. | ||||
|
| (ބ) | ޝަރުޢީ މައުޛޫނު، ކައިވެނީގެ ޚުޠުބާ ކިޔައި، ކައިވެނި އަޤުދުކޮށް ދިނުމުން ކައިވެނިވާ ފިރިހެނާ އަނބި ބަލައިގަނެ ބުނާ ޢިބާރާތް އަޑު އަހައި އަދި އެއަޑު އިވުނުތޯ ކައިވެނީގެ ހެކީންނާ ސުވާލުކޮށް ކަށަވަރު ކުރަންވާންއެވެ. | ||||
|
| (ޅ) | ޝަރުޢީ މައުޛޫނު، ކައިވެނިވާ ދެފަރާތަށް ހެޔޮ ދުޢާކުރުމަށްފަހު ކައިވެނީގެ މަޖިލިސް ނިންމާލުމުގެ ކުރިން އެމަޖިލީހުގައި ހިނގައިދިޔަ ކަންކަން އެމަޖިލީހުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ސާފުވިކަން ކަށަވަރު ކުރަންވާނެއެވެ. | ||||
|
|
| |||||
ކައިވެންޏާ ގުޅިގެން ކުރަންޖެހޭ މުޢާމަލާތްތައް | 13. | (ހ) | ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮށްދޭ ކައިވެނިތަކާ ގުޅިގެން މުޢާމަލާތް ކުރަންޖެހޭ ފަރާތްތަކާއި މުޢާމަލާތު ކުރާނީ އެފަރާތްތަކުން ކޯޓަށް ދީފައިވާ މޯބައިލް ނަންބަރަށާއި އަދި އެނަންބަރުތަކުގައި ރަޖިސްޓްރީކޮށްފައިވާ މީސްމީޑިއާ ނުވަތަ ދީފައިވާ އީމެއިލް މެދުވެރިކޮށެވެ. | ||||
|
| (ށ) | މިގޮތަށް ކޮށްދޭ ކައިވެނިވާ ފަރާތްތަކަށް ދޭ ސެޓިފިކެޓްގެ ބަދަލުގައި ކައިވެންޏާގުޅޭ އަސާސީ މަޢުލޫމާތު ހިމެނޭ ވަގުތީ ލިޔުމެއް، ކައިވެނީގެ ދެފަރާތުގެ އީމެއިލްއަށް ނުވަތަ މީސް މީޑިއާއަށް ފޮނުވަންވާނެއެވެ. މި ލިޔުމުގެ ނަމޫނާ ޖަދުވަލު 01 ގައި އެވަނީއެވެ. | ||||
|
| (ނ) | ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން ކައިވެނީގެ އަޞްލު ސެޓްފިކެޓް ކައިވެނިވީ ދެފަރާތަށް ދޫކޮށް، ކައިވެނީގެ މައި ދަފުތަރުގައި އެކައިވެނި ހިމެނެމުން، ކުރިން ދޫކުރި ވަގުތީ ލިއުން ބާޠިލުވާނެއެވެ. | ||||
|
|
|
| ||||
އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސިން އިޚްތިޔާރު ކުރުންމާއި ބޭނުން ކުރާނެ ސޮފްޓްވެއަރ | 14. | (ހ) | މިއުޞޫލުގެ ދަށުން ބާއްވާ ކޮންމެ އަޑު އެހުމެއްވެސް، ކުރިއަށް ގެންދިއުމަށް އިސްކަން ދޭންވާނީ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށެވެ. ނަމަވެސް، ބަޔާން ނެގުން ފަދަ ކަންކަން ކުރުމަށާއި އަދި ވީޑިއޯ ކޮންފަރެންސިންގ ޤާއިމު ކުރެވެން ނެތްނަމަ، އޯޑިއޯ ކޮންފަރެންސް ބޭނުންކުރުން މިއުޞޫލު ހުރަހެއް ނާޅައެވެ. | ||||
|
| (ށ) | މިއުޞޫލުގެ ދަށުން ޝަރީޢަތްތަކާއި ކައިވެނީގެ މަޖިލިސް އަދި އެހެނިހެން ކަންކަން ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންކުރާނީ "ލައިފްސައިޒް" ނުވަތަ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާ ސޮފްޓްވެއަރ އެކެވެ. | ||||
|
| (ނ) | ހަމައެކަނި އޯޑިއޯ މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ގެންދާނަމަ ނުވަތަ ބަޔާން ނަގާނަމަ، ކޯޓުގެ ފޯނުން ކޮންފަރެންސް ކޮށްގެން ކުރިއަށް ގެންދެވިދާނެއެވެ. | ||||
|
|
|
| ||||
ކަށަވަރު ކުރަންޖެހޭ ކަންކަން | 15. | މިއުޞޫލުގައި ކަށަވަރު ކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަންކަން ޚާޞިލު ކުރުމަށްޓަކައި އަންނަނިވި ގޮތްތައް އިޚްތިޔާރު ކުރެވިދާނެއެވެ. | |||||
|
| (ހ) | ޝަރީޢަތުގެ މަޖިލީހުގައި ވީޑިއޯ މެދުވެރިކޮށް ބައިވެރިވާ ފަރާތް ބައިވެރިވަނީ ކޯޓަކަށް ޙާޟިރުވެގެން ކަމަށްވާނަމަ، އޭނާ ޙާޟިރުވާ ކޯޓަށް އޭނާގެ މަޢުލޫމާތު ފޮނުވައި، އެމަޢުލޫމާތާއި ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވާ މީހާ ގެންނަ ފޮޓޯ ޖެހި ރަސްމީ ލިޔުމުގައިވާ މަޢުލޫމާތު ކޯޓުގެ މުވައްޒަފަކު މެދުވެރިކޮށް އަޅައިބަލައި ޙާޟިރީގައި ސޮއި ކުރުން. | ||||
|
| (ށ) | ޝަރީޢަތުގެ މަޖިލީހުގައި ވީޑިއޯ މެދުވެރިކޮށް ބައިވެރިވާ ފަރާތް ބައިވެރިވަނީ ކޯޓަށް ޙާޟިރު ނުވެ ކަމަށްވާނަމަ، ޝަރީޢަތުގެ މަޖިލިސް ފެށުމުގެ ކުރިން، އޭނާއާބެހޭ ގޮތުން ކޯޓަށް ލިބިފައިވާ އަސާސީ މަޢުލޫމާތު (ފުރިހަމަ ނަން، ޢާއްމު ނަން، ދިރިއުޅޭ އެޑްރެސް، އުފަން ތާރީޚު، ދރއ. ނަންބަރު) އޭނާ ގާތު އެހުމުން ދޭ ޖަވާބާއި ކޯޓަށް ލިބިފައިވާ މަޢުލޫމާތާއި އަޅައިބެލުން އަދި މިގޮތުން ކުރާ ސުވާލާއި، ސުވާލު ރައްދުވާ ފަރާތުން ދޭ ޖަވާބު މަޙްޟަރު ކުރުން. | ||||
|
| (ނ) | ޝަރީޢަތުގެ މަޖިލީހުގައި އޯޑިއޯ މެދުވެރިކޮށް ބައިވެރިވާ ފަރާތް ބައިވެރިވަނީ ކޯޓަކަށް ޙާޟިރުވެގެން ކަމަށްވާނަމަ، އޭނާ ޙާޟިރުވާ ކޯޓަށް އޭނާގެ މަޢުލޫމާތު ފޮނުވައި، އެމަޢުލޫމާތާއި ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވާ މީހާ ގެންނަ ފޮޓޯ ޖެހި ރަސްމީ ލިޔުމުގައިވާ މަޢުލޫމާތު ކޯޓުގެ މުވައްޒަފަކު މެދުވެރިކޮށް އަޅައިބަލައި ޙާޟިރީގައި ސޮއި ކުރުން. | ||||
|
| (ރ) | ޝަރީޢަތުގެ މަޖިލީހުގައި އޯޑިއޯ މެދުވެރިކޮށް ބައިވެރިވާ ފަރާތް ބައިވެރިވަނީ، ކޯޓަށް ޙާޟިރު ނުވެ ކަމަށްވާނަމަ، ޝަރީޢަތުގެ މަޖިލިސް ފެށުމުގެ ކުރިން، އޭނާއާބެހޭ ގޮތުން ކޯޓަށް ލިބިފައިވާ އަސާސީ މަޢުލޫމާތު (ފުރިހަމަ ނަން، ޢާއްމު ނަން، ދިރިއުޅޭ އެޑްރެސް، އުފަން ތާރީޚު، ދރއ. ނަންބަރު) އޭނާ ގާތު އެހުމުން ދޭ ޖަވާބާއި ކޯޓަށް ލިބިފައިވަ މަޢުލޫމާތާއި އަޅައިބެލުން އަދި މިގޮތުން ކުރާ ސުވާލާއި، ސުވާލު ރައްދުވާ ފަރާތުން ދޭ ޖަވާބު މަޙްޟަރު ކުރުން. | ||||
|
| (ބ) | މައްސަލައިގެ އެންމެހާ ޚަޞްމުންނަށާއި ވަކީލުންނަށް ޝަރީޢަތުގެ އަޑާއި މަންޒަރު ނުވަތަ އަޑު ލިބޭކަން ކަށަވަރު ކުރުމަށްޓަކައި ޝަރީޢަތުގެ އަޑުއެހުން ފެށުމުގެ ކުރިން އެންމެހާ ފަރާތްތަކާއި ސުވާލުކޮށް، އަޑު ނުވަތަ މަންޒަރާއި އަޑު ސާފުކޮށް ލިބޭކަމަށް ބުނާނަމަ އެކަން މަޙްޟަރު ކުރުން. | ||||
|
| (ޅ) | ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފަރާތަކީ އެއްވެސް ފަރާތެއްގެ މަޖުބޫރީ އެއްނެތި ވާހަކަ ދައްކާ ފަރާތެއްކަން ކަށަވަރު ކުރުމަށްޓަކައި، އެފަރާތެއް ވާހަކަ ދައްކަން ފެށުމުގެ ކުރިން، އެއްވެސް މަޖުބޫރީ އެއް އޮތް ތޯ ސުވާލު ކުރުމަށްފަހު ދޭ ޖަވާބު މަޙްޟަރު ކުރުން އަދި ޝަރީޢަތުގައި ވާހަކަ ދައްކާ ފަރާތެއް އެވަގުތު ހުރި ތަނުގެ ސަބަބުން ހިނގަމުން ދާ މައްސަލާގައި މިނިވަންކޮށް ވާހަކަ ދެއްކެން ނެތްކަމަށް ކޯޓަށް ފާހަގަވާނަމަ އެކަން ރިކޯޑް ކޮށް އަޑު އެހުން ހުއްޓާލުން. މިސާލަކަށް: ގެވެށި އަނިޔާގެ މައްސަލާއެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބައިވެރިވަނީ، އަނިޔާދިން ކަމަށް ތުހުމަތުކުރެވޭ ފަރާތުގެ ހިޔާވަހިކަމުގެ ދަށުގައި ހުރެގެން ކަމަށް ވާނަމަ އަޑުއެހުން ކުރިއަށް ނުގެންދިއުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެން ވެއެވެ. | ||||
|
| (ކ) | މައްސަލައިގެ ޚަޞްމަކާއި އޭނާގެ ވަކީލު، އަޑުއެހުމުގައި ބައިވެރިވަނީ، ދެތަނެއްގައި ތިބެގެން ކަމަށްވުމުގެ ފުރުޞަތު އޮތުމާއެކު، އެދެފަރާތަށް ބައްދަލު ކުރުމުގެ ފުރުޞަތު ލިބިފައިވާކަން ކަށަވަރު ކުރުމަށްޓަކައި، އެފުރުޞަތު ލިބުނުތޯ ޙަޞްމާއި ސުވާލު ކުރުމާއި، ނުލިބޭކަމަށް ވާނަމަ، އަޑު އެހުން ފެށުމުގެ ކުރިން، މުވައްކިލަށާއި ވަކީލު ވަކީން ބައްދަލު ކުރުމަށްޓަކައި ފަނޑިޔާރަށް ފެންނަ ވަގުތެއް ދިނުމާއި، އަދި އަޑުއެހުން ކުރިއަށް ދަނިކޮށްވެސް ވަކިން ބައްދަލުވުމަށް އެދެވިދާނެކަން އަޑުއެހުން ފެށުމުގެ ކުރިން އެނގުން. | ||||
|
| (އ) | ކައިވެނީގެ މަޖިލީހުގެ ޙާޟީރީ ކަށަވަރު ކުރުމަށްޓަކައި، ހާޟިރީގައި ސޮއިކޮށް ފޮނުވުމުގެ އިތުރުން، ކައިވެނިވާ ދެމީހުންނާއި، ވަލީވެރިޔާއާއި ދެހެކީންކުރެ ކޮންމެ މީހަކުވެސް ކައިވެނީގެ މަޖިލިސް ފެށުމުގެ ކުރިން، އެމީހެއްގެ ފުރިހަމަ ނަމާއި، ޢާއްމު ނަމާއި، ދރއ. ކާޑު ނަންބަރާއި، އުފަންތާރީޚާއި ދާއިމީ އެޑްރެސް ބުނުމަށް އެންގުން. | ||||
|
| (ވ) | ކައިވެނީގެ މަޖިލީހުގެ ބައިވެރީންނަށް މަންޒަރާއި އަޑު ރަނގަޅަށް ލިބޭތޯ ސުވާލު ކުރުން. | ||||
|
| (މ) | ކައިވެނި ކޮށްދިނުމާއެކު، ކައިވެނިވާ ފިރިހެނާ އަނބި ބަލައިގަނެ ބުނާ ޢިބާރާތް ދެހެކީންނާއި ވަލީވެރިޔާއަށް އަޑުއިވުނު ތޯ ސުވާލު ކުރުން. | ||||
|
|
|
| ||||
މިއުޞޫލުގައި ބުނެފައިނުވާ ކަމެއް ދިމާވުން | 15. |
| މިއޫޞުލުގައި ނެތްކަމެއް ދިމާވެއްޖެނަމަ އެކަމާމެދު ޢަމަލު ކުރާނެ ގޮތް ކަނޑައަޅާނީ ކޯޓު ހިންގުމާ ޙަވާލުވެހުރި ފަނޑިޔާރެވެ. | ||||
|
|
|
| ||||
ޢަމަލުކުރުން | 16. |
| މިއުޞޫލަށް ޢަމަލުކުރާނީ، 17 މެއި 2020 ވަނަ ދުވަހުން ފެށިގެންނެއެވެ. |
ކޯޓް އޮފިސަރ
ތާރީހް: 09-07-2020
ވަޒީފާގެ ފުރުޞަތު | ނަންބަރު: E8C-A/2020/7 | |
ތާރީހް: 09 ޖުލައި 2020 | ||
މަޤާމު | ކޯޓް އޮފިސަރ | ރޭންކް: ޖީ.އެސް 3 |
އަދަދު | 01 | |
މަޤާމުގެ ކްލެސިފިކޭޝަން | އޮފިސަރ ގްރޭޑް 1 | |
މަސައްކަތް ކުރަންޖެހޭ ތަން | ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓް | |
އަސާސީ މުސާރަ | -/4،465 ރުފިޔާ | |
މިމަޤާމަށް ލިބޭ އެލަވަންސް |
| |
އަސާސީ ޝަރުތު |
| |
އެހެނިހެން ޝަރުތު |
| |
މަޤާމުގެ މަސްޢޫލިއްޔަތު |
| |
ތަޢުލީމީ ރޮނގު | އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް | |
ގުޅޭ ވަޒީފާގެ ދާއިރާތައް | ބިޒްނަސް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް / އެކައުންޓިންގ އެންޑް ފައިނޭންސް | |
ހުށަހަޅަންޖެހޭ ތަކެތި |
| |
ސުންގަޑި | 19 ޖުލައި 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދުވާފަރު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. | |
އިތުރު މަޢުލޫމާތު |
| |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް | ކޯޓް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
| |
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް |
|
މަގުމަތިން ހޮވައިގެން ގެނެސްފައިވާ ރަން ފަށުފުލަކާއި ބެހޭ؛
ތާރީހް: 09-07-2020
މަގުމަތިން ހޮވައިގެން ގެނެސްފައިވާ ވެރިފަރާތެއް ނޭންގޭ ރަން ފަށުފުލެއް މިކޯޓުގެ ބެލުމުގެ ދަށުގައި އެބައޮތެވެ. މިފަށުފޫ ހޮވާފައިވަނީ 24.06 ނަންބަރު ގޭގެ ދޮރުމަތިންނެވެ. ޢާއްމު ފަރާތަކުން ހޮވައިގެން ގެނެސްފައިވާ މިފަށުފުލުގެ ވެރިފަރާތެއްވާނަމަ 07 ދުވަހުގެ ތެރޭގައި މިކޯޓަށް ވަޑައިގެން އޭގެ ސިފަތައް ޙިއްޞާ ކުރެއްވުމަށް ދަންނަވަމެވެ.
އަދި، 07 ދުވަހުގެ ތަރޭގައި މިފަށުފޫ ހޯދުމަށް އެއްވެސް ފަރާތަކުން ހުށަނާޅައިފިނަމަ އެއާއިމެދު ޤަވާއިދުގައިވާ ގޮތުގެ މަތީން ޢަމަލުކުރެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
18 ޛުލްޤައިދާ 1441
09 ޖުލައި 2020
ތާރީހް: 20-07-2020
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް، އައު އާންމު ހާލަތުގައި ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުން ދެމުން ގެންދާ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ގޮތުގެމަތިންނެވެ.
މައްސަލަތަކުގެ ދައުވާ ފޯމު ހުށަހެޅުމާއި، ކާވެންޏާގުޅޭ ފޯމުތައް ހުށަހެޅުމާއި އަދި އެހެނިހެން ލިޔުންތައް ހުށަހެޅުމަށް.
ކޯޓަށް ދައްކަން ޖެހޭ ފައިސާ ބަލައިގަތުން ހަމަޖެހިފައިވާ ގޮތް
09 ޖުލައި 2020
ކޮވިޑް ނަވާރައިގެ ޙާލަތުގައި ކޯޓުންދޭ ޚިދުމަތްތަކުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނެ ނަންބަރުތަކާއި ގުޅޭ
ތާރީހް: 25-08-2020
ކޮވިޑް-ނަވާރައިގެ މިޙާލަތުގައި ކޯޓަށް ހުށައެޅިފައިވާ މައްސަލަތަކާއި، އަޑުއެހުންތަކާއި، ކޯޓަށް ފައިސާ ދެއްކުމާއި، ފައިސާ ލިބިގަތުމާއި، ކައިވެނި ރަޖިސްޓްރީކޮށްދިނުމާއި، ކޯޓުން ދެމުންގެންދާ އެހެނިހެން ޚިދުމަތްތަކުގެ މަޢުލޫމާތު، ތިރީގައިވާ ނަންބަރުތަކަށް ގުޅުއްވައިގެން ސާފުކުރެވޭނެއެވެ.
ރަޖިސްޓްރޭޝަން ސެކްޝަން: 3350578
ކައިވެނި ސެކްޝަން: 3350584
ފައިސާ އާއި ބެހޭ ސެކްޝަން: 3353583
ޝަރީޢަތްކުރާ ސެކްޝަންތައް
B1 ސެކްޝަން: 3350578
B2 ސެކްޝަން: 3350574
B3 ސެކްޝަން: 3350574
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް: 3350577
ހޮވައިގެން ގެނެވޭ ފައިސާގެ ވެރިފަރާތެއް ހޯދުން
ތާރީހް: 25-01-2021
ހޮވައިގެން ގެނެވޭ ފައިސާގެ ވެރިފަރާތެއް ހޯދުން (އިޢުލާން ނަންބަރު: C8C-A/2020/7)
30 ޖަނަވަރީ 2020 ވަނަ ދުވަހު، ށ. ނަރުދޫ ވައިލެޓްމަގާއި، މުސްތަރީގޯޅި ދިމާވާ ކަންމަތިން، ހޮވައިގެން ގެނެސްފައިވާ ފައިސާތަކެއް މިކޯޓަށް ލިބިފައިވާތީ، މިފައިސާތަކުގެ ވެރިފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިފައިސާތަކުގެ ވެރިފަރާތެއް ވާނަމަ، މިކޯޓަށް ދުރުވެ އެކަން ސާބިތުކޮށްދެއްވުމަށްފަހު، މިފައިސާތަކާއި ޙަވާލުވެ ދެއްވުން އެދި ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
29 ރަބީޢުލް އާޚިރު 1442
14 ޑިސެމްބަރު 2020
ޝައްވާލްމަހުގެ ހަނދުބެލުން
ތާރީހް: 03-02-2021
ނަންބަރު: I4C-A/2020/7
1441 ވަނަ އަހަރުގެ ޝައްވާލް މަހުގެ ހަނދުބެލުން
ފާއިތުވި އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި، މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ދުށް މީހަކަށް ނުވަތަ ބަޔަކަށް ހެކިބަސް ދެވޭނެ އިންތިޒާމު މިކޯޓުގައި ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. ނަމަވެސް މިދުވަސްވަރަކީ ކޮވިޑް-19 އާ ގުޅިގެން އޮފީސްތައް ނުހުޅުވާ ދުވަސްވަރަކަށްވާތީ، ހަނދު ފެނިއްޖެކަމަށް ހެކިބަސްދޭން ބޭނުންވެލައްވާނަމަ 29 ރަމަޟާން 1441 (22 މެއި 2020) ވާ ހުކުރު ދުވަހުގެ ހަވީރު 06:00 ން ފެށިގެން އިރުއޮއްސި 07:30 ދެމެދު މި ކޯޓުގެ ނަންބަރު 6680696 ނުވަތަ 6680703 ނަންބަރު ފޯނަށް ގުޅުއްވައި، އެމަޢުލޫމާތު ޙިއްސާކުރެއްވުމަށް ދަންނަވަމެވެ. ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތު ދެއްވާއިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުޙިއްމު މަޢުލޫމާތު ދެއްވަން ވާނެއެވެ.
ވީމާ، މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މިކޯޓަށް ހަނދާބެހޭ މަޢުލޫމާތު ދެއްވުން އެދެމެވެ.
28 ރަމަޟާން 1441
21 މޭ 2020
މިކޯޓުގެ ގަޟިއްޔާ ތަކާ ގުޅިގެންނާއި އަދި އެހެނިހެން ގޮތްގޮތުން ކޯޓަށް ދައްކަންޖެހޭ ފައިސާ ބަނޑޭރި ޕޭ މެދުވެރިކޮށް ދެއްކޭނެ އިންތިޒާމް މިހާރުވާނީ ހަމަޖެހިފައެވެ ވީމާ މި ޕޮޓަލް މެދުވެރކޮށް ފައިސާ ދެއްކުމަށް އިތުރުމައުލޫމާތެއް ބޭނުންނަމަ މިކޯޓުގެ ނަންބަރު 6560624 އަށް ގުޅުއްވުން އެދެމެވެ
ތާރީހް: 10-02-2021
ޝަރުޢީ ކޯޓު ތަކަށް ދައްކަން ޖެހޭ ފައިސާ ފަސޭހަކަމާއެކު ދެއްކުމަށް ބަނޑޭރި ޕޭ (BandeyriPay) އޮންލައިން ޕޭމަންޓް ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމުގެ އިންތިޒާމް ވަނީ މިހާރު ހަމަޖެހިފައެވެ. މިކޯޓުގެ ގަޟިއްޔާ ތަކާ ގުޅިގެން ނާއި އެހެނިހެން ގޮތްގޮތުން ދައްކަންޖެހޭ ފައިސާ ތިރީގައި މިވާ "ބަނޑޭރި ޕޭ" ލިންކް މެދުވެރިކޮށް ދެއްކެވުން އެދި ދަންނަވަމެވެ. ވީމާ ޝަރުއީ ދާއިރާގެ ކޯޓު ތަކަށް ދައްކަންޖެހޭ ފައިސާ "ބަނޑޭރި ޕޭ" ޕޯޓަލް މެދުވެރިކޮށް ދެއްކުމަށް އަދި ދައްކަންޖެހޭ ފައިސާ އާއި ބެހޭ ގޮތުން މާއުލޫމާތު ސާފުކުރުމަށް، މިކޯޓުގެ ފޯން ނަންބަރ 6560023 އަށް ގުޅުއްވައިގެން ނުވަތަ n.kendhikulhudhoo@judiciary.gov.mv އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
https://bandeyripay.finance.gov.mv
މިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުމަށްޓަކައި ޝަރުޢީ އަގުކޮމެޓީގެ ދަފްތަރެއް އެކުލަވާލަން ބޭނުންވެއްޖެއެވެ.
ތާރީހް: 17-02-2021
އިޢުލާން
ނަންބަރު:D15C-A/2021/1
ޝަރުޢީ އަގުކޮމެޓީ އެކުލަވައިލުން
މިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުމަށްޓަކައި ޝަރުޢީ އަގުކޮމެޓީގެ ދަފްތަރެއް އެކުލަވާލަން ބޭނުންވެއްޖެއެވެ. ވީމާ، ޝަރުޢީ އަގުކޮމެޓީގެ މެންބަރުން ހޯދުމަށް އާންމުކޮށް އިޢުލާނު ކުރީމެވެ.
މަޤާމް | އަގުކޮމެޓީގެ މެންބަރު (3 އަހަރު ދުވަހުގެ މުއްދަތަށް) |
މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް: | މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ މެޖިސްޓްރޭޓް ކޯޓް |
ތަޢުލީމާއި ތަޖުރިބާ: | 1- ލިޔަން ކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ؛ 2- ލިޔަންކިޔަން ދަތުމާއެކު، މަސައްކަތުގެ ދާއިރާއިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: | 1- ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަގުކުރަންޖެހޭ ތަކެއްޗާއި ތަންތަން އަގުކުރުން. |
އުޖޫރައާއި ޢިނާޔަތްތައް: | - މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: | 1- ފުރިހަމަކޮށްފައިވާ، އަގުކޮމެޓީގެ މެންބަރުކަމަށް އެދޭ ފޯމް (މިފޯމް، މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެއެވެ). 2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. 4- މަސައްކަތު ތަޖުރިބާގެ ލިޔުން. 5- މެންބަރުކަމަށް އެދޭ ފަރާތުގެ ވަނަވަރު |
ހުށަހަޅަންޖެހޭގޮތާއި، ސުންގަޑި | މެންބަރުކަމަށް އެދޭ ފަރާތްތަކުން، 25 ފެބްރުއަރީ 2021 ވަނަ ދުވަހުގެ ކޯޓު ބަންދުކުރުމުގެ ކުރިން އަގުކޮމެޓީގެ މެންބަރުކަމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. |
އިތުރު މަޢުލޫމާތު | މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މިކޯޓުގެ ނަންބަރު 6560639 ފޯނަށް ގުޅުއްވުން އެދެމެވެ. |
16 ފެބްރުއަރީ 2021
މިކޯޓުގެ ޝަރީޢަތްކުރާ ބަޔާއި، އަދި އިދާރީ ބައިގައި މިހާރު ހަރުކޮށްފައިވާ 02 އެއަރ ކަންޑިޝަން ނަގައި، މިކޯޓުން ސަޕްލައިކޮށްދޭ އައު 02 އެއަރކަންޑިޝަން ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 28 ފެބްރުއަރީ 2021 ވާ އާދިއްތަ ދުވަހުގެ 10:00އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 07 މާރިޗް 2021 ވާ އާދިއްތަ ދުވަހުގެ 10:00އަށް މިކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.ވެ
ތާރީހް: 22-02-2021
މިކޯޓުގެ ޝަރީޢަތްކުރާ ބަޔާއި، އަދި އިދާރީ ބައިގައި މިހާރު ހަރުކޮށްފައިވާ 02 އެއަރ ކަންޑިޝަން ނަގައި، މިކޯޓުން ސަޕްލައިކޮށްދޭ އައު 02 އެއަރކަންޑިޝަން ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 28 ފެބްރުއަރީ 2021 ވާ އާދިއްތަ ދުވަހުގެ 10:00އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 07 މާރިޗް 2021 ވާ އާދިއްތަ ދުވަހުގެ 10:00އަށް މިކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
09 ރަޖަބު 1442.ހ
21 ފެބުރުވަރީ 2021.މ
ހޮވައިގެން ގެނެވޭ ފައިސާގެ ވެރިފަރާތެއް ހޯދުން
ތާރީހް: 18-03-2021
ހޮވައިގެން ގެނެވޭ ފައިސާގެ ވެރިފަރާތެއް ހޯދުން (އިޢުލާން ނަންބަރު: C8C-A/2021/01)
17 މާރިޗް 2021 ވަނަ ދުވަހު، ށ. ނަރުދޫ ޝަހީދުޢަލީމަގާ އަމީނީމަގާ ހަތަރު އަނގޮޅިކަންމަތިން ހޮވައިގެން ގެނެސްފައިވާ ވެރިފަރާތެއް ނޭންގޭ ފައިސާގެ މިންވަރެއް މިކޯޓުގެ ބެލުމުގެ ދަށުގައި އެބަހުއްޓެވެ. މިފައިސާގެ ވެރިފަރާތެއް ވާނަމަ، މިކޯޓަށް ދުރުވެ އެކަން ސާބިތުކޮށްދެއްވުމަށްފަހު، މިފައިސާއާ ޙަވާލުވެ ދެއްވުން އެދި
ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
5 ޝަޢުބާން 1442
18 މާރިޗު 2021